logo
މާފަންނު ގެއެެއްގައި ވަރަށް ބޮޑަށް އަލިފާން ރޯވެ އަނދަނީBank of Maldives

Bank of Maldives

ޚަބަރު

މީޑިއާ ބިލާ ދެކޮޅުހެދުމުގެ ގޮތުން ކުރި އިހުތިޖާޖު އެޗްއާރްސީއެމްއިން ތަހުގީގުކުރަނީ

އާމިނަތު ޝަފާ
23 ސެޕްޓެމްބަރު 2025 - 04:19
މީޑިއާ ބިލާ ދެކޮޅުހެދުމުގެ ގޮތުން ކުރި އިހުތިޖާޖު އެޗްއާރްސީއެމްއިން ތަހުގީގުކުރަނީ

މީޑިއާ ބިލާ ދެކޮޅުހެދުމަށް މި މަހުގެ 16 ވަނަ ދުވަހު ކުރިއަށް ގެންދިޔަ އިހުތިޖާޖު ހިނގައިދިޔަގޮތުގެ މައުލޫމާތު އެއްކޮށް ތަހުގީގު ކުރުމުގެ މަސައްކަތް ކުރަމުންދާކަމަށް ހިއުމަން ރައިޓްސް ކޮމިޝަން އޮފް ދަ މޯލްޑިވްސް -އެޗްއާރްސީއެމް އިން ބުނެފިއެވެ.

އެ ކޮމިޝަނުން ބުނީ 16 ސެޕްޓެންބަރު 2025 ގައި މަޖިލީސް ދޮށުގައި ކުރިއަށްދިޔަ އިހުތިޖާޖުގައި ހިނގައިދިޔަގޮތުގެ މައުލޫމާތު އެއްކޮށް ތަހުގީގު ކުރުމުގެ މަސައްކަތާއި އަދި އިހުތިޖާޖުގެ ތަރެއިން ފުލުހުން ހާލަތާއި ނުބައްދަލު ބާރުގެ ބޭނުންކުރިކަމަށް ބުނާ މައްސަލަ ކޮމިޝަނުން ބަލާ ތަހްގީގު ކުރަމުންދާކަމަށެވެ. އަދި އިހްތިޖާޖު ކުރިއަށް ދިޔައިރު އެޗްއާރްސީއެމްގެ މުވައްޒަފުން އެ އިހުތިޖާޖު ގާތުން މޮނިޓަރ ކުރިކަމަށްވެސް އެޗްއާރްސީއެމްއިން ވަނީ މައުލޫމާތުދީފައެވެ.

Ad by Hajj Corporation

Ad by Hajj Corporation

އެޗްއާރްސީއެމްއިން ބުނީ ކޮމިޝަނުގެ އެންޓި-ޓޯޗަރ ސެކްޝަންއިން އިހުތިޖާޖާއި ގުޅޭ ކޭސްތައް ބަލަމުންދާކަމަށެވެ.

އަދި މިއީ ތަހުގީގުކުރަމުންދާ މައްސަލައަކަށްވާތީ ތަހުގީގު ނިމުމުން މައްސަލައާއި ގުޅޭ އިތުރު މައުލޫމާތު މީޑިއާތަކާ ހިއްސާކުރެވޭނެކަމަށް އެ ކޮމިޝަނުން މައުލޫމާތުދެއެވެ.

މީޑިއާ ބިލާ ދެކޮޅުހެދުމަށް މި މަހުގެ 16 ވަނަ ދުވަހު ކުރިއަށް ގެންދިޔަ މުޒާހަރާ ކޮންޓްރޯލްކުރުމުގައި ފުލުހުން އަމަލުކޮށްފައިވާ ގޮތުގެ ރިވިއުއެއް ޕްރޮފެޝަނަލް ސްޓޭންޑަރޑްސް ކޮމާންޑުން ހަދަމުންދާކަމަށް ދިވެހި ފުލުހުންގެ ހިދުމަތުންވެސް ވަނީ ހާމަކޮށްފައެވެ.

މި ރިވިއުގެ ނަތީޖާއިން، ފުލުހުން އަމަލުކުރަންޖެހޭ އެއްވެސް އުސޫލަކާ ހިލާފު އަމަލެއް ފާހަގަކުރެވިއްޖެނަމަ، ނުވަތަ އެއްވެސް ބާވަތެއްގެ ނޭދެވޭ އަމަލެއް ހިންގާފައިވާކަން ފާހަގަކުރެވިއްޖެނަމަ، އެކަމާ ގުޅޭގޮތުން އަޅަންޖެހޭ ފިޔަވަޅުތައް އަޅާނެކަން ފުލުހުން ހާމަކުރެއެވެ.

Ad by Regional Airports

Ad by Regional Airports

ކޮމެންޓް

ގުޅުންހުރި ލިޔުންތައް

އަހްމަދު ސަލީމް ލިޔުއްވި ''އެޗް.އާރު.ސީ.އެމް. ގެ ހަނދާންތައް'' ފޮތް ރައީސް އަށް ހަދިޔާކޮށްފިޚަބަރު | 2 މަސް ކުރިންއެޗްއާރްސީއެމްގެ ރައީސަކަށް ކުރީގެ މިނިސްޓަރ ޑރ. ރަމީލާ ޢައްޔަންކުރައްވައިފިޚަބަރު | 2 މަސް ކުރިންއެޗްއާރުސީއެމްގެ ރައީސްކަމަށް ޑރ. ރަމީލާ ޚަބަރު | 2 މަސް ކުރިންއަމިއްލައަށް އިންސާފު ގާއިމުކުރަން އުޅުމަކީ މުޖުތަމައުގައި ބިރުވެރިކަން އުފެދޭނެކަމެއް: އެޗްއާރްސީއެމްޚަބަރު | 3 މަސް ކުރިން