logo
Bank of Maldives

Bank of Maldives

ޚަބަރު

އިންތިހާބު އޮބްޒާވް ކުރުމަށް އެޗްއާރްސީއެމް އިން ހަރަކާތްތެރިވާނެ

މުޙައްމަދު އަފްރާޙް
3 އޭޕްރީލު 2026 - 11:02
އިންތިހާބު އޮބްޒާވް ކުރުމަށް އެޗްއާރްސީއެމް އިން ހަރަކާތްތެރިވާނެ

2026  އޭޕްރީލް 4 ވާ ހޮނިހިރު ދުވަހު ބޭއްވުމަށް ހަމަޖެހިފައިވާ ލޯކަލް ކައުންސިލްތަކާއި އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީގެ އިންތިޚާބު އަދި ރައްޔިތުންގެ ޚިޔާލު ހޯދުމުގެ ޢާންމު ވޯޓު 2026 އޮބްޒަރވް ކުރުމަށް އެޗްއާރްސީއެމް އިން ހަރަކާތްތެރިވާނެ ކަމަށް އެ ކޮމިޝަނުން ބުނެފިއެވެ.

އެޗްއާރްސީއެމް އިން ބުނީ މާލޭގެ އިތުރުން 18 އަތޮޅެއްގެ 21 ރަށެއްގައި ކޮމިޝަންގެ 78 މުވައްޒަފެއް ހަރަކާތްތެރިވާނެ ކަމަށެވެ. އަދި ވޯޓުފޮށި އޮބްޒަރވްކުރުމުގެ މަސައްކަތް ކޮމިޝަންގެ މުވައްޒަފުން ހެނދުނު 6:30 އިން ފެށިގެން ވޯޓުލާ ނިމުމާ ހަމަޔަށް ކުރިއަށް ގެންދާނެ ކަމަށެވެ.

Ad by Hajj Corporation

Ad by Hajj Corporation

އެޗްއާރްސީއެމް އިން ބުނީ މާލެ ސަރަހައްދުގައި ވޯޓުލާ ދުވަހުގެ އެކި ގަޑިތަކުގައި 208 ފޮށްޓެއް އޮބްޒަރވްކުރުމުގެ އިތުރުން، އަތޮޅުތެރޭގެ 21 ރަށެއްގައި ޖުމްލަ 104 ފޮށްޓެއް އޮބްޒަރވްކުރުމަށް ހަމަޖެހިފައިވާ ކަމަށެވެ. އަދި ކ. މާފުށި ޖަލުގައި ކޮމިޝަންގެ އޮބްޒަރވަރުން ހަރަކާތްތެރިވަމުންދާނެ ކަމަށް ވެސް ބުނެއެވެ.

އެ ކޮމިޝަނުން ބުނީ އިންތިޚާބުތަކުގައި ބައިވެރިވުމާއި، ވޯޓުލުމަކީ ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާގެ ޤާނޫނުއަސާސީން ކޮންމެ ދިވެހި ރައްޔިތަކަށްމެ ކަށަވަރުކޮށްދީފައިވާ މުހިންމު އަސާސީ ޙައްޤެއް ކަމަށެވެ. އަދި ތެދުވެރިކަމާއި އަމާނާތްތެރިކަމާއެކު ވޯޓުލުމުގެ ޙައްޤު އަދާކޮށް، ޤައުމުގެ ކަންކަން ރާވާ ހިންގުމާ، ޤައުމުގެ މުސްތަޤްބަލް ބިނާކުރުމުގައި ހުރިހާ ރައްޔިތުން ބައިވެރިވުމަށް ކޮމިޝަނުން ވަނީ ގޮވާލާފައެވެ.

މީގެ އިތުރުން ތިމާ ދޭ ވޯޓަކީ އެހެންފަރާތެއްގެ ނުފޫޒެއްނެތި ތިމާ ބޭނުންވާ ކެންޑިޑޭޓަކަށް އަމިއްލަ އިޚްތިޔާރުގައި ދެވޭ ވޯޓަކަށް ހެދުމަށާއި، ވޯޓުލުމަށް ލިބިދީފައިވާ ޙައްޤަށް ހުރިހާ ފަރާތަކުންވެސް ފުރިހަމައަށް އިޙްތިރާމް ކުރުމަށް ވެސް ގޮވާލާފައި ވެއެވެ.

ހަމަމިއާއެކު ކެންޑިޑޭޓުންނާއި ވޯޓުލާ މީހުންގެ ޙައްޤުތަކަށް ހުރަސް އެޅޭނޭ އެއްވެސް ކަމެއް އެއްވެސް ފަރާތަކުން ނުކުރުމަށް ގޮވާލާ އެޗްއާރްސީއެމް އިން ބުނީ މުޖްތަމައުގައި އެކަކު އަނެކާއާ ސިޔާސީގޮތުން ހިޔާލު ތަފާތުވުން ހުރިކަމުގައި ވީނަމަވެސް އަމާންކަމާއި ސުލްހަވެރިކަން އިސްކޮށް ޤާނޫނުގެ ވެރިކަމުގެ ތަރަހައިގެ ތެރެއިން ޙައްލުތައް ހޯއްދެވުމަށް ކޮމިޝަނުން އެދޭ ކަމަށެވެ.

 

Ad by Regional Airports

Ad by Regional Airports

ކޮމެންޓް

ގުޅުންހުރި ލިޔުންތައް

ދުނިޔޭގެ ވިސްލްބްލޯވާ ދުވަސް ފާހަގަކުރުމަށް އެޗްއާރުސީއެމުން ވީޑިއޯ މުބާރާތެއް ހުޅުވާލައިފިޚަބަރު | 2 ގަޑިއިރު ކުރިންއަލަށް އިންތިޚާބުވެފައިވާ ކައުންސިލަރުން ހުވާ ކުރުމުގެ ދަރުބާރާ އުސޫލު އާންމުކޮށްފިޚަބަރު | 20 ދުވަސް ކުރިންދަނާލުގައި ދަރިވަރަކު މަރުވި މައްސަލަ އެޗްއާރުސީއެމްއިން ވެސް ތަހުގީގު ކުރަނީޚަބަރު | މަހެއް ކުރިންސިޔާސީ އެއްވުންތަކުގައި އިޖުތިމާޢީ މިންގަނޑާ ޚިލާފު ވާހަކަދައްކަމުންދާތީ އެޗްއާރްސީއެމްގެ ކަންބޮޑުވުންޚަބަރު | މަހެއް ކުރިން