logo
Bank of Maldives

Bank of Maldives

ޚަބަރު

ދ. މީދޫ ކައުންސިލް ރައީސް ހޮވުމަށް ބޭއްވި އިންތިހާބު ޕީއެންސީ އިން ކާމިޔާބުކޮށްފި

ދ.  މީދޫ ކައުންސިލް ރައީސް ހޮވުމަށް ބޭއްވި އިންތިހާބު ޕީއެންސީ އިން ކާމިޔާބުކޮށްފި

ދ. މީދޫ ކައުންސިލް ރައީސް ހޮވުމަށް ބޭއްވި އިންތިހާބު ޕީއެންސީ އިން ކާމިޔާބުކޮށްފިއެވެ.

ޖޫން 13 ވީ ހޮނިހިރު ދުވަހު ބޭއްވި މި އިންތިހާބުގެ ވަގުތީ ނަތީޖާ ދައްކާގޮތުން ވެރިކަން ކުރާ ޕީއެންސީގެ ކެންޑިޑޭޓް ސުހާ އިބްރާހިމް ކުރި ހޯދީ އެމްޑީއޭގެ ފަރާތުން މުހައްމަދު ޝާހިދާއި ވާދަކޮށްގެންނެވެ.

Ad by Hajj Corporation

Ad by Hajj Corporation

މި އިންތިޚާބަކީ މީގެ ކުރިން ބޭއްވި ލޯކަލް ކައުންސިލް އިންތިޚާބުގައި ވާދަކުރެއްވި ދެ ކެންޑިޑޭޓުންނަށް ލިބުނު ވޯޓުގެ އަދަދު އެއްވަރުވުމާ ގުޅިގެން، އެ މައްސަލަ ހައިކޯޓަށް ހުށަހެޅި، ކޯޓުން ނިންމި ނިންމުމަކާ ގުޅިގެން އަލުން ބޭއްވި އިންތިޚާބެކެވެ. މި އިންތިޚާބުގެ ވޯޓުލުން މީދޫގައި ބަހައްޓާފައިވާ ދެ ފޮށީގެ އިތުރުން، މާލޭގައި ދިރިއުޅޭ މީދޫ ރައްޔިތުންނަށް ޚާއްޞަކޮށް ދަރުމަވަންތަ ސްކޫލުގައި ވެސް ވަނީ ފޮއްޓެއް ބަހައްޓާފައެވެ.

އިލެކްޝަންސް ކޮމިޝަނުން ހާމަކޮށްފައިވާ ގޮތުގައި، މި އިންތިޚާބުގައި ވޯޓުލުމުގެ ޙައްޤު ޖުމްލަ 1،049 މީހުންނަށް ލިބިގެންވެއެވެ.

މިދިޔަ އޭޕްރިލް މަހު ބޭއްވި އިންތިޚާބުގެ ވަގުތީ ނަތީޖާ އިލެކްޝަންސް ކޮމިޝަނުން ފުރަތަމަ އިޢުލާނު ކުރިއިރު، 393 ވޯޓާއެކު އެއް ވޯޓުގެ ތަފާތުން ކުރީގައި އުޅުއްވީ ސަރުކާރު ހިންގާ ޕީއެންސީގެ ކެންޑިޑޭޓް ސުހާ އިބްރާހީމެވެ. އެވަގުތު ޝާހިދަށް ލިބިވަޑައިގަތީ 392 ވޯޓެވެ.

ނަމަވެސް، ލ. ފޮނަދޫގައި ހުރި ފޮއްޓަށް ވޯޓުލުމުގެ ޙައްޤު ނެތް މީހަކު ވޯޓުލާފައިވާ ކަމަށް ބުނެ އެމްޑީއޭ އިން މައްސަލަ ހުށަހެޅިއިރު، ސުހާގެ ފަރާތުން ވެސް ވަނީ ޝާހިދުގެ ބާތިލު ވޯޓަކާ ގުޅޭ ޝަކުވާއެއް ހުށަހަޅާފައެވެ. އެ ޝަކުވާތަކަށް ރިޢާޔަތްކޮށް އިލެކްޝަންސް ކޮމިޝަނުން ނަތީޖާ އިޞްލާޙު ކުރިއިރު، ޝާހިދު އިންތިޚާބު ކާމިޔާބު ކުރެއްވި ކަމަށް ނިންމެވިއެވެ.

އެ ނިންމުމާ ގުޅިގެން، އޭނާގެ ވޯޓެއް ނުޙައްޤުން ބާތިލުކުރި ކަމަށް ބުނެ ސުހާގެ ފަރާތުން ހައިކޯޓަށް މައްސަލަ ހުށަހެޅުމުން، ކޯޓުން ނިންމީ އެއީ ޞައްޙަ ވޯޓެއް ކަމަށެވެ. ހައިކޯޓުގެ މި ނިންމުމާއެކު ދެ ކެންޑިޑޭޓުންގެ ވޯޓުގެ އަދަދު ވަނީ 392 އިން އެއްވަރުވެފައެވެ. އެހެންވެ، ޖޫން 13 ވަނަ ދުވަހު ބޭއްވީ މިކަމަށް ގޮތެއް ނިންމުމަށް ބޭއްވި އިންތިޚާބެކެވެ.

 

Ad by Regional Airports

Ad by Regional Airports

ކޮމެންޓް

ގުޅުންހުރި ލިޔުންތައް

މީދޫ ކައުންސިލްގެ ރައީސްގެ ގޮނޑި ކާމިޔާބުކުރެއްވި ސުހާ އަށް ރައީސް މަރުހަބާ ވިދާޅުވެއްޖެޚަބަރު | ގަޑިއިރެއް ކުރިންދ. މީދޫ ކައުންސިލް ރައީސް ހޮވުމަށް ބޭއްވި އިންތިހާބު ޕީއެންސީ އިން ކާމިޔާބުކޮށްފިޚަބަރު | 2 ގަޑިއިރު ކުރިންދ. މީދޫގައި ޤައުމީ ޓީމުގެ މުހިންމު ކުޅުންތެރިންނާއެކު ފޯރިގަދަ ފުޓްބޯޅަ މެޗެެއް ކުޅެނީކުޅިވަރު | 3 ދުވަސް ކުރިންފަސް ވަނަ ދައުރުގެ ކައުންސިލަރުން ހުވާ ކުރައްވައިފިޚަބަރު | މަހެއް ކުރިން