logo
Bank of Maldives

Bank of Maldives

ކުޅިވަރު

ދ. މީދޫގައި ޤައުމީ ޓީމުގެ މުހިންމު ކުޅުންތެރިންނާއެކު ފޯރިގަދަ ފުޓްބޯޅަ މެޗެެއް ކުޅެނީ

އަބްދުﷲ ޣާނިމް
10 ޖޫން 2026 - 05:42
ދ. މީދޫގައި ޤައުމީ ޓީމުގެ މުހިންމު ކުޅުންތެރިންނާއެކު ފޯރިގަދަ ފުޓްބޯޅަ މެޗެެއް ކުޅެނީ

ދ. މީދޫގެ ރައްޔިތުންގެ މެދުގައި އެކުވެރިކަމާއި ކުޅިވަރުގެ ރޫޙު އާލާކޮށް، ރަށުގެ ފުޓްބޯޅަ ކުރިއެރުވުމަށްޓަކައި ޤައުމީ ޓީމުގެ މަޝްހޫރު ކުޅުންތެރިންތަކަކާއެކު މިއަދު ހަވީރު ފޯރިގަދަ ފުޓްބޯޅަ މެޗެއް ކުޅުމަށް ނިންމައިފިއެވެ. މީދޫ ކައުންސިލަރުން އިންތިޒާމްކުރާ މި މެޗަކީ ރަށުގެ ކުޅިވަރު ކުރިއެރުވުމަށް ކައުންސިލަރުން ކުރިޔަށް އޮތްތަނުގައި ކުރަން ރާވާފައިހުރި ހަރަކާތްތަކުގެ ތެރެއިން ބައެއްކަމަށް ކައުންސިލުގެ ނައިބު ރައީސް ހުސައިން ރަޝީދު (މެޒޯ) ވަނީ މި ނޫހަށް މަޢުލޫމާތުދީފައެވެ.

މީދޫގެ ޓީމަކާ ދެކޮޅަށް ކުޅޭ މި އެކުވެރިކަމުގެ މެޗުގައި ރާއްޖޭގައި މިހާތަނަށް އުފެދުނު އެންމެ މޮޅު ފުޓްބޯޅަ ކުޅުންތެރިޔާ އަލީ އަޝްފާޤު (ދަގަނޑޭ) ބައިވެރިވާނެއެވެ. މީގެ އިތުރުން ޤައުމީ ޓީމުގެ ކެޕްޓަން އަލީ ފާސިރު (ސެންޓޭ) އާއި ޤައުމީ ކީޕަރު މުޙައްމަދު ފައިސަލް ވެސް މި މެޗުގައި ފެނިގެންދާނެއެވެ.

Ad by Hajj Corporation

Ad by Hajj Corporation

މި މެޗުގައި ދެން ބައިވެރިވާ ފާހަގަކޮށްލެވޭ ކުޅުންތެރިންގެ ތެރޭގައި ރާއްޖޭގެ އެންމެ މޮޅު މިޑްފީލްޑަރުންގެ ތެރޭގައި ހިމެނޭ އެންޑީ އާއި ކުރޯގެ އިތުރުން، އޮޑީގެ ކެޕްޓަން ހޮކޭ އާއި ނިއު ރޭޑިއަންޓްގެ މިޑްފީލްޑަރު މުޙައްމަދު އިރުފާން ހިމެނެއެވެ. އަދި ބަޓޫކު، ބޮބީ އަދި ޝާވިން ވެސް މި މެޗުގައި ކުޅޭނެއެވެ.

މި މެޗުގެ މައިގަނޑު މަޤުސަދަކީ ރަށުގެ ޒުވާނުންގެ މެދުގައި އިޖުތިމާއީ ގުޅުން ބަދަހިކުރުމާއި، ކުޅިވަރުގެ ތެރެއިން އެކުވެރިކަން އާލާކުރުމެވެ. މި ފޯރިގަދަ ފުޓްބޯޅަ މެޗު ކުޅުމަށް ހަމަޖެހިފައިވަނީ މިއަދު ހަވީރު ދ. މީދޫ ފުޓްބޯޅަ ދަނޑުގައެވެ.

Ad by Regional Airports

Ad by Regional Airports

ކޮމެންޓް

ގުޅުންހުރި ލިޔުންތައް

ދ. މީދޫގައި ޤައުމީ ޓީމުގެ މުހިންމު ކުޅުންތެރިންނާއެކު ފޯރިގަދަ ފުޓްބޯޅަ މެޗެެއް ކުޅެނީކުޅިވަރު | 3 ގަޑިއިރު ކުރިން