logo
MPL

MPL

ޚަބަރު

ކައުންސިލްތަކަކީ ވަކި ސަރުކާރެއް ނޫން، އެއީ ސިޔާސަތުތައް ތަންފީޒުކުރަން ޖެހޭ ބައެއް: އެމްޕީ ހަމީދު

އާދަމް ލަޔާން ކުރިކް ރިޒާއާދަމް ލަޔާން ކުރިކް ރިޒާ
2 ނޮވެމްބަރު 2026 - 05:20
ކައުންސިލްތަކަކީ ވަކި ސަރުކާރެއް ނޫން، އެއީ ސިޔާސަތުތައް ތަންފީޒުކުރަން ޖެހޭ ބައެއް: އެމްޕީ ހަމީދު

ކައުންސިލްތަކަކީ ވަކި ވެރިކަމެއް ކުރާ ވަކި ސަރުކާރެއް ކަމަށް ދެކިގެން ބައެއް ކައުންސިލަރުން އަމަލުކުރަމުންދާ ކަމަށް ވިދާޅުވެ، ކުޑަހުވަދޫ ދާއިރާގެ މެންބަރު ހުސައިން ހަމީދު އެފަދަ ކައުންސިލަރުންނަށް، ހާއްސަކޮށް މޯލްޑިވިއަން ޑިމޮކްރެޓިކް ޕާޓީ (އެމްޑީޕީ) ގެ ޓިކެޓުގައި އިންތިހާބުވެފައިވާ ކައުންސިލަރުންނަށް ފާޑުވިދާޅުވެއްޖެއެވެ.

ލޯކަލް ކައުންސިލްތަކުގެ ދައުރާ ގުޅޭގޮތުން މެންދުރު ޓީވީގެ މައުޟޫއު ޕުރޮގްރާމްގައި ވާހަކަދައްކަވަމުން ހުސައިން ވިދާޅުވީ، މަގާމުގެ މަސްއޫލިއްޔަތުތަކަށް ބެލުމެއްނެތި، ސަރުކާރުގެ ސިޔާސަތުތަކާ ފާޅުގައި ދެކޮޅުހަދައި ސަރުކާރާ ދެކޮޅަށް މަސައްކަތް ކުރެވޭނެ ކަމަށް ބައެއް ކައުންސިލަރުން ގަބޫލުކުރައްވާ ކަމަށެވެ.

Ad by Hajj Corporation

Ad by Hajj Corporation

އޭނާ ވިދާޅުވީ، ކައުންސިލަރުން އެބޭފުޅުންގެ ޒިންމާތައް އަދާކުރުމުގެ ބަދަލުގައި، އެކި ކަންކަމުގައި މައި ސަރުކާރު ކުށްވެރިކުރަމުންދާތީ ބައެއް ރަށްރަށުގައި އާންމުންގެ ނުރުހުން އިތުރުވަމުންދާ ކަމަށެވެ.

ހުސައިން ފާހަގަކުރެއްވި ގޮތުގައި، ލޯކަލް ކައުންސިލްތަކުން ކުރަންޖެހޭ ކަމަކީ މައި ސަރުކާރުގެ ސިޔާސަތުތައް ތަންފީޒުކުރުމެވެ. އަދި ކައުންސިލްތަކަކީ ގައުމީ ސިޔާސަތުތަކާ ވަކިން އަމިއްލަ އިހުތިޔާރުގައި ކަންކަން ކުރުމުގެ ބާރު ލިބިފައިވާ، ވަކި ވެރިކަމެއް ހިންގާ ބައެއް ނޫން ކަމަށްވެސް ވިދާޅުވިއެވެ.

މެމްބަރު ހުސައިން ވިދާޅުވީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒުގެ ޕީއެންސީ ސަރުކާރަކީ ގައުމީ ނިންމުންތައް ނިންމުމުގެ އެންމެ ފަހު ބަސް ބުނާ ފަރާތް ކަމަށާއި، އަދި އެއްވެސް ރަށެއްގެ ރައްޔިތުންނަށް ދަތިވާނެ ފަދަ ނިންމުމެއް އެމަނިކުފާނުގެ ސަރުކާރުން ނުނިންމާނެ ކަމަށެވެ.

Ad by Regional Airports

Ad by Regional Airports

ކޮމެންޓް

ގުޅުންހުރި ލިޔުންތައް

ކައުންސިލްތަކަކީ ވަކި ސަރުކާރެއް ނޫން، އެއީ ސިޔާސަތުތައް ތަންފީޒުކުރަން ޖެހޭ ބައެއް: އެމްޕީ ހަމީދުޚަބަރު | 2 ގަޑިއިރު ކުރިންދ. މީދޫ ކައުންސިލް ރައީސް ހޮވުމަށް ބޭއްވި އިންތިހާބު ޕީއެންސީ އިން ކާމިޔާބުކޮށްފިޚަބަރު | 5 މަސް ކުރިންފަސް ވަނަ ދައުރުގެ ކައުންސިލަރުން ހުވާ ކުރައްވައިފިޚަބަރު | 6 މަސް ކުރިންހިތަދޫ ފްލެޓުތަކުގައި ދިރިއުޅޭ ރައްޔިތުންގެ މައްސަލަތަކަށް ފުރިހަމަ ހައްލެއް ހޯދައިދޭނަން: މުޝްރިފްޚަބަރު | 7 މަސް ކުރިން