logo
Bank of Maldives

Bank of Maldives

ޚަބަރު

އަލަށް އިންތިޚާބުވެފައިވާ ކައުންސިލަރުން ހުވާ ކުރުމުގެ ދަރުބާރާ އުސޫލު އާންމުކޮށްފި

އަލަށް އިންތިޚާބުވެފައިވާ ކައުންސިލަރުން ހުވާ ކުރުމުގެ ދަރުބާރާ އުސޫލު އާންމުކޮށްފި

އަލަށް އިންތިޚާބުވެފައިވާ ކައުންސިލަރުން ހުވާ ކުރުމާއި އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމެޓީގެ މެންބަރުން އިޤްރާރުވުމުގެ ދަރުބާރު ކުރިއަށްގެންދަންޖެހޭގޮތުގެ އުސޫލު ލޯކަލް ގަވަމަންޓް އޮޓޯރިޓީ، އެލްޖީއޭއިން އާންމުކޮށްފިއެވެ.

މިމަހުގެ 17 ވަނަ ދުވަހު ބޭއްވުމަށް ނިންމާފައިވާ މި ދަރުބާރާ ގުޅޭގޮތުން އެލްޖީއޭ އިން އާންމުކޮށްފައިވާ އުސޫލުގައި ވަނީ ރަށުގެ ވީހާވެސް ގިނަ ރައްޔިތުން ރަސްމިއްޔާތުގައި ބައިވެރިކުރުމަށްޓަކައި މިމަހުގެ 10 ވަނަ ދުވަހުން ފެށިގެން ރަށުގައި އާއްމުކޮށް އިއުލާންކުރަންޖެހޭނެކަމަށެވެ. އަދި ރަށުގައި ހިނގަމުންދާ ސަރުކާރުގެ އިދާރާތަކަށް އެ ތަންތަނުގެ މުވައްޒަފުން ދަރުބާރަށް ވަޑައިގަތުމަށް ދައުވަތު ދޭންވާނެކަމަށެވެ.

Ad by Hajj Corporation

Ad by Hajj Corporation

އެ ބަޔާނުގައި ފަނޑިޔާރަކު ނެތް ރަށެއްނަމަ ދަރުބާރަށް ވަޑައިގަންނަވާ ފަނޑިޔާރަށް ސެކްރެޓަރީ ޖެނެރަލް އިސްތިގްބާލުކުރުމުގެ އިންތިޒާމު ހަމަޖައްސަންވާނެކަމަށް ވަނީ ބުނެފައެވެ. އަދި ރަށުގައި ފަނޑިޔާރަކު ނެތްނަމަ ނުވަތަ ހުވައި ކުރުމުގެ ދަރުބާރު އޮންނަ ވަގުތަށް ފަނޑިޔާރަކު ރަށަށް ނުގެނެވި އޮންލައިންކޮށް ހުވައިލައިދޭ ހާލަތުގައި އެ އިންތިޒާމް ހަމަޖައްސައި އޮންލައިންކޮށް ރަސްމިއްޔާތުގައި ބައިވެރިވުމަށް ބޭނުންވާ މައުލޫމާތު ލަސްވެގެން ރަސްމިއްޔާތު ބޭއްވުމުގެ 1 ދުވަސް ކުރިން ފަނޑިޔާރަށް ލިޔުމުން ހިއްސާކުރަންވާނެކަމަށް ވެސް ވަނީ ބުނެފައެވެ.

މީގެއިތުރުން ރަސްމިއްޔާތުގެ ފޮޓޯ މަގޭ ކައުންސިލް ޕޯޓަލްގައި ލަސްނުކޮށް އަޕްލޯޑްކުރުމާއި ޕޯޓަލްގައި ބަޔާންކޮށްފައިވާ މައުލޫމާތު ފުރިހަމަކުރަންވާނެކަމަށާއި ރާއްޖޭގައި ހިންގާ ޓީވީ ޗެނަލްތަކާއި، ރޭޑިއޯ އަދި ނޫސް އިދާރާތަކަށް ދަރުބާރުގެ ފޮޓޯ އާއި ވީޑިއޯ ފޮނުވަންޖެހޭނެކަމަށް ވެސް ބަޔާންކޮށްފައި ވެއެވެ. އަދި ކައުންސިލާއި ކޮމިޓީގެ ފުރަތަމަ ބައްދަލުވުން ނިމުމަށްފަހު ލަސްވެގެން 3 ގަޑިއިރު ތެރޭގައި މަގޭ ކައުންސިލް ޕޯޓަލްގައި ކައުންސިލަރުންނާއި އ.ތ.މ ކޮމިޓީގެ މެންބަރުންގެ މައުލޫމާތު އަދާހަމަކުރަންވާނެކަމަށް ވަނީ ބަޔާންކޮށްފައެވެ.

ލޯކަލް ކައުންސިލް އިންތިޚާބުގައި އެކި ދާއިރާތަކަށް އިންތިޚާބުވި ކައުންސިލަރުން ހުވާކުރުމާއި އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީގެ މެމްބަރުން އިޤްރާރުގައި ސޮއިކުރުން ރާއްޖޭގެ މީހުން ދިރިއުޅޭ ހުރިހާ ރަށެއްގައި ކުރިއަށްދާނީ އެއްވަގުތެއްގައެވެ.

ދިވެހިރާއްޖޭގެ އިދާރީ ދާއިރާތައް ލާމަރުކަޒީ އުޞޫލުން ހިންގުމުގެ ޤާނޫނުގެ ދަށުން ފުރަތަމަ އިންތިޚާބު ކުރެވުނު ކައުންސިލަރުން ހުވާކުރެއްވުމާއި އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީގެ މެންބަރުން އިޤުރާރުގައި ސޮއިކުރެއްވުމުގެ ރަސްމިއްޔާތު ބޭއްވީ 2011 ވަނަ އަހަރުގެ ފެބުރުވަރީ މަހުގެ 26 ވަނަ ދުވަހުއެވެ. އެއަށްފަހު ކޮންމެ ދައުރެއް ފެށޭއިރު މިފަދަ ރަސްމިއްޔާތެއް ބޭއްވުމަކީ ޤާނޫނީ ގޮތުން ލާޒިމު ކަމެކެވެ.

Ad by Regional Airports

Ad by Regional Airports

ކޮމެންޓް

ގުޅުންހުރި ލިޔުންތައް

އަލަށް އިންތިޚާބުވެފައިވާ ކައުންސިލަރުން ހުވާ ކުރުމުގެ ދަރުބާރާ އުސޫލު އާންމުކޮށްފިޚަބަރު | 2 ގަޑިއިރު ކުރިންއަލަށް އިންތިޚާބުވި ކައުންސިލަރުން ހުވާކުރުން މެއި 17 ގައި!ޚަބަރު | 4 ދުވަސް ކުރިންއެލްޖީއޭގެ ރައީސަކަށް ފިނޭންސް މިނިސްޓަރު ޒަމީރު އައްޔަންކުރައްވައިފިޚަބަރު | 9 ދުވަސް ކުރިންލޯކަލް އިންތިޚާބު ކާމިޔާބުކުރީ ޕީއެންސީން: މަހްލޫފްޚަބަރު | 15 ދުވަސް ކުރިން