logo
MPL

MPL

ޚަބަރު

އެލްޖީއޭގެ މެންބަރުކަމަށް ކުރިމަތިލުމުގެ ފުރުޞަތު ހުޅުވާލައްވައިފި

އައިމިނަތު ސަދާނާ
19 އޮކްޓޯބަރު 2026 - 12:25
އެލްޖީއޭގެ މެންބަރުކަމަށް ކުރިމަތިލުމުގެ ފުރުޞަތު ހުޅުވާލައްވައިފި

ދިވެހިރާއްޖޭގެ ލޯކަލް ގަވަރމަންޓް އޮތޯރިޓީ (އެލް.ޖީ.އޭ) ގެ ބޯޑަށް މަދަނީ ޖަމްޢިއްޔާތަކުގެ ފަރާތުން ޢައްޔަންކުރާ މެންބަރުގެ މަޤާމު ހުސްވެފައިވާތީ، އެ މަޤާމަށް ކުރިމަތިލުމުގެ ފުރުޞަތު ރައީސުލްޖުމްހޫރިއްޔާގެ އޮފީހުން މިއަދު ހުޅުވާލައްވައިފިއެވެ.

ރައީސުލްޖުމްހޫރިއްޔާގެ އޮފީހުން މި ފުރުޞަތު ހުޅުވާލައްވާފައިވަނީ، ދިވެހިރާއްޖޭގެ އިދާރީ ދާއިރާތައް ލާމަރުކަޒީ އުޞޫލުން ހިންގުމުގެ ޤާނޫނު ގެ 59 ވަނަ މާއްދާގެ (ހ) ގެ 2 ވަނަ ނަންބަރުގެ (iii) ގައި ބަޔާންކޮށްފައިވާ ގޮތުގެ މަތިންނެވެ.

Ad by Hajj Corporation

Ad by Hajj Corporation

މި މަޤާމަށް ކުރިމަތިލުމަށް އެދޭ ފޯމު، ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގެ ރަސްމީ ވެބްސައިޓުން ޑައުންލޯޑް ކުރެއްވޭނެ އިންތިޒާމު މިހާރު ވަނީ ހަމަޖައްސަވާފައެވެ.

މި މަޤާމަށް އެދި ހުށަހަޅާ ފޯމުތައް ބަލައިގަތުމަށް ހަމަޖެހިފައިވަނީ މިއަދުން ފެށިގެން ނޮވެންބަރު 1 ވާ އާދީއްތަ ދުވަހުގެ ނިޔަލަށެވެ. ފޯމު ބަލައިގަތުން ކުރިއަށްދާނީ ރަސްމީ ބަންދު ނޫން ކޮންމެ ދުވަހެއްގެ ހެނދުނު 08:30 އިން މެންދުރު 12:00 އަށް، ރައީސުލްޖުމްހޫރިއްޔާގެ އޮފީހުންނެވެ.

ލޯކަލް ގަވަރމަންޓް އޮތޯރިޓީގެ ބޯޑަކީ ރާއްޖޭގެ ކައުންސިލްތަކުގެ މަސައްކަތްތައް ވިލަރެސްކޮށް، ލާމަރުކަޒީ ނިޒާމު ހަރުދަނާކުރުމަށް މުހިންމު ދައުރެއް އަދާކުރާ ބޯޑެކެވެ.

Ad by Regional Airports

Ad by Regional Airports

ކޮމެންޓް

ގުޅުންހުރި ލިޔުންތައް

އެލްޖީއޭގެ މެންބަރުކަމަށް ކުރިމަތިލުމުގެ ފުރުޞަތު ހުޅުވާލައްވައިފިޚަބަރު | 3 ގަޑިއިރު ކުރިންއެލްޖީއޭގެ ބޯޑު މެމްބަރުން ހޮވުމަށް ބާއްވާ އިންތިހާބު ފަސްކޮށްފިޚަބަރު | 2 މަސް ކުރިންއެލްޖީއޭގެ ބޯޑަށް ކުރިމަތިލުމަށް ފުރުސަތު ހުޅުވާލައިފިޚަބަރު | 3 މަސް ކުރިންހދ.އަތޮޅު ކައުންސިލްތައް އެކުވެގެން ވަކި ބޯޑެއް އެކުލަވާލުމަކީ ޤާނޫނުގެ މަފްހޫމާ ފުށުއަރާ ކަމެއް: އެލްޖީއޭޚަބަރު | 3 މަސް ކުރިން