logo
މާފަންނު ގެއެެއްގައި ވަރަށް ބޮޑަށް އަލިފާން ރޯވެ އަނދަނީBank of Maldives

Bank of Maldives

ޚަބަރު

އެޗްއާރުސީއެމްގެ މެމްބަރުކަމުގެ މަޤާމަށް ޑރ. ރަމީލާ

އައިޝަތު ނަޝާ
3 ޑިސެމްބަރު 2025 - 05:39
އެޗްއާރުސީއެމްގެ މެމްބަރުކަމުގެ މަޤާމަށް ޑރ. ރަމީލާ

ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު، ހިއުމަން ރައިޓްސް ކޮމިޝަން އޮފް ދަ މޯލްޑިވްސްގެ މެންބަރުކަމުގެ މަޤާމަށް ޑޮކްޓަރ ޢާއިޝަތު ރަމީލާ ޢައްޔަން ކުރައްވައިފިއެވެ.

މިއަދު ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގައި ބޭއްވި ރަސްމިއްޔާތެއްގައި ޑރ. ޢާއިޝަތު ރަމީލާ ވަނީ، ހިއުމަން ރައިޓްސް ކޮމިޝަން އޮފް ދަ މޯލްޑިވްސްގެ މެންބަރުކަމުގެ ހުވާ ކުރައްވައި، ހުވާގެ އިޤްރާރުގައި ސޮއިކުރައްވާފައެވެ.

ޑރ. ޢާއިޝަތު ރަމީލާއަށް ހުވާ ލައިދެއްވީ، ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގެ ފަނޑިޔާރު އޮނަރަބަލް ޑޮކްޓަރ މުޙައްމަދު އިބްރާހީމެވެ. މި ރަސްމިއްޔާތުގައި ރައީސުލްޖުމްހޫރިއްޔާ ވަނީ، ހިއުމަން ރައިޓްސް ކޮމިޝަންގެ މެންބަރު ކަމަށް ޢައްޔަންކުރެއްވި ކަމުގެ ލިޔުން، ޑރ. އައިޝަތު ރަމީލާއާ ޙަވާލުކޮށްދެއްވާފައެވެ.

ޑރ. ރަމީލާއަކީ މި ސަރުކާރުގެ ފުރަތަމަ އެގްރިކަލްޗަރ އެންޑް އެނިމަލް ވެލްފެއަރ މިނިސްޓަރެވެ. އެކަމަނާ މިނިސްޓަރުކަމުގެ މަގާމުން އިސްތިއުފާދެއްވީ، ޞިއްޙީ ޙާލުކޮޅު އޭރު ހުރިގޮތުންނެވެ.

އެޗްއާރުސީއެމްގެ މެންބަރުކަމަށް ޑރ. ޢާއިޝަތު ރަމީލާ އައްޔަންކުރަން މަޖިލީހުން ފާސްކުރެއްވީ، މިދިޔަ އޮކްޓޫބަރު މަހުގެ 29 ވަނަ ދުވަހުއެވެ. ރަމީލާ އެޗްއާރުސީއެމްގެ މެންބަރުކަަމަށް އައްޔަންކުރެއްވީ، އެ ކޮމިޝަންގެ ރައީސްގެ މަޤާމުގައި ހުންނެވި މަރިޔަމް މުނާގެ މަޤާމުގެ މުއްދަތު ހަމަވުމުންނެވެ.

ޤާނޫނުގައި ބުނާގޮތުން މިނިވަން މުއައްސަސާއެއްގެ މެންބަރެއްގެ މަޤާމުގެ މުއްދަތު ހުސްވެއްޖެނަމަ ނުވަތަ މަޤާމުގެ މުއްދަތު ހަމަވާނަމަ، އެ މަޤާމަށް ބޭފުޅަކު އައްޔަން ކުރެއްވުމަށް ރައީސުލްޖުމްހޫރިއްޔާގެ އޮފީހުން ހުޅުވާލަން ޖެހޭނެއެވެ. އެ މަޤާމަށް ބޭފުޅަކު އައްޔަން ކުރައްވާނީ، މި ފުރުސަތުގައި ކުރިމަތިލާ ފަރާތްތަކުގެ ތެރެއިން ރައީސުލްޖުމްހޫރިއްޔާ މަޖިލީހަށް ނަން ފޮނުއްވައި މަޖިލީހުން ފާސްވުމަށްފަހުއެވެ.

އެޗްއާރުސީއެމްގައި 5 މެންބަރުން ތިއްބަވާއިރު، ކޮމިޝަނުގައި މިހާރު ތިއްބަވަނީ ނައިބު ރައީސް މުޙައްމަދު ޝަފީޤް މަޙްމޫދާއި، މެންބަރު ސަމާޢު އަޙުމަދު ނަޖީބާއި، އިސްމާއިލް ޙަބީބާއި އަޙްމަދު މަޤުސޫމެވެ

Ad by Hajj Corporation

Ad by Hajj Corporation

Ad by Regional Airports

Ad by Regional Airports

ކޮމެންޓް

ގުޅުންހުރި ލިޔުންތައް

އަހްމަދު ސަލީމް ލިޔުއްވި ''އެޗް.އާރު.ސީ.އެމް. ގެ ހަނދާންތައް'' ފޮތް ރައީސް އަށް ހަދިޔާކޮށްފިޚަބަރު | 2 މަސް ކުރިންއެޗްއާރްސީއެމްގެ ރައީސަކަށް ކުރީގެ މިނިސްޓަރ ޑރ. ރަމީލާ ޢައްޔަންކުރައްވައިފިޚަބަރު | 2 މަސް ކުރިންއެޗްއާރުސީއެމްގެ ރައީސްކަމަށް ޑރ. ރަމީލާ ޚަބަރު | 2 މަސް ކުރިންއަމިއްލައަށް އިންސާފު ގާއިމުކުރަން އުޅުމަކީ މުޖުތަމައުގައި ބިރުވެރިކަން އުފެދޭނެކަމެއް: އެޗްއާރްސީއެމްޚަބަރު | 3 މަސް ކުރިން