އިރާނުން ފުރަތަމަ ފަހަރަށް ހައިބަރު ޤަދްރް އެޗް މިސައިލް ބޭނުންކޮށްފި


23 ޖޫން 2025 - 11:10
އިރާނުން އިސްރާއީލަށް ދޭ ރައްދު ހަމަލާތަކުގެ 21 ވަނަ ރާޅުގައި އިރާނުގެ އަމިއްލަ އުފެއްދުމެއްކަމަށްވާ ޤަދްރު-އެޗް މަލްޓިވޯހެޑް ޚައިބަރު ބެލިސްޓިކް މިސައިލް ބޭނުންކޮށްގެން ކާމިޔާބު ހަމަލާތަކެއްދީފިއެވެ.
އިރާނުގެ އަސްކަރިއްޔާ އިސްލާމިކް ރިވޮލިއުޝަން ގާޑްސް ކޯޕްސްއިން ބުނި ގޮތުގައި އޮޕަރޭޝަން ޓްރޫ ޕްރޮމިސް 3 ގެ ދަށުން މިއަދު ބޭނުންކޮށްފައިވަނިީ މަލްޓިވޯހެޑް ޚައިބަރު ބެލިސްޓިކް މިސައިލްޤަދްރު-އެޗްއެވެ. މި ހަމަލާތައް ދީފައިވަނީ ހިފާފައިވާ ފަލަސްތީނުގެ ސަރަހައްދުތަކުގެ ތެރެއިން ޔަހޫދީންގެ މަރުކަޒުތަކަށެވެ.
މި ހަނގުރާމައިގެ ތެރޭގައި އިރާނުން އެމީހުންގެ އަމިއްލަ އުފެއްދުންތަކުން ދުނިޔެ ސިއްސުވަމުން އަންނައިރު އެމެރިކާ އިން ދިން ހަމަލާތަކަށް ފަހު އެންމެ ބާރުގަދަ އަދި ޒަމާނީ ޚައިބަރު ޝީކަން މަރުކައިގެ ބެލިސްޓިކް މިސައިލްވަނީ އިއްޔެ ބޭނުންކޮށްފައެވެ.
އިރާނުގެ އަސްކަރިއްޔާއިން ބުނީ މި ހަމަލާގައި ސޮލިޑް-ފިއުލް އަދި ލިކުއިޑް-ފިއުލް ބެލިސްޓިކް މިސައިލްތަކުގެ އިތުރުން ސްމާޓް ޑްރޯންތައްވެސް ބޭނުންކޮށްފައިވާ ކަމަށެވެ.
އެންމެ ޒަމާނީ ހަތިޔާރާއެކު އިރާނުގެ އަސްކަރިއްޔާއިންދަނީ ހަނގުރާމައިގެ މޮޅެތި އުކުޅުތައްވެސް ބޭނުންކުރަމުންނެވެ. އިސްރާއީލުގެ ވައިގެ ދިފާއީ ނިޒާމުތަކުގެ ބަލިކަށިކަން ދެނެގަނެގެން ހާއްސަ އުކުޅުތައް ބޭނުންކުރާނެކަމަށް އިރާނު އަސްކަރިއްޔާއިން ވަނީ ބުނެފައެވެ.
އިރާނުން ބުނީ ފަލަސްތީނުގެ ބިންތައް ހިފައިން އެތާ އާބާދުވެގެން އުޅޭ ޔަހޫދީންނަށް ކުރިމަގުގައި މިފަދަ ހަމަލާތައް ދޭނެކަމަށެވެ.
އިރާނުގެ އަމިއްލަ އުފެއްދުންތައްް ބޭނުންކޮށްގެންދޭ ހަމަލާތަކުގައި ޔަހޫދީންނަށް ދަނީ ބޮޑެތި ގެެއްލުންތަކާ ކުރިމަތިވަމުންނެވެ.
ބެން ގުރިއަން އެއަރޕޯޓާއި، ޔަހޫދީންގެ ބަޔޮލޮޖިކަލް ރިސަރޗް ސެންޓަރު އަދި ކޮމާންޑް އެންޑް ކޮންޓްރޯލް ސެންޓަރުތަކަށް މަލްޓިވޯހެޑް ޚައިބަރުޝިކަން މިސައިލުން އިއްޔެ ހަމަލާދީފައިވާއިރު ޔަހޫދީން ނިއުކުލިއަރގެ މަސައްކަތްކުރާ ބަޔޮލޮޖިކަލް ރިސަރޗް ސެންޓަރަށް ވަނީ 100 މިލިއަން ޑޮލަރުގެ ބޮޑު ގެއްލުމެއް މި މިސައިލުން ދީފައެވެ.
ބައިނަލްއަގްވާމީ މީޑިއާތަކުން ރިޕޯޓުކުރާގޮތުގައި އިސްރައީލުގެ ސަރަހައްދުތަކުގައި ސައިރަންގެ އަޑުވެސް އިވެންފެށީ މަލްޓިވޯހެޑް ޚައިބަރުޝިކަން އަމާޒަށް ވާސިލުވެ ބޮޑު ގެއްލުމެއް ޔަހޫދީންނަށް ދިން ފަހުންކަމަށެވެ. މިކަމަކީ އިރާނުގެ އަސްކަރީ ގާބިލުކަން ކަށަވަރުވާކަމެއްކަމަށް ބައިނަލްއަގްވާމީ މީޑިއާތަކުން ރިޕޯޓުކުރެއެވެ.
އިރާނުގެ އަސްކަރިއްޔާއިން ބުނެފައިވަނީ ރައްދު ހަމަލާތަކުގައި މިހާތަނަށް ފެންނަމުން ދަނީ އީރާނުގެ ސިފައިންގެ ގާބިލިއްޔަތުކަމުގެ މަދު މިންވަރެއްކަމަށެވެ. އެންމެ ވަރުގަދައަށް ހަމަލާދޭން ފަށައިފިނަމަ ޔަހޫދީންގެ ވަސް ދުނިޔެއިން ފޮހެލާނެކަމަށް އިރާނުގެ އަސްކަރިއްޔާއިން ވަނީ ބުނެފައެވެ.
އިރާނުގެ ވަރުގަދަ ހަމަލާތަކުގެ ސަބަބުން ތެލް އަވީވާއި ހައިފާ އެކީ އެކަށް ސުންނާފަތިވެފައިވާ މަންޒަރުތައް ވަނީ އާއްމުވެފައެވެ.
އިތުރު ލިޔުންތައް

އިސްރާއީލުގެހަމަލާތަކުގައި އީރާނުގެ ރިވޮލިއުޝަނަރީ ގާޑްސްގެ އިސްވެރިޔާ ހުސެއިން ސަލާމީ ނިޔާވެއްޖެ
20 ދުވަސް ކުރިން
އިރާނުގެ ޙަމަލާތަކާއި ގުޅިގެން އިސްރާޢީލަށް ބޮޑެތި ގެއްލުންތަކެއް، ސިއްރުކުރަން އިންޓަނެޓް ކަނޑާލައިފި
19 ދުވަސް ކުރިން
ދުނިޔެ ސިއްސުވާލައިފި، އީރާން ދެނެއް ނުހުއްޓުވޭނެ
19 ދުވަސް ކުރިން