logo
MPL

MPL

ޚަބަރު

ރާއްޖޭގެ ތެލުގެ ސްޓޮކްގައި ދަތިކަމެއް ނެތް: ވަޒީރު ސަޢީދު

އިސްމާޢިލް ރާތިޢު
3 މާރިޗު 2026 - 06:39
ރާއްޖޭގެ ތެލުގެ ސްޓޮކްގައި ދަތިކަމެއް ނެތް: ވަޒީރު ސަޢީދު

މެދުއިރުމަތީގެ ހަމަނުޖެހުންތަކާ ގުޅިގެން ތެލުގެ އަގުތަކަށް ބަދަލުއައި ނަމަވެސް ރާއްޖޭގެ ތެލުގެ ސްޓޮކްގައި މައްސަލައެއް ނެތްކަމަށް އިޤްތިޞާދީ ތަރައްޤީއާއި ވިޔަފާރިއާބެހޭ ވަޒީރު މުޙައްމަދު ސަޢީދު ވިދާޅުވެއްޖެއެވެ.

ވަޒީރު މިފަދައިން ވިދާޅުވީ، ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަދައްކަވަމުންނެވެ.

ބައިނަލްއަޤްވާމީ ބާޒާރުތަކުގައި އިއްޔެ ތެލުގެ އަގު %25-%30 އަށް އުފުލުނު ކަމަށާއި މިހާރުގެ ހާލަތު އޮތް ގޮތުން ތަކެތީގެ އަގަށް ބަދަލު އަންނަމުންދާ ކަމަށާއި ރާއްޖެއިން ފިޔަވަޅުތައް އަޅަނީ އެކަންކަމަށް ވިސްނައިގެންކަމުން ރާއްޖެއިން ތެލަށް ނުޖެހޭނެކަމަށް ވަޒީރު ވިދާޅުވިއެވެ.

މީގެ އިތުރުން، ތެޔޮ ރައްކާކުރާނެ ކެޕޭސިޓީ އިތުރުކުރުމަށް ސަރުކާރުން މަސައްކަތްކުރަމުން އަންނަކަންވެސް ވަޒީރު ފާހަގަކުރެއްވިއެވެ. އެގޮތުން ރާއްޖެ އަންނަ ފަތުރުވެރިންނާއި ރާއްޖޭގައި މަސައްކަތްކުރާ އާބާދީވެސް އިތުރުވަމުން އަންނައިރު އެހުރިހާ އެންމެންނަށް ކޭޓަރކުރެވޭ ވަރަށް ތެލާއި ކާބޯތަކެތީގެ ރައްކާތެރިކަން ކަށަވަރުކުރުމަށް މަސައްކަތްކުރާ ކަމަށް ވަޒީރު ވިދާޅުވިއެވެ. މީގެ އިތުރުން ރާއްޖެއަށް މުދާ ގެންނަން އިތުރު ރޫޓުތައް ބަލަމުން އަންނަ ކަމަށްވެސް ވަޒީރު ވިދާޅުވިއެވެ.

Ad by Hajj Corporation

Ad by Hajj Corporation

މެދުއިރުމަތީގައި ހަމަނުޖެހުންތައް އުފެދެމުން ދާއިރު، ރާއްޖެއިން ވަނީ އެކަންކަމަށް ދުރާލާ ތައްޔާރުވެފައިވާކަން ވަޒީރުގެ ވާހަކަފުޅުގައި ފާހަގަކުރެއްވިއެވެ. އެގޮތުން މިހާރުވެސް ރާއްޖެއަށް ތެޔޮ ޝިޕްމަންޓެއް އަންނަމުންދާކަމަށާއި ތެލުގެ ސްޓޮކްގައި އެއްވެސް މައްސަލައެއް ނެތްކަމަށް ވަޒީރު ވިދާޅުވިއެވެ. މީގެ އިތުރުން ވަޒީރު ވިދާޅުވީ، މަތިންދާ ބޯޓުތަކަށް އަޅާ ތެލުގައިވެސް މައްސަލައެއް ނެތްކަމަށާއި މިހާލަތު ސަރުކާރުން ވަރަށް ގާތުން ބަލަމުންދާކަމަށެވެ. އަދި އެސްޓީއޯއާއި އެ ވުޒާރާގެ އިތުރުން މާލީ ވުޒާރާއާ ގުޅިގެން ވަރަށް ގާތުން މަސައްކަތް ކުރައްވަމުން ގެންދަވާކަމަށް ވިދާޅުވިއެވެ.

ވަޒީރު ވިދާޅުވީ ސަރުކާރުން މަސައްކަތް ކުރަނީ ބައިނަލްއަޤްވާމީ ހަމަނުޖެހުންތަކާއެކު އަންނަ ލޮޅުތަކުގެ ސަބަބުން ރައްޔިތުންނަށް ވީހާވެސް ލުއިވާނެހެން ކަންކަން އިންތިޒާމް ކުރުމަށްކަމަށެވެ.

Ad by Hajj Corporation

Ad by Hajj Corporation

ކޮމެންޓް

ގުޅުންހުރި ލިޔުންތައް

ޕާކިން ދެ ބިލްޑިންގެ މަސައްކަތް އަންނަ އަހަރުގެ ނޮވެމްބަރަށް ނިންމަނީޚަބަރު | 22 ދުވަސް ކުރިން"މޯލްޑިވްސް ޕާލް ރެޒިޑެންސީ" ޕްރޮގްރާމާ ގުޅޭގޮތުން އަދާލާތު ޕާޓީން ވަޒީރު ސައީދު އާ ބައްދަލު ކުރައްވައިފިޚަބަރު | މަހެއް ކުރިންއީރާނުގެ ދެކުނު ސަރަހައްދުތަކަށް އެމެރިކާއިން ވަރުގަދަ ވައިގެ ހަމަލާތަކެއް ދެނީދުނިޔެ | 4 މަސް ކުރިން"މި ސަރުކާރުން ވަކި ޕާޓީއަކަށް ނިސްބަތްވާތީ އެއްވެސް މީހަކު ވަޒީފާއިން ވަކިކޮށްފައި ނުވާނެ"ޚަބަރު | 5 މަސް ކުރިން