logoEN
ޚަބަރު

ހަމަނުޖެހުންތަކުގެ ސަބަބުން ރާއްޖޭގެ އިޤްތިޞާދަށް ކުރަމުންދާ އަސަރުތައް ދަނީ ގާތުން ބަލަމުން: ވަޒީރު ޒަމީރު

އާމިނަތު ސަފާއާމިނަތު ސަފާ

24 ޖޫން 2025 - 04:52

އިރާނު- އިސްރާއީލުގެ ހަނގުރާމައާއެކު މެދުއިރުމަތީގެ މަސްރަހު ގޯސްވެފައިވާ މި ދަނޑިވަޅުގައި މިކަމުގެ ސަބަބުން ރާއްޖޭގެ އިޤްތިޞާދަށް ކުރަމުންދާ އަސަރުތައް ގާތުން ބަލަމުންދާކަމަށް މާލީ ކަންކަމާއި ތަރައްޤީގެ ރޭވުންތެރިކަމާ ބެހޭ ވަޒީރު މޫސާ ޒަމީރު ވިދާޅުވެއްޖެއެވެ.ސޯޝަލް މީޑީއާގައި ހިއްސާކުރެއްވި ޕޯސްޓެއްގައި ވަޒީރު ވިދާޅުވީ މެދުއިރުމަތީގެ ހަމަނުޖެހުންތަކުގެ ސަބަބުން ރާއްޖޭގެ އިޤްތިޞާދަށް ކުރަމުންދާ އަސަރުތައް ދެނެގަތުމަށް މަސައްކަތްކުރަމުންދާކަމަށާއި އެގޮތުން ތެލުގެ ބާވަތްތަކާއި ކާބޯތަކެތީގެ އަގުތަކަށް އައިސްދާނެ ބަދަލުތައް ވަރަށް ގާތުން މޮނިޓަރކުރަމުން އަންނަކަމަށް ވަޒީރު ވިދާޅުވިއެވެ.

ރާއްޖޭގެ ބާޒާރުގައި ތަކެތީގެ އަގުތަކަށް އަތުވެދާނޭ ބަދަލުތައް ދެނެގަތުމުގެ މަސައްކަތް ކަމާބެހޭ މުއައްސަސާތަކާއެކު ކުރަމުން ދާކަމަށާއި، މިކަމުގެ ތަކުލީފް ދިވެހިންނަށް އުފުލަން ނުޖެހޭނެ ގޮތަކަށް ސަރުކާރުން ކަންކަން އިންތިޒާމް ކުރައްވަމުންގެންދަވާނެކަމަށްވެސް ވަޒީރު ފާހަގަކުރެއްވިއެވެ.

އިރާން- އިސްރާއީލު ހަނގުރާމައިގެ ސަބަބުން ތެލުގެ އަގު މިއިން ޒަމާނަކު ނުދާވަރަށް ވަނީ މައްޗަށް ގޮސްފައެވެ.

ތެލުގެ އަގުގެ މިންގަނޑު ކަނޑައަޅާސާފުނުކުރާ ތެލުގެ އަގު އިއްޔެ ވަނީ 1.92 ޑޮލަރު ނުވަތަ 2.49 އިންސައްތަ މައްޗަށް ގޮސްފައެވެ. ތެޔޮ ފީފާއެއްގެ އަގު 78.93 އަށް އުފުލިފައިވެއެވެ. ދުނިޔޭގެ ތެލާއި އެހެނިހެން ތަކެތި ދަތުރުކުރާ ހުރުމުޒް ކަނޑުއޮޅި ބަންދުކުރަން އިރާނުން ނިންމާފައިވާއިރު އެގޮތަށް އެކަން ކޮށްފިނަމަ ތެލުގެ އަގު ބޮޑުތަނުން އުފުލިގެންދާނެކަމަށް މާހިރުން ބުނެއެވެ.

ކޮމެންޓް

871x217_placeholder