logo
Bank of Maldives

Bank of Maldives

ޚަބަރު

ކައުންސިލަރުންނަށް ހިންގާ ޚަތީބުކަމުގެ ކޯހުގައި ބައިވެރިވުމުގެ މުއްދަތު އިތުރުކޮށްފި

އަޙްމަދު ޒަލީފް
24 ޖޫން 2025 - 04:59
ކައުންސިލަރުންނަށް ހިންގާ ޚަތީބުކަމުގެ ކޯހުގައި ބައިވެރިވުމުގެ މުއްދަތު އިތުރުކޮށްފި

ހުތުބާ ކިޔުމުގެ ހުއްދަ ރަށު ކައުންސިލަރުންނަށް ލިބޭނެ ގޮތް ހަމަޖައްސަން އެ މީހުންނަށް ހާއްސަކޮށްގެން ހިންގުމަށް ހަމަޖެހިފައިވާ ކޯހުގައި ބައިވެރިވުމުގެ މުއްދަތު 3 ޖުލައި އާ ހަމައަށް އިތުރުކޮށްފިއެވެ،

ކޮންމެ ބުރެއްގައި 50 ކައުންސިލަރުންނަށް ބައިވެރިވެވޭ ގޮތަށް ކުރިއަށް ގެންދާ އެ ކޯހުގައި ޚަތީބު ކަމަށް ބޭނުންވާ ފިގުހާއި ގުރުއާނާއި އަގީދާ އަދި ހަދީޘް ކިޔަވައިދޭނެ ކަމަށާއި އެ ކޯހުގައި ގުރުއާން ފިޔަވައި އެހެން މާއްދާތައް ކިޔަވައިދޭނީ އޮންލައިންކޮށް ކަމަށް ވެސް އިސްލާމިކް މިނިސްޓްރީން ވަނީ ބުނެފައެވެ.

Ad by Hajj Corporation

Ad by Hajj Corporation

ކޯހަށް ހޮވުމުގައި ބަލާ މިންގަޑު:

ކީރިތި ޤުރްއާން ފަރިތަކަމާއެކު ކިޔަން އެނގުން.

ދިވެހިބަހާއި ޢަރަބިބަހުގެ ކިޔުމުގެ ފަރިތަކަން.

ހުށަހަޅަންޖެހޭ ތަކެތި:

ސީވީ

އައިޑީ ކާޑުގެ ކޮޕީ

އެންމެ މަތިން ހޯދާފައިވާ ތައުލީމީ ސެޓްފިކެޓް

ވަޒީފާ އަދާކުރަމުންދާ ކަމުގެ ލިޔުން.

މިދިޔަ އަހަރު މިނިސްޓްރީން ވަނީ އިމާމުވެ ހުކުރު ކުރުމުގެ ހުއްދަ ސްކޫލު ކުދިންނަށް ލިބޭ ޕްރޮގްރާމެއް ވެސް ފަށައިފަ އެވެ. މި ކޯހުގައި ބައިވެރިވުމަށް އެދިލައްވާ ފަރާތްތަކުން 3 ޖުލައި 2025 ގެ 13:00 ގެ ކުރިން ގޫގުލް ފޯމް
 ( https://forms.gle/6eoHUvc7KkexRRv37 ) ފުރިހަމަ ކުރެއްވުމަށް މިނިސްޓްރީ ވަނީ ބުނެފައެވެ.

 

Bank of Maldives

Bank of Maldives

ކޮމެންޓް

ގުޅުންހުރި ލިޔުންތައް

ފަޤީރުންނާ މިސްކީނުންގެ ތެރެއިން ބަޔަކަށް ފްލެޓް ޑައުންޕޭމަންޓް ދައްކައިދެނީޚަބަރު | 6 ދުވަސް ކުރިންމިލަންދޫގައި އިމާރާތް ކުރާ އިސްލާމީ މަރުކަޒުގެ ބިންގާ އަޅައިފިޚަބަރު | 21 ދުވަސް ކުރިންނޫމަރާގައި އަލަށް އިމާރާތް ކުރާ މިސްކިތުގެ ބިންގާ އަޅައިފި ޚަބަރު | 23 ދުވަސް ކުރިންއެންމެ ހައިބަތު ބޮޑު ޤުރުއާން މުބާރާތުގެ އަގުހުރި އިނާމުތަކާއި ރަންވަނަތައް ޝާޔާ، ޝަބާ އަދި ޝައިމްއަށްޚަބަރު | 24 ދުވަސް ކުރިން