logo
ޚަބަރު

ރަށްވެހި ސްކީމަށް ބޮޑު ތަރުޙީބެއް: ފޯމުތައް އިވެލުވޭޓް ކުރުމުގެ މަސައްކަތް ފަށައިފި

އަޙްމަދު ޒަލީފް
24 ޖޫން 2025 - 11:33
ރަށްވެހި ސްކީމަށް ބޮޑު ތަރުޙީބެއް: ފޯމުތައް އިވެލުވޭޓް ކުރުމުގެ މަސައްކަތް ފަށައިފި

ހިޔާވަހި ފައިނޭންސިން ޕްރޮގްރާމުގެ ތެރޭގައި ހިމެނޭ ރަށްވެހި ސްކީމަށް އެދި 1300 އަށްވުރެ ގިނަ އެޕްލިކޭޝަން ލިބިފައިވާކަމަށް މިނިސްޓަރ އޮފް ކޮންސްޓްރަކްޝަން، ހައުސިންގ އެންޑް އިންފްރާސްޓްރަކްޗަރ ޑރ. އަބްދުﷲ މުއްތަލިބު ވިދާޅުވެއްޖެއެވެ.

އެގޮތުން ރަށްވެހި ފައިނޭންސިންގ ސްކީމަށް 1329 އެޕްލިކޭޝަން ލިބިފައިވާކަމަށާއި، ސަހަރު ފައިނޭންސިންގ ސްކީމަށް 586 އެޕްލިކޭޝަން އަދި ފަހިމާލެ ފައިނޭންސިން ސްކީމަށް 341 އެޕްލިކޭޝަން ލިބިފައިވާކަމަށް މިނިސްޓަރު ވިދާޅުވިއެވެ.

Ad by Hajj Corporation

Ad by Hajj Corporation

ހިޔާވެހި ފައިނޭންސިން ސްކީމަށް މިއަހަރުގެ ބަޖެޓުގައި އެއް ބިލިއަން ރުފިޔާ ހިމަނާފައިވެއެވެ. މިސްކީމަށް ސަރުކާރުން ބޭންކުތަކަށް އެއް ބިލިޔަން ރުފިޔާ އިންވެސްޓްކުރި ނަމަވެސް ބޭންކުތަކުން ފައިނޭންސް ހަމަޖައްސާއިރު ޖުމްލަ ދެ ބިލިޔަން ރުފިޔާއާ ހަމައަށް ފައިނޭންސް ދޫކުރާނެ ކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ކުރިން ވިދާޅުވެފައިވެއެވެ.

މިނިސްޓަރ އަބްދުﷲ މުއްތަލިބު ވިދާޅުވީ މިހާރު ކުރިއަށްދަނީ ލިބިފައިވާ ހުށަހެޅުންތައް އެނަލައިޒްކުރުމުގެ މަސައްކަތްކަމަށާއި، އެމަސައްކަތް ނިމުނުހާ އަވަހަކަށް ބީއެމްއެލްއަށް އެޕްލިކޭޝަންތައް ފޮނުވާނެކަމަށެވެ.

ހިޔާވަހި ފައިނޭންސިން ޕްރޮގްރާމުގެ ސްކީމްތަކަށް ލޯނު ދޫކުރުމަށް ބީއެމްއެލް އިސްލާމިކްއާ ދެމެދު ވަނީ އެއްބަސްވުމެއްގައި ސޮއިކޮށްފައެވެ.  އަދި މިއީ ރާއްޖޭގެ 3 ބޭންކަކާ ގުޅިގެން 5 އިންސައްތަ ފައިދާގައި ކުރިއަށްގެންދާ ޕްރޮގްރާމެކެވެ.

 

Hajj Corpooration

Hajj Corpooration

ކޮމެންޓް

ގުޅުންހުރި ލިޔުންތައް

ކޮންމެ ފަންތިއެއްގެ ރައްޔިތަކަށް ވެސް ބޯހިޔާވަހިކަމުގެ ފުރުސަތު ހޯދައިދިނުމަކީ އަމާޒެއް: ވަޒީރުޚަބަރު | މަހެއް ކުރިންގިރާވަރުގެ ބިން ހިއްކޭ ވަރަކަށް ގޯތިތައް ހަވާލުކުރަނީ ޚަބަރު | މަހެއް ކުރިންއަންނަ ހަފުތާގައި 4،000 ފްލެޓުގެ އެއްބަސްވުންތަކުގައި ސޮއިކުރަން ފަށަނީޚަބަރު | މަހެއް ކުރިންރަށްވެހި ސްކީމަށް ބޮޑު ތަރުޙީބެއް: ފޯމުތައް އިވެލުވޭޓް ކުރުމުގެ މަސައްކަތް ފަށައިފި ޚަބަރު | 2 މަސް ކުރިން