logo
MPL

MPL

ޚަބަރު

"ބޯހިޔާވަހިކަން އެންމެންނަށް" އަކީ ހަމައެކަނި ޝިއާރެއް ނޫން، އެއީ އިޚްލާސްތެރި ރައީސެއްގެ ވަޢުދެއް''

މުހައްމަދު މޫސާމުހައްމަދު މޫސާ
16 ނޮވެމްބަރު 2025 - 18:04
ރައީސް މުޢިއްޒު، ފޮޓޯ: ޕީއެންސީ
ރައީސް މުޢިއްޒު، ފޮޓޯ: ޕީއެންސީ

 

ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުގެ ސަރުކާރުގެ ބޯހިޔާވަހިކަމުގެ ސިޔާސަތު، "ބޯހިޔާވަހިކަން އެންމެންނަށް" މިއީ ހަމައެކަނި ޝިއާރެއް ނޫން ކަމަށާއި، އެއީ އިޚްލާސްތެރި ރައީސެއްގެ ވަޢުދެއް ކަމަށް ގެދޮރުވެރިކަމާއި ބިނާރާ ބެހޭ ވަޒީރު ޑޮކްޓަރ ޢަބްދުﷲ މުއްޠަލިބް ވިދާޅުވެއްޖެއެވެ.

Ad by Hajj Corporation

Ad by Hajj Corporation

ވަޒީރު މިހެން ވިދާޅުވީ، ރައީސް މުޢިއްޒުގެ ސަރުކާރުގެ ބޯހިޔާވަހިކަމުގެ ސިޔާސަތު، "ބޯހިޔާވަހިކަން އެންމެންނަށް" ސިޔާސަތު އިފްތިތާޙުކުރުމަށް ބޭއްވި ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުންނެވެ.

މި ރަސްމިއްޔާތުގައި ވަޒީރުގެ ވާހަކަފުޅުގައި ފާހަގަކުރެއްވި ގޮތުގައި، ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުގެ ސަރުކާރުން މަސައްކަތް ކުރައްވަނީ، އެތައް ހާސް ރައްޔިތުނެއްގެ ބޯހިޔާވަހިކަމުގެ އުންމީދު ފުއްދަވައިދެއްވުމަށެވެ. އެގޮތުން، "ބޯހިޔާވަހިކަން އެންމެންނަށް" މިއީ ހަމައެކަނި ބޭނުންކޮށްލެވޭ ޝިއާރެއް ނޫން ކަމަށާއި، އެއީ އިޙްލާސްތެރި ރައީސެއްގެ ވަޢުދެއް ކަމަށް ވަޒީރު މުއްޠަލިބް ވަނީ ތަކުރާރުކޮށް ވިދާޅުވެފައެވެ.

ވަޒީރު ޑރ. މުއްޠަލިބް ވިދާޅުވީ، މި ސިޔާސަތަކީ އެއްވެސް އާއިލާއެއް ބާކީނުކުރާނެ ކަމުގެ ވަޢުދެއް ކަމަށެވެ. އަދި އެއީ ނޭންގިހުއްޓާ ކުލި ބޮޑުވެގެން ދިރިއުޅޭ ތަނަކުން ނިކުމެ އެހެން ތަނަކަށް ދާންޖެހޭނެކަމުގެ ބިރެއް ނޯންނާނެ ކަމުގެ ހުވަފެނެއް ކަމަށް ވެސް އެމަނިކުފާނު ވިދާޅުވިއެވެ.

 

Boahiyaavahikan Enmennah Siyaasathu Ifthithaahukohfi  | Mendhuru TvTikTokYouTubeInstagramXFacebook

Boahiyaavahikan Enmennah Siyaasathu Ifthithaahukohfi | Mendhuru TvTikTokYouTubeInstagramXFacebook

 

މި ސިޔާސަތުގެ ދަށުން، ރައީސްގެ ބޯހިޔާވަހިކަމުގެ ވަޢުދު ފުއްދަވާދެއްވުމަށް މަގުފަހިވާނެ ކަމަށް ވަޒީރު ވިދާޅުވިއެވެ. އެގޮތުން، ރިއަލް އެސްޓޭޓް މާކެޓުން ބޯހިޔާވަހިކަން ގަތުމުގެ ފުރުސަތު ތަނަވަސްކުރުމަށް ސަރުކާރުން އެހީތެރިކަން ފޯރުކޮށްދެއްވާނެ ކަމަށް ވެސް ޑރ. މުއްޠަލިބް ވިދާޅުވިއެވެ. މިކަމުގެ ސަބަބުން، އަމިއްލަ ބޯހިޔާވަހިކަމެއްގެ އުންމީދުގައި ތިބި އެތައް ރައްޔިތުންނަށް ހެޔޮ ބަދަލެއް އަންނާނެ ކަމަށް ވަޒީރު ވަނީ ފާހަގަކުރައްވާފައެވެ.

 

Ad by Hajj Corporation

Ad by Hajj Corporation

ކޮމެންޓް

ގުޅުންހުރި ލިޔުންތައް

ރަސްމާލެ ހިއްކުމުގެ ޚަރަދު ބޮޑުތަނުން ކުޑަކުރެވިއްޖެ، މުޅި މަޝްރޫޢަށް ހިނގާނީ 330 މިލިއަން ޑޮލަރު: ވަޒީރުޚަބަރު | ގަޑިއިރެއް ކުރިންޕާކިސްތާނުގެ އެހީއެކު ގުޅީފަޅުގައި ކްރިކެޓް ސްޓޭޑިއަމް އެއް އަޅަނީޚަބަރު | 6 ގަޑިއިރު ކުރިންސިޔާސީ ބޭނުމުގައި އެއްވެސް ސިޔާސީ މީހަކު ހައްޔަރެއް ނުކުރާނެ: ރައީސްޚަބަރު | 7 ގަޑިއިރު ކުރިންކޮޕް ސަމިޓުގައި ބައިވެރިވެ ވަޑައިގަތުމަށް ރައީސުލްޖުމްހޫރިއްޔާ ތުރުކީއަށް ވަޑައިގަންނަވަނީޚަބަރު | 8 ގަޑިއިރު ކުރިން