"ބޯހިޔާވަހިކަން އެންމެންނަށް" ސިޔާސަތު އިފްތިތާޙުކޮށްފި
16 ނޮވެމްބަރު 2025 - 16:36

ރައީސުލްޖުމްހޫރިއްޔާ ޑރ.މުހައްމަދު މުޢިއްޒުގެ ބޯހިޔާވަހިކަމުގެ ސިޔާސަތު، ބޯހިޔާވަހިކަން އެންމެންނަށް އިފްތިތާޙުކުރައްވައިފިއެވެ.
މި ސިޔާސަތު އިފްތިތާޙުކޮށްދެއްވީ އިމާރާތްކުރުމާއި ގެދޮރުވެރިކަމާ ބިނާރާ ބެހޭ ވަޒީރު ޑރ.ޢަބްދުﷲ މުއްޠަލިބްއެވެ.
މި ސިޔާސަތުގައި ސަރުކާރުގެ ބޯހިޔާވަހިކަމުގެ މަޝްރޫއުތައް ކުރިއަށްގެންދާނެގޮތުގެ އުސޫލުތައް ވަނީ ހާމަކޮށްފައެވެ.

Ad by Hajj Corporation
މައިގަނޑު 4 ކެޓަގަރީއަކަށް ބަހާލައިގެން މި ސްކީމްތަކުން ފުރުޞަތު ދިނުމަށް ވަނީ ކަނޑައަޅާފައެވެ. އެއީ:
- މާލީގޮތުން ފުދުންތެރި ފަރާތްތަކަށް ވިޔަފާރި އުޞޫލުން ހައުސިންގ ޔުނިޓާއި ގޯތި ގަތުމުގެ މަގުފަހި ކުރުމަށް ފުރުޞަތު ދެވޭނެ
- މެދު ފަންތީގެ ޢާއިލާތަކަށް އަތްފޯރާ ފަށުގައި ބޯހިޔާވަހިކަން ފޯރުކޮށްދިނުމަށް އެފޯޑަބަލް ހައުސިންއަށް ހާއްސަކޮށްގެން ޕްރޮޖެކްޓުތައް ހިންގޭނެ
- އަމިއްލަ ބޯހިޔާވަހިކަމެއް ގަތުމުގެ ތަނަވަސްކަން ނެތް ފަރާތްތަކަށް ރެންޓް ޓު އޯން މޮޑެލްގެ ދަށުން ބޯހިޔާވަހިކަން ލިބޭނެ މަގު ތަނަވަސްވާނެ
- އެންމެ ފަޤީރު ޙާލަތުގައިވާ ދިރިއުޅޭނެ ތަނެއް ނެތް ޢާއިލާތަކަށް ސަރުކާރުން ހަދާ އެސެސްމެންޓެއްގެ ތެރެއިން ބޯހިޔާވަހިކަން ލިބޭނެ ގޮތް ހަމަޖެހޭނެ
މާލޭގައި ދިރިއުޅޭ ފަރާތްތަކަށް ފްލެޓް ދޫކުރުމާއި ގޯތި ދޫކުރުމާއި ގުޅޭ ސްކީމެއް އިއުލާނުކޮށްފައިވާއިރު އެ ސްކީމްގައި ހިމެނެނީ:
މާލޭގައި ދިރިއުޅޭ ފަރާތްތަކަށް ފްލެޓް ދޫކުރުމުގެ ސްކީމް
ކެޓަގަރީ 1 މާލޭ ރަށްވެހިން
• މާލޭގައި އުފަންވިއްސުރެ މާލޭ ރަޖިސްޓްރީގައި ހިމެނިފައިވާ ފަރާތްތައް
• މާލޭ ރަށްވެހިންގެ ދަފްތަރުގައި ހިމެނިފައިވާ ފަރާތްތައް
• ފަހުން މާލޭގެ ގެއެއްގެ ރަޖިސްޓްރީ ޖެހިފައިވާ ފަރާތްތައް
ކެޓަގަރީ 2 މާލޭގައި ދިރިއުޅެމުންދާ އެހެނިހެން ރަށްރަށުގެ ރަށްވެހިން
• މާލޭގައި މެދުނުކެނޑި ދިރިއުޅެމުންދާތާ 15 އަހަރުވެފައިވުން (15 އަހަރު ގުނާނެ ގޮތް ތަފްސީލުކޮށް އުސޫލުގައި ހިމެނިފައިވާނެ)
މި ސްކީމްގެ ދަށުން ފްލެޓް ދޫކުރުމުގެ އަސާސީ ޝަރުތުތަކަކީ:
1. ދިވެހިރައްޔިތެއް ކަމުގައިވުން
2. އުމުރުން 18 އަހަރު ފުރިފައިވުން
3. 400 އަކަފޫޓަށްވުރެ ބޮޑު ބަންޑާރަ ނުވަތަ އަމިއްލަ ބިން ނުވަތަ ގޯތިގެދޮރު މިލްކުވެފައި ނުވުން
4. ރިއަލް އެސްޓޭޓް މާކެޓުން ހައުސިންގ ޔުނިޓެއް ގަނެފައި ނުވުން ނުވަތަ އެފަދަ ތަނެއް ގަތުމަށް އެއްބަސްވެ ފައިސާ ދައްކަމުން ނުދިޔުން
5. ތިމާއަށް ނުވަތަ އަނބިމީހާއަށް ކުރިން ސަރުކާރުން ހިންގާފައިވާ ބޯހިޔާވަހިކަމެއް ލިބިފައި ނެތުން
ސްކީމްގެ ދަށުން ފްލެޓަށް އެދި ހުށަހެޅުމަށް ދެ މޮޑެލްއެއް ވަނީ ތައާރަފުކޮށްފައެވެ. އެއީ
މޮޑެލް 1: އެފޯޑަބަލް ކޯ އޯނަރޝިޕް މޮޑެލް:
• ހައުސިންގ ޔުނިޓަށް އެދި ހުށަހަޅާ ފަރާތަކީ މާލީ އިދާރާއަކުން ދޫކުރާ ހައުސިންގ ފައިނޭންސް ފެސިލިޓީއަކަށް ޝަރުޠު ހަމަވާ ފަރާތަކަށްވުން
• ފުރަތަމަ ފަހަރަށް ގެދޮރު ގަންނަ ނުވަތަ މިލްކުކުރުމަށް އެދޭ ފަރާތަކަށްވުން
މޮޑެލް 2: ރެންޓް-ޓު-އޯން މޮޑެލް:
• 60،000 އަށްވުރެ މަހު އާމްދަނީ ދަށްވުން
އެ ސްކީމުގެ ތެރެއިން މާލެ ރަށްވެހިންނަށް ގޯއްޗާއި ފުލެޓް ދޫކުރާނީ މާލެ ސަރަހައްދުންނާއި ރަސްމާލެއިންނެވެ.


