logo
ޚަބަރު

ރާއްޖޭގައި ފުރަތަމަފާހަގަކުރާ އިންޖިނިއަރުންގެ ދުވަހަށް ވަރަށްބޮޑު ތަރުހީބެއްލިބޭ : މިނިސްޓަރު މުއްތަލިބް

ޝަހްޒާ މުހައްމަދު
12 ސެޕްޓެމްބަރު 2025 - 13:10
ރާއްޖޭގައި ފުރަތަމަފާހަގަކުރާ  އިންޖިނިއަރުންގެ ދުވަހަށް ވަރަށްބޮޑު ތަރުހީބެއްލިބޭ : މިނިސްޓަރު މުއްތަލިބް

ރާއްޖޭގައި ފުރަތަމަފާހަގަކުރާ އިންޖިނިއަރުންގެ ދުވަހަށް ލިބެމުންދާ ތަރުޙީބާއި މެދު ވަރަށް ބޮޑަށް ހިންހަމަޖެހިވަޑައިގަންނަވާކަމަށް، ކޮންސްޓްރަކްޝަން މިނިސްޓަރ ޑރ. އަބްދުﷲ މުއްތަލިބް ވިދާޅުވެއްޖެއެވެ.

ދިވެހިރާއްޖޭގެ އިންޖިނިއަރުންގެ ދުވަސް ކުލަގަދަކޮށް ފާހަކުރުމަށް ހިންގަމުންދާ ހަރަކާތްތަކުގެ ތެރެއިން، މިއަދު ހަވީރު އޮތް ކުޑަކުދިންގެ ހަވީރު ބައްލަވާލެއްވުމަށްޓަކާ ވަޑައިގެން މިނިސްޓަރ މުއްތަލިބް، މީޑިއާއަށް ދެއްވި އިންޓަވިއުއެއްގައި ވިދާޅުވީ، އިންޖިނިއަރުންގެ ދުވަސް ފާހަގަކުރުމަށް ހާއްސަކޮށް ކުންފުނިތަކުން ލިބޭ އެއްބާރުން ފާހަގަކުރައްވާކަމަށެވެ.

Ad by Hajj Corporation

Ad by Hajj Corporation

މިނިސްޓަރ ވިދާޅުވީ، މިއަހަރު ރާއްޖޭގައި އަލަށް އިންޖިނިއަރުގެ ދުވަސް ފާހަގަކުރަން ފެށިނަމަވެސް ކުރިއަށް އޮތްތަނުގައި މިއަށްވުރެ މާފުރިހަމައަށް މާ ކުލަގަދަކޮށް މިދުވަސް ފާހަގަކުރުމަށް ރޭވިފައިވާކަމަށެވެ.

މިއަހަރުގެ އިންޖިނިއަރުންގެ ދުވަހާއި ގުޅިގެން ބޭއްވި ކުޑަކުދިންގެ ހަވީރު ކުރިން ބޭއްވުމަށް ހަމަޖެހުނީ އިންޖިއިނިއަރުންގެ ދުވަސްކަމަށްވާ އޮގްސްޓް 30ގައި ކަމަށާއި އެދުވަހު މޫސުން ތަންނުދޭތީ، މިއަދު ބާއްވަން ނިންމީކަމަށް މިނިސްޓަރ ވިދާޅުވިއެވެ.

އިންޖިނިއަރުންގެ ދުވަހާއި ގުޅިގެން ސަރުކާރު ހިއްސާވާ ކުންފުނިތަކާއި ސްކޫލުތައް ގުޅިގެން އިންޖިނިއަރިންގެ ދާއިރާގެ ކެރިއަރ ގައިޑެންސް ޕްރޮގްރާމްތަކާއި ސައިޓް ވިޒިޓްތަކެއް ކުރިއަށްގެންގޮސްފައިވާކަން ވެސް މިނިސްޓަރ ފާހަގަކުރެއްވިއެވެ.

" އަޅުގަނޑުމެން ފުރަތަމަ ފާހަގަކުރާ ދުވަހަކަށް ވާތީވެ ވަރަށް ގިނަ ހަރަކާތްތަކެއް ރޭވިގެން ކުރިއަށްދިޔަ، އޭގެ އިތުރުން ސޯޝަލް މީޑިއާގަ ، އިންޖިނިއަރިން ދާއިރާގަ މަސައްކަތް ކުރާ ފަރާތްތަކުގެ ޕްރޮފައިލް ގެންސްދީ، އެކަންކަން ހިއްސާކުރުމުގެ މަސައްކަތް މިނިސްޓަރީގެ އިތުރުން ކުންފުނިތަކުން ވެސް ވަނީކޮށްފަ، އެހެންވީމަ ހަގީގަތުގަ ފުރަތަމަ އިންޖިނިއަރުންގެ ދުވަހާ ބަލާފަ، ހީކުރިވަރަށްވުރެ މާބޮޑު ތަރުހީބެއް ލިބިގެން ގޮސްފި " މިނިސްޓަރ މުއްތަލިބް ވިދާޅުވިއެވެ.

މިއަހަރުން ފެށިގެން ކޮންމެ އަހަރެއްގެވެސް އޮގަސްޓް މަހުގެ 30 ވަނަ ދުވަހަކީ ރާއްޖޭގެ އިންޖިނިއަރުންގެ ދުވަހުގެ ގޮތުގައި ފާހަގަކުރުމަށް ވަނީ ނިންމާފައެވެ.

Ad by Regional Airports

Ad by Regional Airports

ކޮމެންޓް

ގުޅުންހުރި ލިޔުންތައް

ރާއްޖޭގައި ފުރަތަމަފާހަގަކުރާ އިންޖިނިއަރުންގެ ދުވަހަށް ވަރަށްބޮޑު ތަރުހީބެއްލިބޭ : މިނިސްޓަރު މުއްތަލިބް ޚަބަރު | 18 ގަޑިއިރު ކުރިންދިވެހި އިންޖިނިއަރުގެ އުފެއްދުންތަކާއި އެކު ކުޑަކުދިންގެ ހަވީރެއް ބާއްވައިފި ޚަބަރު | 18 ގަޑިއިރު ކުރިންއިންޖިނިއަރުންގެ ދުވަސް ފާހަގަކުރުމަށް ކެރިއާ ގައިޑެންސް ޕްރްގްރާމެއްޚަބަރު | 12 ދުވަސް ކުރިން75 ޕޮއިންޓަށް 315 މީހަކަށް ފްލެޓް ދިން މައްސަލަ އޭސީސީއަށްޚަބަރު | މަހެއް ކުރިން