logo
MPL

MPL

ޚަބަރު

"ވެށިފަހި މާލެ'" ޕްރޮގްރާމުގެ ދަށުން ދައުލަތަށް މިލްކުވެފައިވާ ބިންތައް ގަންނަން ފުރުސަތު ހުޅުވާލަން ނިންމައިފި

އަޙުމަދު ރިޝާން
5 ނޮވެމްބަރު 2026 - 09:18
މާލެ ސިޓީގެ މަލަމަތި
މާލެ ސިޓީގެ މަލަމަތި

"ވެށިފަހި މާލެ" ޕްރޮގްރާމުގެ ދަށުން ދައުލަތަށް މިލްކުވެފައިވާ ބިންތައް ގަންނަން ޝައުގުވެރިވާ ފަރާތްތަކަށް އެ ފުރުސަތު ހުޅުވާލަން ނިންމައިފި އެވެ.

ފާއިތުވި 2011 ވަނަ އަހަރު ހިންގި "ވެށިފަހި މާލެ ޕްރޮގްރާމު" ގެ ދަށުން ދައުލަތަށް މިލްކުވެފައިވާ ބިންތައް ވިއްކުމާ ބެހޭ އުސޫލު 2021 ވަނަ އަހަރުގެ ޖޫން މަހުގެ 28 ވަނަ ދުވަހު ވަނީ ގެޒެޓްކޮށްފަ އެވެ. މި އުޞޫލުގެ ދަށުން ބިންތައް ގަންނަން ޝައުގުވެރިވާ، އެ ބިންތައް ހިމެނޭ ގޯތިތަކުގެ ބެހެނިވެރިންނަށާއި އެ ބިންތަކާ އިންވެގެންވާ ގޯތިތަކުގެ ވެރިފަރާތްތަކަށް އަންނަ އާދިއްތަ ދުވަހު އެ ފުރުސަތު ހުޅުވާލުމަށް ވަނީ ހަމަޖެހިފަ އެވެ.

Ad by Hajj Corporation

Ad by Hajj Corporation

ހައުސިންގް މިނިސްޓްރީން ބުނީ މި ޕްރޮގްރާމުގެ ދަށުން ޖުމްލަ 48 ބިމެއް ވިއްކުމަށް ނިންމާފައިވާ ކަމަށެވެ. އޭގެ ތެރޭގައި މާފަންނުން 21 ބިމާއި، މައްޗަންގޯޅިން 10 ބިމާއި، ގަލޮޅުން 7 ބިމުގެ އިތުރުން ހެންވޭރުން 9 ބިމާއި، ވިލިމާލެއިން 1 ބިން ހިމެނެ އެވެ. މި ބިންތައް ގަންނަން ޝައުގުވެރިވާ ފަރާތްތަކުން ވެށިފަހި މާލެ ޕްރޮގްރާމުގެ ދަށުން ދައުލަތަށް މިލްކުވެފައިވާ ބިންތައް ވިއްކުމާބެހޭ އުސޫލުގައިވާ ފޯމާއި ލިޔެކިޔުންތައް އަންނަ މަހުގެ 8 ވަނަ ދުވަހުގެ މެންދުރުފަހު 2:00 ގެ ކުރިން ހުށަހަޅަން ޖެހޭނެއެވެ.

މި އުސޫލުގެ ދަށުން ބިން ވިއްކާ އަގެއްގެ ގޮތުގައި ކަނޑައަޅާފައިވަނީ އަކަފޫޓަކަށް 2,000 ރުފިޔާއެވެ. އަދި މި ބިންތަކުގެ ޗާޓު، އާދިއްތަ ދުވަހުން ފެށިގެން އެ ވުޒާރާގެ ވެބްސައިޓުން ފެންނާނެ ކަމަށް ވެސް ގެދޮރުވެރިކަމާ ބެހޭ ވުޒާރާއިން މައުލޫމާތު ދީފައިވެއެވެ.

Ad by Hajj Corporation

Ad by Hajj Corporation

ކޮމެންޓް

ގުޅުންހުރި ލިޔުންތައް

"ވެށިފަހި މާލެ'" ޕްރޮގްރާމުގެ ދަށުން ދައުލަތަށް މިލްކުވެފައިވާ ބިންތައް ގަންނަން ފުރުސަތު ހުޅުވާލަން ނިންމައިފިޚަބަރު | 27 މިނިޓު ކުރިންގެދޮރު، ޞިއްޙީ ފަރުވާ އަދި އިޤްތިޞާދީ ފައިދާ: ޑރ. މުއިއްޒު ސަރުކާރުގެ އަމާޒުރިޕޯޓް | 12 ދުވަސް ކުރިންބޯހިޔާވަހިކަމުގެ އިކުއިޓީ ދައްކަން ދަތިވި މައްސަލައަށް ސަރުކާރުން ހައްލެއް ގެނެސްދީފިޚަބަރު | 18 ދުވަސް ކުރިންމަރާމާތަށް ފަހު ރަސްފަންނު މިއަދު ހުޅުވަނީޚަބަރު | 5 މަސް ކުރިން