logo
MPL

MPL

ޚަބަރު

މަރާމާތަށް ފަހު ރަސްފަންނު މިއަދު ހުޅުވަނީ

އައިޝަތު ނަޝާ
12 ޖޫން 2026 - 05:15
މަރާމާތަށް ފަހު ރަސްފަންނު މިއަދު ހުޅުވަނީ

މަރާމާތަށް ބަންދުކުރި ރަސްފަންނު މިއަދު އާންމުންނަށް ހުޅުވާލާނެ ކަމަށް ހައުސިން މިނިސްޓްރީން ހާމަކޮށްފިއެވެ.

އެ މިނިސްޓްރީން ބުނީ ރަސްފަންނު މޫދަށް އެރޭ ސަރަހައްދު މަރާމާތުކުރުމުގެ މަސައްކަތް ނިމިފައިވުމާއެކު މިއަދު ހެނދުނުން ފެށިގެން އާންމުންނަށް އެތަން ހުޅުވާލާނެ ކަމަށެވެ.

Ad by Hajj Corporation

Ad by Hajj Corporation

މި މަޝްރޫއުގެ ދަށުން ރަސްފަންނުގެ މޫދަށް އެރޭ ސަރަހައްދުގެ އުތުރުން ޑްރެއިނޭޖް ރަނގަޅުކުރުމުގެ ގޮތުން ފެންހިންދާ ނިޒާމެއް ގާއިމްކޮށް، މޫދަށް އެރޭ ސަރަހައްދުގައި މިހާރު ޖަހާފައިވާ ހިލަ ތޮށި ނަގައި، ފެން ދައުރުކުރުމަށް ކަލްވާޓްސްތަކެއް ހިމަނައިގެން އަލުން ހިލަ ތޮށި ޖެހުމުގެ މަސައްކަތް ކޮށްފައިވާ ކަމަށް ހައުސިން މިނިސްޓްރީން ވަނީ ބުނެފައެވެ.

ރަސްފަންނަކީ ގިނަ ބަޔަކު ބޭނުންކުރާ ސަރަހައްދަކަށްވުމުން، މިތަން ތަރައްގީ ކުރުމާއެކު އެތަން ބޭނުން ކުރާ މީހުންނަށް ހިތްފަސޭހަ މާހައުލަކާއެކު، ބޭނުންވާ މުހިންމު ވަސީލަތްތައް ވެސް ގާއިމްކުރެވިގެންދާނެއެވެ.

ރަސްފަންނު މޫދަށް އެރޭ ސަރަހައްދު މަރާމާތު ކުރުމުގެ މަސައްކަތް ކުރިއަށް ގެންގޮސްފައިވަނީ އެމްޓީސީސީއާ ހަވާލުކޮށްގެނެވެ.

Ad by Hajj Corporation

Ad by Hajj Corporation

ކޮމެންޓް

ގުޅުންހުރި ލިޔުންތައް

"ވެށިފަހި މާލެ'" ޕްރޮގްރާމުގެ ދަށުން ދައުލަތަށް މިލްކުވެފައިވާ ބިންތައް ގަންނަން ފުރުސަތު ހުޅުވާލަން ނިންމައިފިޚަބަރު | 4 ދުވަސް ކުރިންގެދޮރު، ޞިއްޙީ ފަރުވާ އަދި އިޤްތިޞާދީ ފައިދާ: ޑރ. މުއިއްޒު ސަރުކާރުގެ އަމާޒުރިޕޯޓް | 16 ދުވަސް ކުރިންބޯހިޔާވަހިކަމުގެ އިކުއިޓީ ދައްކަން ދަތިވި މައްސަލައަށް ސަރުކާރުން ހައްލެއް ގެނެސްދީފިޚަބަރު | 22 ދުވަސް ކުރިންމަރާމާތަށް ފަހު ރަސްފަންނު މިއަދު ހުޅުވަނީޚަބަރު | 5 މަސް ކުރިން