logoEN
ޚަބަރު

އެމްޑީޕީގެ ލީޑާޝިޕުގައި ވައްކަން ނުކުރާ އެކަކު ވެސް ނެތް: ފަލާހް

ހުސައިން ވަސީމްހުސައިން ވަސީމް

25 ޖޫން 2025 - 06:17

އެމްޑީޕީގެ ލީޑާޝިޕުގައި ވައްކަން ނުކުރާ އެކަކު ވެސް ނެތް ކަމަށާއި މިދިޔަ ފަސް އަހަރުގެ ތެރޭ ދައުލަތުގެ ބަޖެޓުން އެތައް ސަތޭކަ މިލިއަން ރުފިޔާ އެމްޑީޕީގެ ވެރިން ނަހަމަގޮތުގައި ބޭނުން ކުރިކަމަށް ރައްޔިތުންގެ މަޖިލީހުގެ މެޖޯރިޓީ ލީޑަރު އަދި އިނގުރައިދޫ ދާއިރާގެ މެންބަރު އިބްރާހީމް ފަލާހް މިއަދު ވިދާޅުވެއްޖެ އެވެ.

ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާގައި ވާހަކަ ދައްކަވަމުން ފަލާހު ވިދާޅުވީ ގައުމު ހަމަ މަގަށް ނޭޅިގެން މިއުޅޭނީ އެމްޑީޕީގެ ލީޑާޝިޕުން މަސައްކަތް ކުރާގޮތުން ކަމަށެވެ. ގައުމުގައި ހެދި ހުރިހާ ގޯހެއް ހެދީ އެމްޑީޕީން ކަމަށް ވިދާޅުވެ ފަލާހުވަނީ އެމްޑީޕީއަށް ވަރަށް ބޮޑަށް ފާޑު ކިޔާފަ އެވެ.

ހަގީގަތުގަ އެމްޑީޕީ އާންމު މެމްބަރުންގެ މައްސަލައެއް ނޫން މިއުޅެނީ މައްސަލަ މިއުޅެނީ ޕާޓީގެ ލީޑަޝިޕްގައި، އަޅުގަނޑުމެންވެސް ކުރިން ޕާޓީއެގައި ތިބިން (ޕީޕީއެމް) އޭރު އެޕާޓީގެ ލީޑަރަކަށް ހުރީ ޔާމީން އެއީ ތެދެއް އެބުނީ ރަނގަޅަށް އެއީ ވަގެއް ހަމަ ރަނގަޅަށް އެބުނީ

ރައީސް ނަޝީދު އަލުން އެމްޑީޕީއަށް ގުޅުމަށް ބޭއްވި ޖަލްސާއަށް ފާޑުވިދާޅުވަމުން ފަލާހު ވިދާޅުވީ އެ ޖަލްސާއަށް އެމްޑީޕީގެ މެމްބަރުން ނުދާ ކަމަށާ އެމްޑީޕީގެ މެމްބަރުން ތިބީ އެޕާޓީގެ ޖަގަހާގައި ކަމަށެވެ. އަދި އެރޭގެ ޖަލްސާ ތައްޔާރު ކުރަން އުޅުނީ ޑިމޮކްރެޓްސްގެ މީހުން ކަމަށާ އެރޭގެ ޖަލްސާއަށް ދިޔައީވެސް ޑިމޮކްރެޓްސްގެ މަދު ބައެއް ކަމަށް ފަލާހު ވިދާޅުވި އެވެ.

ފަލާހް ވިދާޅުވީ އެމްޑީޕީ ލީޑާޝިޕްގައި ވައްކަން ނުކުރާ އެކަކުވެސް ނެތް ކަމަށެވެ.ދައުލަތުގެ ބަޖެޓުން މިދިޔަ ފަސް އަހަރު 800 މިލިއަން ރުފިޔާ ނަހައްގުގޮތުގައި ބަދަލުގެ ގޮތުގައި އެތައް ބަޔަކަށް ދީފައިވާކަމަށް ފަލާހު ވިދާޅުވި އެވެ. ފަލާހު ވިދާޅުވީ އެމްޑީޕީން މިދިޔަ ފަސް އަހަރު ގައުމު އެއްކޮށް ދަރުވާލާފައިވާ ކަމަށެވެ.

އެމްޑީޕީގެ ވެރިކަން ފެށުނުއިރު ދައުލަތުގެ ބަޖެޓަކީ ގާތްގަނޑަކަށް 28 ބިލިއަން ރުފިޔާ އެހެންނަމަވެސް އެމްޑީޕީ ވެރިކަން ނިމުނު އިރު ދައުލަތުގެ ބަޖެޓަކީ 50 ބިލިއަން ރުފިޔާ ކަމަށް ފަލާހު ވިދާޅުވި އެވެ.

ފަލާހު ވިދާޅުވީ ސަރުކާރު އައިފަހުން ގައުމުގައި ހުރި ބޮޑެތި މައްސަލަތަކަށް ހައްލު ހޯދަމުން އަންނަ ކަމަށެވެ.

ކޮމެންޓް

871x217_placeholder