ސެޕްޓެމްބަރު މަހުގައި ކިޔަވަންފަށާ ދަރިވަރުންނަށް ފައިސާ ޕްރޮސެސް ކުރުން ކުރިޔަށް އެބަދޭ : ޑރ. މަރިޔަމް މާރިޔާ

ފޮޓޯ--- ރައީސް އޮފީސް
.jpg&w=3840&q=75)
19 ސެޕްޓެމްބަރު 2024 - 08:10
ރައީސް އޮފީހުގައި މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ހަޔާ އެޑިއުކޭޝަން މިނިސްޓަރު ޑރ.މަރިޔަމް މާރިޔާ ވިދާޅުވީ އަންނަ ސެޕްޓެމްބަރު މަހު ކިޔެވުން ފެށުމަށް ހަމަޖެހިފައިވާ ދަރިވަރުންނަށް ބޭނުންވާ ފައިސާ ގެނައުމުގެ މަސައްކަތް މިހާރު ކުރިއަށްދާ ކަމަށެވެ.
އެންމެ ބޮޑަށް މަސަތްކަރްކުރަމުން ގެންދިޔައީ ސެޕްޓެމްބަރުގައި ފަށަން ބޭނުންވި ދަރިވަރުންނަށް. މިހާރު އެންމެ ބޮޑު ސަމާލުކަމެތް ދީގެން ކުރިޔަށް ގެންދަނީ އެދަރިވަރުންގެ ލޯނުގެ ކަންތައްތައް.
މިނިސްޓަރުގެ ވާހަކަފުޅުގައި ރާއްޖެއިން ބޭރުގައި ތިބި ދިވެހި ދަރިވަރުންނަށް ތަޢުލީމީ ފުރުޞަތުތައް ފަހިކޮށްދިނުމަށް ސަރުކާރުން ކުރައްވަމުން ގެންދަވާ މަސައްކަތްޕުޅުތަކުގެ މައްޗަށް އަލިއަޅުއްވާލެއްވިއެވެ. ސްކޮލަރޝިޕްތަކަށް ސަރުކާރުން 103 މިލިއަން ޑޮލަރު ކަނޑައަޅާފައިވާކަން އެކަމަނާ ފާހަގަކުރެއްވިއެވެ. މި ފައިސާ ޖަމާކުރަނީ ސީދާ ދަރިވަރުން ކިޔަވައިދޭ ޔުނިވާސިޓީތަކަށް ނުވަތަ ބޭންކުތަކަށެވެ.
ސްކޮލާޝިޕް ފަންޑުގެ އިތުރުން ކިޔެވުމާއި ދިރިއުޅުމުގެ ޚަރަދުތައް ހަމަޖެއްސުމަށް ދެ މަހުގެ ސްޓައިޕެންޑާއި ޕޮކެޓް މަނީ ވެސް ދަރިވަރުންނަށް ލިބެ އެވެ.
ޑރ މާރިޔާ ވަނީ މިނިސްޓްރީއަށް ދިމާވާ ގޮންޖެހުންތަކާއި ހާއްސަކޮށް އެއް ދަރިވަރެއްގެ ފަރާތުން ގިނަ ފަރާތްތަކަކުން ކޯލްތައް އައުމާއި ފޯމު ފުރިހަމަ ނުވުމުގެ ސަބަބުން ނުވަތަ ލިޔެކިޔުންތައް ހަމަނުވުމުން ދިމާވާ މައްސަލަތައް ފާހަގަކުރައްވާފައެވެ. އެކަމަނާ ވިދާޅުވީ ސެޕްޓެމްބަރު މަހު ޕްރޮގްރާމްތައް ފަށާ ދަރިވަރުންނަކީ މިހާރު ވެސް މިނިސްޓްރީން އެންމެ ބޮޑު އިސްކަމެއް ދޭ ދަރިވަރުން ކަމަށާއި، ކާމިޔާބު ތައުލީމީ ދަތުރަކަށް ބޭނުންވާ އެހީތެރިކަމާއި ވަސީލަތްތައް ދަރިވަރުންނަށް ލިބޭނެ ކަން ކަށަވަރު ކުރާ ކަމަށެވެ.