ދިގުމުއްދަތަށް ބޭސް ބޭނުންކުރާ ފަރާތްތަކުގެ ރަޖިސްޓްރީއެއް އެކުލަވާލުމަށް ތަމްރީން ޕްރޮގްރާމެއް ހިންގައިފި


25 ޖޫން 2025 - 16:57
ގައިންގަޔައް ނާރާ ބަލިތަކުގެ މީހުންގެ ރަޖިސްޓްރީ ޤާއިމުކޮށް އެފަދަ ބަލިތަކުގައި އުޅޭ މީހުންގެ އެންމެހާ ކަންކަން ގާތުން މޮނިޓަރ ކުރުމަށް ސިއްޙީ ޚިދުމަތްތެރިން އަހުލުވެރި ކުރުވުމުގެ ޕްރޮގްރާމެއް ށ.އަތޮޅު ހޮސްޕިޓަލްގައި ކުރިއަށް ގެންގޮސްފިއެވެ.
މި މަހުގެ 22 އަދި 23 އަށް ށ.އަތޮޅުގައި ކުރިއަށްގެންދިޔަ މި ތަމްރީން ޕްރޮގްރާމްގައި ޖުމްލަ 11 ރަށަކުން 17 ބޭފުޅުން ވަނީ ބައިވެރިވެފައެވެ.
މި ތަމްރީނު ޕްރޮގްރާމުގައި މައިގަނޑު ގޮތެއްގައި އަލިއަޅުވާލެވިފައިވާ ކަންތައްތަކުގެ ތެރޭގައި ގައިންގަޔަށް ނާރާ ބަލިތަކާއި އެހެނިހެން ގޮތުން ދިގުމުއްދަތައް ބޭސް ބޭނުންކުރާ ފަރާތްތަކުގެ ރަޖިސްޓްރީއެއް އެކުލަވާލުމުމުގެ މަސައްކަތްކުރެވުނުކަމަށް ހެލްތް މިނިސްޓްރީން މައުލޫމާތުދެއެވެ.
އަދި ގުޅުންހުރި ފަރާތްތަކާ މަޝްވަރާކުރެވި މެދު ކެނޑުމެއް ނެތި ބޭސް ލިބޭނެ އިންތިޒާމާއި ފަސޭހަކަމާއެކު ލެބޯޓްރީ ޓެސްޓް ކުރެވޭނެ އިންތިޒާމު ހަމަޖެއްސުމުގެ މަސައްކަތް ކުރިއަށް ގެންދެވުނުކަމަށް މައުލޫމާތު ލިބެއެވެ.
މީގެ އިތުރުން ކޮންމެ ހެލްތު ފެސިލިޓީއަކުން ފޯކަލް ޕޮއިންޓެއް ކަނޑައަޅާ ކޯޑިނޭޓް ކުރެވޭނެ އިންތިޒާމް ހަމަޖައްސުމުގެ މަސައްކަތް ވެސް މިޕްރޮގްރާމްގެ ތެރެއިން ކުރެވިފައިކަމަށްވެސް ވުޒާރާއިން ބުނެއެވެ.
އިތުރު ލިޔުންތައް

ކާތަކެތީގައި ބުޅާ މަސް އަދި ހުނީގައި ކޯނިޝް ޕައުޑަރު ހުރިކަމެއް ސާބިތެއް ނުވޭ: ވަޒީރު
10 މަސް ކުރިން
ރާއްޖޭގައި އެމްޕޮކްސް އަށް ޓެސްޓު ކުރެވޭ ގޮތް ހަމަޖައްސައިފި
10 މަސް ކުރިން
"މާހަރާ" ޕޯޓަލް: ބަލިމީހުންގެ ޚިޔާލާއި ޝަކުވާ މިހާރު ހުށަހެޅޭނެ
10 މަސް ކުރިން