logo
Bank of Maldives

Bank of Maldives

ޚަބަރު

ޕީޖީ ޝަމީމު ވަކިކުރަން މަޖިލީހުގެ ކޮމެޓީއިން ފާސްކޮށްފި

އަޙްމަދު ސަދޫފް މޫސާއަޙްމަދު ސަދޫފް މޫސާ
22 އޯގަސްޓު 2024 - 08:06
ޕްރޮސެކިއުޓާ ޖެނެރަލް ހުސައިން ޝަމީމް -- ފޮޓޯ/ ސަން
ޕްރޮސެކިއުޓާ ޖެނެރަލް ހުސައިން ޝަމީމް -- ފޮޓޯ/ ސަން

ޕްރޮސެކިއުޓާ ޖެނެރަލް (ޕީޖީ)ގެ މަގާމުން ހުސައިން ޝަމީމް ވަކިކުރަން މަޖިލީހުގެ ކޮމެޓީން ފާސްކޮށްފިއެވެ.

ޕީޖީގެ މަގާމުން ޝަމީމް ވަކިކުރަން ފާސްކުރީ މިއަދު އޮތް ރައްޔިތުންގެ މަޖިލީހުގެ ޖުޑިޝަރީ ކޮމެޓީއިންނެވެ. މިއަދު އޮތް އެ ކޮމެޓީއަށް ހާޒިރުވެ ޖަވާބުދާރީ ވުމުގެ ފުރުސަތު ޕީޖީއަށް ދިންއިރު، އެ ކޮމެޓީއަށް ޕީޖީ ހާޒިރުކުރީ ހުޅުދޫ ދާއިރާގެ ޕީއެންސީ މެންބަރު، މުހައްމަދު ޝާހިދު ހުށަހެޅުއްވި މައްސަލައިގައި ޖަވާބުދާރީ ވުމަށެވެ.

Ad by Hajj Corporation

Ad by Hajj Corporation

އެގޮތުން ޕީޖީ ވަކިކުރުމަށް ހުށަހެޅި މައްސަލައިގައި ހިމެނޭ މުހިންމު ކަންކަމުގެ ތެރޭގައި:

  • ކުރީގެ ޓުއަރިޒަމް މިނިސްޓަރު އަލީ ވަހީދުގެ މައްޗަށް އުފުލި ޖިންސީ ގޯނާ ކުރުމުގެ ދައުރާ އަނބުރާ ގެންނަން ނިންމުމުގެ ސަބަބުގެ ތަފްސީލް
  • ކުރީގެ ޔޫތު މިނިސްޓަރު އަހުމަދު މަހުލޫފުގެ މައްޗަށް އުފުލި ހިޔާނާތުގެ ދައުވާ އަނބުރާ ގެންނަން ނިންމި ނިންމުމުގެ ތަފްސީލް
  • ވެންޓިލޭޓަރު މައްސަލާގައި ތުހުމަތު ކުރެވޭ މީހުނަށް ދައުވާ ނުކުރަން ނިންމި ނިންމުމުގެ ތަފްސީލް
  • ސަފާރީ ރޭޕް ކޭސް މައްސަލައިގައި ދަށު ކޯޓުން ނިންމި ނިންމުން އިސްތިއުނާފު ނުކުރަން ނިންމުން
  • ޕީޖީ އޮފީހުގެ ޕްރޮސިކިއުޓަރު އަހުމަދު ޝަފީއު އެއް ޖިންސުން ގުޅުން ހިންގައި، މަސްތުވާތަކެތި ބޭނުންކޮށް، ކީރިތި ރަސޫލާއަށް ފުރައްސާރަ ކުރި ކަމަށް އަމާޒުވި ތުހުމަތުތަކާއެކު ވެސް، އެ މައްސަލަތައް ބަލަން ދެކޮޅުހެދުން

 

މި މައްސަލަތަކާއެކު، މިއަދު އޮތް ކޮމެޓީގެ ޖަލްސާގައި ޖަވާބުދާރީވުމުގެ ފުރުސަތު ޕީޖީއަށް ދިން އިރު، އެ ކޮމެޓީ މަޖިލީހުން ވަނީ ސިއްރުކޮށްފައެވެ. އެހެން ނަމަވެސް، ޕީޖީގެ މަގާމުން ޝަމީމް ވަކިކުރުމަށް ކޮމެޓީން ފާސްކުރިކަމަށް އެ ކޮމެޓީގެ މެންބަރަކު ކަށަވަރުކޮށްދެއްވައިފައިވެއެވެ.

ޕީޖީގެ މައްޗަށް ހުށަހެޅުނު މައްސަލަތަކަކީ އެއްވެސް އަސްލެއް ނެތް ތުހުމަތުތަކެއް ހިމެނޭ މައްސަލަތަކެއް ކަމުގައި މީގެ ކުރިން ޕީޖީ ބުނެފައިވެއެވެ.

Bank of Maldives

Bank of Maldives

ކޮމެންޓް

ގުޅުންހުރި ލިޔުންތައް

ޕީޖީ އާއި ޗައިނާގެ ޕްރޮސެކިއުޓޯރަލް ވަފުދާ ދެމެދު މުހިންމު މަޝްވަރާތަކެއްޚަބަރު | 22 ދުވަސް ކުރިންބަދަލުލިބެންޖެހޭ މީހުންނަށް ބަދަލު ދީފައިވާތީ ކިންގްސްއަށް ކުރާ ދަޢުވާތައް ކުރިއަށް ނުގެންދަން ނިންމައިފިޚަބަރު | 22 ދުވަސް ކުރިންދައުވާ ނުކުރަން ނިންމާ މައްސަލަތަކުގެ ލިޔުންތައް ނައްތާލުމުގެ ކުރިން ޕީޖީގެ ލަފާ ހޯދުމަށް އަންގައިފިޚަބަރު | 25 ދުވަސް ކުރިންގޭންގް ކުށްތައް ހުއްޓުވުމުގެ ޤާނޫނާއެކު އިންސާފު ޤާއިމު ކުރެވޭނެ - ޕީޖީ ޚަބަރު | 3 މަސް ކުރިން