logo
Bank of Maldives

Bank of Maldives

ޚަބަރު

ދައުވާ ނުކުރަން ނިންމާ މައްސަލަތަކުގެ ލިޔުންތައް ނައްތާލުމުގެ ކުރިން ޕީޖީގެ ލަފާ ހޯދުމަށް އަންގައިފި

އައިޝަތު ނަޝާ
26 އޮކްޓޯބަރު 2025 - 10:28
ދައުވާ ނުކުރަން ނިންމާ މައްސަލަތަކުގެ ލިޔުންތައް ނައްތާލުމުގެ ކުރިން ޕީޖީގެ ލަފާ ހޯދުމަށް އަންގައިފި

ޕްރޮސެކިއުޓަރު ޖެނެރަލްގެ އޮފީހުން ލަފާ ހޯދައިގެން ނޫނީ އެއްވެސް ޖިނާއީ މައްސަލައެއްގެ ލިޔެކިއުންތަކުގެ އަސްލު ނައްތާނުލާން ފުލުހުންނަށް މިއަދު އަންގައިފިއެވެ.

ޕްރޮސެކިއުޓަރު ޖެނެރަލްގެ އޮފީހުން މިއަދު ބުނީ، ފުލުހުންގެ ރެކޯޑު ބެލެހެއްޓުމާއި ދޫކުރުމުގައި އަމަލުކުރާނެ ގޮތުގެ ގަވާއިދުގައި، ދަޢުވާ ނުކުރެވޭނެކަމަށް އެ އޮފީހުން ނިންމާ މައްސަލަތަކުގެ ލިޔެކިއުންތައް، އެ ނިންމުން ނިންމާ ތާރީޚުން ފެށިގެން އެއް އަހަރުގެ ތެރޭ ނައްތާލެވޭނެ ހާލަތްތައް ބަޔާންކޮށްފައި އޮންނާނެ ކަމަށެވެ. އެހެންކަމުން މި އިރުޝާދު އެކުލަވާލައި ފުލުހުންނާ ހިއްސާކުރެވެންދެން، ޕްރޮސެކިއުޓަރު ޖެނެރަލްގެ އޮފީހުގެ ލަފާ ލިއުމުން ނުހޯދާ އެއްވެސް ޖިނާއީ މައްސަލައެއްގެ ލިޔެކިއުންތަކުގެ އަސްލު ނައްތާނުލުމަށް ފުލުހުންނަށް އަންގާފައިވާނެ ކަމަށް، އެ އޮފީހުން މައުލޫމާތު ދެއެވެ.

Ad by Hajj Corporation

Ad by Hajj Corporation

ފުލުހުންގެ ރެކޯޑު ބެލެހެއްޓުމާއި ދޫކުރުމުގައި އަމަލުކުރާނެ ގޮތުގެ ގަވާއިދުގައިވާ ގޮތުން، ޖިނާއީ ބޮޑެތި ކުށް ހިމެނޭ މައްސަލަތަކުގައި އަށް އަހަރު ދުވަހަށް، އަދި އެނޫން މައްސަލަތަކުގެ ލިޔެކިއުންތައް މަދުވެގެން ތިން އަހަރު ބަހައްޓަންޖެހޭނެއެވެ.

ނަމަވެސް ޖިނާއީ މައްސަލަތަކުގެ ތަހުގީގު ނިމި ދައުވާ އުފުލޭ މިންވަރަށް ހެކި ނެތް ނަމަ ނުވަތަ ނެތްކަމަށް ޕްރޮސެކިއުޓަރު ޖެނެރަލްގެ އޮފީހުން ނިންމައިފިނަމަ، އަހަރު ދުވަހުގެތެރޭ ލިޔެކިއުންތައް ނައްތާލެވޭނެ ކަމަށް ބަޔާންކޮށް، މިދިޔަ ހަފުތާގެ އަންގާރަ ދުވަހު ގަވައިދު ވަނީ އިސްލާހުކޮށްފައެވެ.

Bank of Maldives

Bank of Maldives

ކޮމެންޓް

ގުޅުންހުރި ލިޔުންތައް

ދައުވާ ނުކުރަން ނިންމާ މައްސަލަތަކުގެ ލިޔުންތައް ނައްތާލުމުގެ ކުރިން ޕީޖީގެ ލަފާ ހޯދުމަށް އަންގައިފިޚަބަރު | 4 ގަޑިއިރު ކުރިންގޭންގް ކުށްތައް ހުއްޓުވުމުގެ ޤާނޫނާއެކު އިންސާފު ޤާއިމު ކުރެވޭނެ - ޕީޖީ ޚަބަރު | 2 މަސް ކުރިންފެނަކައިގެ ކުރީގެ އެމްޑީ ސައީދުގެ މައްޗަށް ދައުވާ އުފުލައިފިޚަބަރު | 3 މަސް ކުރިންފުލުހަކު މަޑުކުރަން ބުނުމުން ގަދަހަދާފަ ދިޔަ މީހަކު 33،000 ރުފިޔާ އިން ޖުރިމަނާކޮށްފި ޚަބަރު | 4 މަސް ކުރިން