logo
MPL

MPL

ޚަބަރު

ތިނަދޫ މޭޔަަރާއި ކުރީގެ ބައެއް ކައުންސިލަރުންނަށް ދައުވާކުރަނީ

އަޙުމަދު ރަމީޒު
20 ސެޕްޓެމްބަރު 2026 - 09:49
ގދ. ތިނަދޫ ސިޓީ
ގދ. ތިނަދޫ ސިޓީ

ގަވައިދާ ހިލާފަށް ބިމެއް ދިން މައްސަލައިގައި ގދ. ތިނަދޫ ކައުންސިލްގައި ނިމިދިޔަ ދައުރުގައި ތިބި ބައެއް ކައުންސިލަރުންނަށް ދައުވާކޮށްދިނުމަށް ޕީޖީ އޮފީހަށް ހުށަހެޅުމަށް އޭސީސީން ނިންމައިފި އެވެ.

އޭސީސީން ބުނީ ކައްކާ ގޭހުގެ ވިޔަފާރި ކުރުމަށް ތިނަދޫއިން ބިމެއް ހޯދުމަށް އަމިއްލަ ކުންފުންޏަކުން އެދުމުން، "ދިރިއުޅުމުގެ ބޭނުމަށް ނޫން އެހެނިހެން ބޭނުންތަކަށް ބިން ދޫކުރުމުގެ ގަވާއިދު"ގައިވާ ގޮތާ ހިލާފަށް އެ ކުންފުންޏަށް ބިން ދީފައިވާ ކަމަށެވެ.

ގަވައިދުގައިވާ ގޮތުން ބީލަމަށް ހުޅުވާނުލައި ސިނާއީ އަދި ވިޔަފާރީގެ ބޭނުމަށް ބިން ދޫކުރުމަކީ މަނާ ކަމެކެވެ.

އޭސީސީން ބުނީ ތިނަދޫ ކައުންސިލްގެ ހަތަރުވަނަ ދައުރުގެ 111 ވަނަ ރަސްމީ ބައްދަލުވުމުގައި އެ ކުންފުންޏަށް ބިމެއް ދޫކުރަން ނިންމީ އޭރު ކައުންސިލަރުންގެ ގޮތުގައި ތިބި އާމިނަތު ނަސީމާއާއި، އަހުމީމާ އަހްމަދުގެ އިތުރުން އައިޝަތު ލިއުޝާ ޒުބައިރުގެ ތާއީދާ އެކު ކަމަށެވެ.

އެއީ ގަވައިދާ ހިލާފަށް އެކުންފުންޏަށް ނާޖާއިޒު ފައިދާ ހޯދައި ދިނުމަށް ކޮށްފައިވާ ކަމެއް ކަމަށް އޭސީސީން ދެކެ އެވެ.

އޭސީސީން ބުނީ ނޮވެންބަރު 1، 2023 ގައި އެ ކުންފުންޏާ އެކު ވެވުނު އެއްބަސްވުމުގައި ކައުންސިލްގެ ފަރާތުން ސޮއިކުރައްވާފައިވަނީ މޭޔަރު ސައުދު އަލީ ކަމަށެވެ. ގަވާއިދާ ޚިލާފަށް އެއް ބިން ދޫކުރަން ނިންމި ނިންމުގެ އިތުރަށް 2000 އަކަފޫޓުގެ އިތުރު ތިން ބިން އެ ކުންފުންޏަށް ގަވައިދާ ހިލާފަށް ނާޖާއިޒު ގޮތުގައި ދޫކޮށްފައިވާ ކަމަށްވެސް އޭސީސީން ބުންޏެވެ.

މި މައްސަލައިގައި ކައުންސިލަރުންނަށް ދައުވާކޮށްދިނުމަށް އެދި ޕީޖީ އޮފީހަށް ފޮނުވުމަށް ނިންމާފައިވަނީ މިމަހުގެ 10 ވަނަ ދުވަހު އެވެ.

ތިނަދޫ ކައުންސިލަރުންގެ މައްޗަށް ދައުވާކޮށްދިނުމަށް އެދެން ނިންމާފައިވަނީ ރަސްމީ ހައިސިއްޔަތު ނަހަމަ ގޮތުގައި ބޭނުންކުރުމުގެ ކުށުގެ ދައުވާ އެވެ.

Ad by Hajj Corporation

Ad by Hajj Corporation

Ad by Hajj Corporation

Ad by Hajj Corporation

ކޮމެންޓް

ގުޅުންހުރި ލިޔުންތައް

އޭސީސީގެ އިންވެސްޓިގޭޓަރުން މަދުވުމުގެ މައްސަލަ ޙައްލުކުރަން ޑިޕްލޮމާ ކޯހެއް ފަށަނީޚަބަރު | 22 މިނިޓު ކުރިންތިނަދޫގައި ހަރަކާތްތެރިވާ ޑްރަގު ނެޓްވޯކެއް އަތުލައިގެންފިޚަބަރު | 4 ދުވަސް ކުރިންޔާމީންގެ އެކައުންޓެއްގައި 458 މިލިއަން ރުފިޔާ؟ ކިހިނެއް ހޯދި ފައިސާއެއް؟!ރިޕޯޓް | 22 ދުވަސް ކުރިންއެމްއެމްޕީއާރުސީ މައްސަލަ: މޮންޓިލިއަން އިންޓަރނޭޝަނަލްއަށް ދައުވާކުރަނީޚަބަރު | މަހެއް ކުރިން