logo
MPL

MPL

ރިޕޯޓް

ޔާމީންގެ އެކައުންޓެއްގައި 458 މިލިއަން ރުފިޔާ؟ ކިހިނެއް ހޯދި ފައިސާއެއް؟!

އަޙުމަދު ރަމީޒު
14 އޮކްޓޯބަރު 2026 - 04:19
ކުރީގެ ރައީސް އަބްދުﷲ ޔާމީން
ކުރީގެ ރައީސް އަބްދުﷲ ޔާމީން

ކޮރަޕްޝަނާއި ހިޔާނާތާއި ފަސާދައިގެ ބޮޑެތި ތުހުމަތުތަކަކީ ހ. ދޫވެހި، އަބްދުﷲ ޔާމީންގެ މައްޗަށް އަބަދުވެސް ކުރެވޭ ތުހުމަތުތަކެކެވެ. ޔާމީންގެ މައްޗަށް ކުރެވޭ މިފަދަ ބޮޑެތި ތުހުމަތަކީ ރާއްޖޭގެ ތަހުގީގީ އިދާރާތަކުން ތަހުގީގުކޮށް ބަލާފައިވާ މައްސަލަތަކެކެވެ. ބައެއް މައްސަލަތައް ޝަރުއީ ދާއިރާގެ ތެރެއިން ސާބިތުވެފައި ނެތް ނަމަވެސް ޔާމީންގެ މައްޗަށް ކުރެވޭ ބޮޑެތި ތުހުމަތުތަކަށް ބާރުދޭ އެތައް ހެއްކެއް ތަހުގީގީ އިދާރާތަކުން ހޯދާފައި އެބަހުއްޓެވެ.

ދިވެހި ތާރީހުގައި ހިންގާފައިވާ އެންމެ ބޮޑު ހިޔާނާތަކީ ޔާމީންގެ ވެރިކަމުގައި ހިންގާފައިވާ އެމްއެމްޕީއާރްސީގެ ހިޔާނާތެވެ. ދިވެހި ދައުލަތުގެ ހަޒާނާއަށް ލިބެންޖެހޭ ހަތަރު ބިލިއަނަށް ވުރެ ގިނަ ރުފިޔާ އެމްއެމްޕީއާރްސީގެ ހިޔާނާތުގެ ތެރެއިން ޔާމީނާއި އޭނާގެ އަރިސް މީހުންނަށް ބަހާލާފައިވެއެވެ.

Ad by Hajj Corporation

Ad by Hajj Corporation

ޔާމީންގެ ނަމުގައި ރާއްޖޭގެ ބޭންކެއްގައި ހުޅުވާފައިވާ އެކައުންޓަކަށް އެމްއެމްޕީއާރްސީގެ ހިޔާނާތުގެ ކަޅު ފައިސާގެ ތެރެއިން އެއް މިލިއަން ޑޮލަރު ޖަމާކޮށްފައިވާ ކަމަށް ތަހުގީގީ އިދާރާތަކުން ކަށަވަރުކޮށްދީފައިވެ އެވެ. އަދި އެ މައްސަލައިގައި ޔާމީންގެ މައްޗަށް ދައުލަތުން ކުރި ދައުވާތަކެއް ކޯޓުތަކުގައި މިހާރުވެސް ހިނގަމުން އެބަދެ އެވެ.

ހަލާލު ނޫން ފައިސާ ޔާމީންގެ ގެއަށް ވަދެފައިވާ ކަމަށް ޕޯޑިއަމެއްގައި އޭނާ އަމިއްލައަށްވެސް އިއުތުރާފްވެފައިވެ އެވެ. ފަހުން އެ ވާހަކަ ދޮގުކުރަން އުޅުނު ނަމަވެސް އޭރު އޮތީ ވާނެހާ އެއްޗެއްވެ، މުޅި މީހާ ބޭޒާރުވެ، ފަލީހަތްވެފައެވެ. ޔާމީންގެ ގެއަށް ވަދެފައިވާ ހަލާލު ނޫން ފައިސާއަކީ އެމްއެމްޕީއާރްސީގެ ހިޔާނާތުގެ ތެރެއިން ހޯދި ފައިސާކަން ތަހުގީގީ ހޯދުންތަކުން ހާމަވެ އެވެ. ޔާމީންގެ ގެއަށް ގިނަ އަދަދެއްގެ ނަގުދު ފައިސާ ވައްދައި، އެ ގޭ ތެރޭގައި ފައިސާ މާރުކުރި ކަމަށް ޔާމީންގެ ދިފާއުގައި ކޯޓުގައި ހެކިބަސް ދިން ހެކިވެރިޔަކުވެސް ބުނެފައިވެ އެވެ.

ޔާމީނަކީ ހިޔާނާތާއި ފަސާދައިން ފޯވެފައިވާ މީހެއްކަން އޭނާއާ ދެކޮޅަށް ކޯޓުތަކުގައި ހިނގަމުންދާ ޝަރީއަތްތަކުން އެކަނިވެސް އެނގި ހާމަވެއެވެ. އެމްއެމްޕީއާރްސީގެ މާސީންގާ ބޮޑު ހިޔާނަތް ހިންގީ ސީދާ ޔާމީންގެ އިރުޝާދުގެ ދަށުން، އޭނާގެ ފުރިހަމަ ބައިވެރިވުމާއެކު ކަމަށް ދިވެހި ދައުލަތުގެ ވަކީލުން ޝަރީއަތުގެ މަޖިލީހުގައިވެސް ވިދާޅުވެފައިވެ އެވެ. މިވަރުގެ ބޮޑު ހިޔާނާތްތެރިޔަކު އެހެން މީހުންނަށް ވަގަށް ގޮވުމާއި ފުރައްސާރަކުރުމަކީ ތިމާގެ ކިބައިގައި ލަދެއް ހަޔާތެއް ނެތްކަން އަންގައިދޭ ހެއްކެކެވެ.

ޔާމީން ކަހަލަ އެއްވެސް ވިޔަފާރިއެއް ނުކުރާ ކަމަށް ބުނާ މީހެއްގެ ބޭންކް އެކައުންޓެއްގައި، މިހާރުވެސް 458 މިލިއަނަށް ވުރެ ގިނަ ރުފިޔާ ހުރިއިރު، އެއީ ކިހިނެއް ހޯދި ފައިސާއެއްކަން ޔާމީން ސާބިތުކޮށްދޭންޖެހެ އެވެ.

ކުރީގެ ރައީސަކަށް ވުމަކީ ޔާމީން ބޭނުންހާ ވައްކަމެއްކޮށް އޭނާ ބޭނުންވާހާ ބަޔަކަށް ވަގަށް ގޮވުމަށް ދެވޭނެ ފުރުސަތެއް ނޫނެވެ. ޔާމީންގެ ވެރިކަމުގައި ހިންގާފައިވާ ހިޔާނާތުގެ ތެރެއިން ދައުލަތުން ގެއްލުވާލި ފައިސާ ހޯދުމުގެ މަސައްކަތް ސަރުކާރުން ފެށުމަކީ ޔާމީން ނުހަނު ޖެހިލުންވެ ކަންބޮޑުވާނެ މައްސަލައެކެވެ. ސަބަބަކީ ހިޔާނާތުގެ ތެރެއިން ނުހައްގުން ޔާމީން ހޯދި ކަމަށް ތަހުގީގިީ އިދާރާތަކުން ދެކޭ ފައިސާއާއި މުދާ ދައުލަތަށް ނެގުމުގެ ބިރު އޮތުމެވެ.

ސިހުރު ހާހޫރާއާއި ތާސްކުޅުމަށް މަސްތުވެފައިވާ ޔާމީނަކީ ފަސާދާއާއި ބޭއިންސާފުގައި އަރާހުރި އެތައް ބައެއްގެ އަނިޔާވެރިއެކެވެ. ދިވެހި ދައުލަތުގެ ކުރިމަތީގައި ވައްކަމާއި ހިޔާނާތަށް ފެންބޮވައިގެންފައިވާ މުޖުރިމެކެވެ. އެހެންކަމުން އެހެން މީހުންނަށް ވަގަށް ގޮވައި ހަޖޫޖަހާނީ ޔާމީންގެ ފަސްބައި ސާފުކޮށް ޝަރީއަތުގެ ކުރިމަތީގައި ކުށެއް ނެތްކަން ސާބިތުކޮށްދިނުމަށްފަހު އެވެ.

Ad by Regional Airports

Ad by Regional Airports

ކޮމެންޓް

ގުޅުންހުރި ލިޔުންތައް

ޔާމީންގެ އެކައުންޓެއްގައި 458 މިލިއަން ރުފިޔާ؟ ކިހިނެއް ހޯދި ފައިސާއެއް؟!ރިޕޯޓް | 2 ގަޑިއިރު ކުރިންފައްޔާޒަށް ކުރާ ހިޔާނާތުގެ ބޮޑެތި ތުހުމަތުތަކަށް ޖަވާބެއް ބޭނުންވޭރިޕޯޓް | 13 ދުވަސް ކުރިންތިނަދޫ މޭޔަަރާއި ކުރީގެ ބައެއް ކައުންސިލަރުންނަށް ދައުވާކުރަނީޚަބަރު | 24 ދުވަސް ކުރިންއާޒިމާއި ސައިފްގެ ކޯޅުން: ނުއަގުގައި ބިންތައް ދޫކުރާކަމުގެ ތުހުމަތު އާޒިމްގެ މައްޗަށް ޚަބަރު | އަހަރެއް ކުރިން