logo
MPL

MPL

ޚަބަރު

އެމްއެމްޕީއާރުސީ މައްސަލަ: މޮންޓިލިއަން އިންޓަރނޭޝަނަލްއަށް ދައުވާކުރަނީ

އައިޝަތު އިނާޝާ
5 އޮކްޓޯބަރު 2026 - 12:57
އެމްއެމްޕީއާރުސީ މައްސަލަ: މޮންޓިލިއަން އިންޓަރނޭޝަނަލްއަށް ދައުވާކުރަނީ

މޮންޓިލިއަން އިންޓަނޭޝަނަލް ޕްރައިވެޓް ލިމިޓެޑްގެ މައްޗަށް މަނީ ލޯންޑްރިންގ ކުށުގެ ދައުވާ ކޮށްދިނުމަށް އެދި ޕްރޮސިކިއުޓަރ ޖެނެރަލްގެ އޮފީހަށް ފޮނުވުމަށް އެންޓި ކޮރަޕްޝަން ކޮމިޝަން(އޭސީސީ)  ނިންމައިފިއެވެ.

މިމައްސަލައިގެ ތަހުގީގު ކުރިއަށްގެންދަނީ އޭސީސީ އާއި ދިވެހި ފުލުހުން ގުޅިގެންނެވެ.

Ad by Hajj Corporation

Ad by Hajj Corporation

އޭސީސީ އިން ބުނިގޮތުގައި މި މައްސަލައިގެ ތަހުގީގަށް ފާހަގަކުރެވިފައިވާ ގޮތުގައި، އެމްއެމްޕީއާރްސީގެ ހިޔާނާތުގެ ފައިސާގެ ތެރެއިން ގިނަ ޢަދަދެއްގެ ފައިސާ އެސްއޯއެފް ޕްރައިވެޓް ލިމިޓެޑްގެ ނަމުގައި ބޭންކް އޮފް މޯލްޑިވްސްގައި ހުޅުވާފައިވާ ޑޮލަރު އެކައުންޓުގެ ދެ ޗެކަކުން، ހ. ސާމަރާ، އަޙްމަދު އަދީބު ޢަބްދުލްޣަފޫރު މެދުވެރިކޮށް މޮންޓިލިއަން އިންޓަނޭޝަނަލް ޕްރައިވެޓް ލިމިޓެޑްގެ އެކައުންޓަށް ޖަމާކޮށްފައިވެއެވެ.

އަދި އެ ފައިސާއަކީ ކުށްކޮށްގެން ހޯދާފައިވާ ފައިސާކަމަށް އެދުވަސްވަރު މޮންޓިލިއަން އިންޓަނޭޝަނަލް ޕްރައިވެޓް ލިމިޓެޑް ހިންގުމުގައި އިސްކޮށް އުޅުނު ފަރާތަށް ޝައްކުކުރެވޭނެ ހާލަތެއް އޮއްވައި، އެ ފައިސާ މޮންޓިލިއަންގެ އެކައުންޓަށް ޖަމާކޮށް އެ ފައިސާ ބޭނުންކޮށްފައިވާކަން ވެސް ތަޙުޤީޤަށް ވަނީ ފާހަގަކުރެވުނު ކަމަށެވެ.

މިމައްސަލައިގައި ދައުވާ ކޮށްދިނުމަށް އެދި ފޮނުވާފައިވަނީ މަނީލޯންޑްރިންގ އަދި ޓެރަރިޒަމަށް ފައިނޭންސްކުރުން ހުއްޓުވުމުގެ ޤާނޫނު ގެ 53 ވަނަ މާއްދާއާއި އެ ޤާނޫނުގެ 58 ވަނަ މާއްދާގެ ދަށުންނެވެ. އަދި އެސްއޯއެފްގެ ދެ ޗެކަކުން މޮންޓިލިއަންއަށް ޖަމާކޮށްފައިވާ 150,000.00 ޑޮލަރު (އެއްލައްކަ ފަންސާސް ހާސް އެމެރިކާ ޑޮލަރު) އަނބުރާ ހޯދުމަށް އެމްއެމްޕީއާރްސީއަށް އެންގުމަށް ކޮމިޝަނުން ވާނީ ނިންމާވައިވާ ކަމަށް އޭސީސީން ވަނީ ބުނެފައެވެ.

Ad by Regional Airports

Ad by Regional Airports

ކޮމެންޓް

ގުޅުންހުރި ލިޔުންތައް

އެމްއެމްޕީއާރުސީ މައްސަލަ: މޮންޓިލިއަން އިންޓަރނޭޝަނަލްއަށް ދައުވާކުރަނީޚަބަރު | ގަޑިއިރެއް ކުރިންތިނަދޫ މޭޔަަރާއި ކުރީގެ ބައެއް ކައުންސިލަރުންނަށް ދައުވާކުރަނީޚަބަރު | 15 ދުވަސް ކުރިންކޮރަޕްޝަން ހުއްޓުވަން އޭސީސީއާއި ސްޓެލްކޯއާ ދެމެދު ފަހުމުނާމާއެއްގައި ސޮއިކޮށްފިޚަބަރު | 2 މަސް ކުރިންއެމް.އެމް.ޕީ.އާރު.ސީގެ ހިޔާނާތުގެ މައްސަލައިގައި އެމް.އެޗް.އާރު ކުންފުންޏަށް ދަޢުވާކުރަން ޕީޖީއަށްޚަބަރު | 2 މަސް ކުރިން