logo
ސަފާރީއެއްގައި އަލިފާން ރޯވެގެން ސިފައިން ހަރަކާތްތެރިވަނީBank of Maldives

Bank of Maldives

ޚަބަރު

ލަގެޖު ފޮއްޓެއްގެ ތެރެއިން ކުއްޖެއްގެ ހަށިގަނޑު ފެނުނު މައްސަލައިގައި ދައުވާކުރި ކުއްޖާއަށް ހުކުމްކޮށްފި

ޢައްފާން މުޙައްމަދު
25 ޑިސެމްބަރު 2025 - 05:49
ލަގެޖު ފޮއްޓެއްގެ ތެރެއިން ކުއްޖެއްގެ ހަށިގަނޑު ފެނުނު މައްސަލައިގައި ދައުވާކުރި ކުއްޖާއަށް ހުކުމްކޮށްފި

މަރާލުމަށްފަހު ހުޅުމާލޭ ފޭސް 2ގެ މޫދަށް އެއްލާލާފައި އޮއްވައި ލަގެޖު ފޮއްޓެއްގެ ތެރެއިން ފެނުނު 13 އަހަރުގެ ކުއްޖާގެ މަރުގެ މައްސަލައިގައި ، ކުއްޖާ މަރާލިކަމަށް ތުހުމަތުކުރެވުނު 17 އަހަރުގެ ކުޑަކުއްޖެއްގެ މައްޗަށް ޕީޖީ އޮފީހުން ކުރި ދައުވާތައް ސާބިތުވާކަމަށް ހުކުމްކޮށްފިއެވެ.

މި މައްސަލަ ފެންމަތިވެފައި ވަނީ 2021 ވަނަ އަހަރުގެ ޖޫން މަހުގެ 22 ވަނަ ދުވަހުއެވެ.

Ad by Hajj Corporation

Ad by Hajj Corporation

13 އަހަރުގެ މި ކުއްޖާ ރަހީނުކޮށްގެން އުޅޭކަމުގެ ރިޕޯޓު ފުލުހުންނަށް ހުށަހެޅުމާ ގުޅިގެން އެ ކުއްޖާ ހޯދަމުންދަނިކޮށް ފެނުނީ އެ އަހަރުގެ ޖޫންމަހުގެ 21ވަނަ ދުވަހުގެ ރޭ ދަންވަރު 02:38 ހާއިރެވެ. ކުއްޖާ ފެނުނީ މަރާލުމަށްފަހު އެއްލާލާފައި އޮއްވައި ހުޅުމާލޭ ދެވަނަ ފިޔަވަހީގެ މޫދާ ދިމާލުންނެނެވެ. މިކުއްޖާ މޫދަށް އެއްލާލާފައި އޮތީ މަރާލުމަށްފަހު ފޮއްޓަކަށްލާފައެވެ.

މި މައްސަލައިގައި ދައުވާކުރި 17 އަހަރުގެ ކުއްޖާގެ މައްޗަށް ތިން ދައުވާއެއް ކޮށްފައިވާއިރު އެ ތިން ދައުވާ އަކީ ގަސްތުގައި މީހަކު މެރުމުގެ ކުށުގެ ދައުވާ، ހުއްދަ ނޫން ގޮތުގައި މީހަކު ހިފެހެއްޓުމުގެ ކުށުގެ ދައުވާ ގެ އިތުރުން މައްޔިތާގެ ބޭނުން ނަހަމަ ގޮތުގައި ކުރުމުގެ ކުށުގެ ދައުވާއެވެ.

ޕީޖީ އޮފީހުން ބުނީ، ޖުވެނައިލް ކޯޓުން ބެލި މި މައްސަލައިގައި އެ ކުއްޖާގެ މައްޗަށް ތިން ދައުވާވެސް ސާބިތުވެ، އެ ތިން ދައުވާއަށް ވެސް މި މަހުގެ 23 ވަނަ ދުވަހު ހުކުމްކޮށްފައިވާ ކަމަށެވެ.

އެގޮތުން ޤަޞްދުގައި މީހަކު މެރުމުގެ ކުށުގެ އަދަބެއްގެ ގޮތުން 16 އަހަރާ 10 މަހާއި 7 ދުވަހަށް ކުޑަކުދިންގެ ކަރެކްޝަނަލް މަރުކަޒެއްގައި ބަންދުކުރުމަށް އަމުރުކޮށް، ޙުކުމްކުރުމުގެ ކުރިން ބަންދުގައި ހޭދަކުރި 4 އަހަރާއި 6 މަހާއި 2 ދުވަސް އުނިކުރުމުން ތަންފީޛުކުރަންޖެހޭ މުއްދަތަކީ 12 އަހަރާ 4 މަހާއި 5 ދުވަސް ކަމުގައި ކަނޑައަޅައި ކައްފާރާއެއްގެ ގޮތުން ވިދިވިދިގެން 2 މަސް ދުވަހު ރޯދަ ހިފުމަށް ވަނީ އަމުރުކޮށްފައެވެ.

އަދި ހުއްދަނޫން ގޮތުގައި މީހަކު ހިފެހެއްޓުމުގެ ކުށުގެ އަދަބެއްގެ ގޮތުން 11 މަހާއި 9 ދުވަހަށް ޖުވެނައިލް ޑިޓެންޝަން ސެންޓަރެއްގައި ބަންދުކުރުމަށް އަމުރުކޮށްފައިވާއިރު މައްޔިތާގެ ބޭނުން ނަހަމަ ގޮތުގައި ކުރުމުގެ ކުށުގެ އަދަބެއްގެ ގޮތުން 18 ދުވަހަށް ޖުވެނައިލް ޑިޓެންޝަން ސެންޓަރެއްގައި ބަންދުކުރުމަށް ވަނީ އަމުރުކޮށްފައެވެ.

މި މައްސަލައިގައި ހިމެނޭ ނ. ލަންދޫ، ބަގީޗާގޭ އިބްރާހީމް ޒިހާންގެ ބައި ކުރިއަށް ދަނީ ކްރިމިނަލް ކޯޓުގައެވެ. ޕީޖީ އޮފީހުން ބުނީ، އެ މައްސަލައިގައި ދެން ދައުވާކޮށްފައިވާ ޒިހާނުގެ ބައި އަދިވެސް އޮތީ ކްރިމިނަލް ކޯޓުގައި ކަމަށާއި އެ މައްސަލަ އޮތީ ހެކިބަސް ނެގުމުގެ މަރުޙަލާގައި ކަމަށެވެ.

13 އަހަރުގެ ކުއްޖާ މަރާލާފައި އެއްލާލާފައި އޮތީ އެ ކުއްޖާގެ މޫނު ވަކިނުކުރެވޭވަރުކުރުމަށް މޫނު ވަރަށް ބޮޑަށް ޒަހަމްކޮށްލުމަށް ފަހުއެވެ. އަދި އެކުއްޖާއަށް އަނިޔާކޮށްފައިވާކަމުގެ ނިޝާންތައް ފެންނަން ހުރިކަމަށްވެސް އެެނގިފައިވެއެވެ.

Bank of Maldives

Bank of Maldives

ކޮމެންޓް

ގުޅުންހުރި ލިޔުންތައް

ލަގެޖު ފޮއްޓެއްގެ ތެރެއިން ކުއްޖެއްގެ ހަށިގަނޑު ފެނުނު މައްސަލައިގައި ދައުވާކުރި ކުއްޖާއަށް ހުކުމްކޮށްފިޚަބަރު | 3 ގަޑިއިރު ކުރިންކުށް ސާބިތުކުރެވޭ މިންވަރަށް ހެކި ނުލިބޭ، ފަޒުލްއާ ދެކޮޅަށް ދައުވާނުކުރަން ޕީޖީން ނިންމައިފިޚަބަރު | 17 ދުވަސް ކުރިން ސަނީ އުމަރު ޝަރީޢަތް ނިމެންދެން ބަންދުކުރުމުގެ އަމުރަކަށް އެދެނީ ޚަބަރު | 22 ދުވަސް ކުރިންޕީޖީ އާއި ޗައިނާގެ ޕްރޮސެކިއުޓޯރަލް ވަފުދާ ދެމެދު މުހިންމު މަޝްވަރާތަކެއްޚަބަރު | 2 މަސް ކުރިން