logo
MPL

MPL

ޚަބަރު

އައްޑޫ ހޮސްޕިޓަލަށް އަގު ބޮޑުކޮށް ތަކެތި ގަތުމުން މުވައްޒަފުންތަކަކަށް ދައުވާކުރަނީ

އަޙުމަދު ރަމީޒު
10 ނޮވެމްބަރު 2026 - 16:22
އައްޑޫ ހޮސްޕިޓަލަށް އަގު ބޮޑުކޮށް ތަކެތި ގަތުމުން މުވައްޒަފުންތަކަކަށް ދައުވާކުރަނީ

ލެބޯޓަރީ ކޮންޒިއުމެބަލް އައިޓަމެއް ކަމަށްވާ މައިކްރޯޕިޕެޓް ޓިޕްތަކެއް މާކެޓުގައި ލިބެންހުރި އަގަށްވުރެ ބޮޑު އަގުގައި ހޯދާފައިވާ މައްސަލައިގައި، އައްޑޫ އެކުއެޓޯރިއަލް ހޮސްޕިޓަލް (އޭއީއެޗް)ގެ 4 މުވައްޒަފެއްގެ މައްޗަށް ދައުވާކޮށްދިނުމަށް އެދި ޕްރޮސެކިއުޓާ ޖެނެރަލްގެ އޮފީހަށް ފޮނުވުމަށް އެންޓި-ކޮރަޕްޝަން ކޮމިޝަން (އޭސީސީ) އިން މިއަދު ނިންމައިފި އެވެ.

މި މައްސަލައިގައި ދައުވާކޮށްދިނުމަށް އެދި ފޮނުވަން ނިންމާފައިވަނީ އެ ހޮސްޕިޓަލްގެ ޕްރޮކިއުމަންޓް ޑިޕާޓްމަންޓް ހިންގުމާ ހަވާލުވެހުރި ސ. ހިތަދޫ، ފިޔަނޫމާގެ، މުހައްމަދު ސާއިން އަހްމަދުގެ މައްޗަށާއި، އެ ތަކެތި ހޯދުމަށް ނިންމި ބިޑް ކޮމިޓީގެ ޖަލްސާގައި ބައިވެރިވި 3 މެންބަރެއްގެ މައްޗަށެވެ. އެ ތިން މެންބަރުންނަކީ  ބިޑު ކޮމިޓީގެ ޗެއާޕާސަނަކަށް ހުންނެވި ސ. ހިތަދޫ، އެވެރެސްޓް އަޒީމް ލަތީފާއި، ބިޑް ކޮމިޓީގެ މެންބަރުން ކަމަށްވާ ސ. ހިތަދޫ، ތައުރުއްގެ، އަބްދުﷲ ވަހީދުގެ އިތުރުން ސ. ހިތަދޫ، ހަންހާރުގެ، ޑރ. ފާތިމަތު އަމާނީ ނަސީރު އެވެ.

Ad by Hajj Corporation

Ad by Hajj Corporation

އޭސީސީ އިން ބުނީ މި މައްސަލައަކީ އައްޑޫ އެކުއެޓޯރިއަލް ހޮސްޕިޓަލާއި އެ ހޮސްޕިޓަލުގެ ދަށުން ހިންގާ ހެލްތު ސެންޓަރުތަކަށް 4 މަސްދުވަހަށް ބޭނުންވާ ލެބޯޓަރީ ކޮންޒިއުމެބަލްސް ހޯދުމަށް އެ ހޮސްޕިޓަލުން 2025 ވަނަ އަހަރު ކުރި އިއުލާނަކާ ގުޅިގެން ފެންމަތިވެފައިވާ މައްސަލައެކެވެ. އެ އިއުލާނުގައި ހިމެނޭ ތަކެތީގެ ތެރެއިން 40,000 މައިކްރޯޕިޕެޓް ޓިޕް ހޯދުމަށް އިއުލާނުކުރުމުން ބީލަން ހުށަހަޅާފައިވަނީ އެންމެ ފަރާތަކުން ކަމަށް އޭސސީން ފާހަގަކޮށްފައިވެ އެވެ. އަދި އެ ފަރާތުން ހުށަހެޅި އަގަކީ އެކަށީގެންވާ އަގެއްތޯ ބެލުމެއްނެތި، ދައުލަތުގެ މާލިއްޔަތުގެ ގަވާއިދާ ހިލާފަށް އެ ތަކެތި ހޯދާފައިވާކަން އޭސީސީގެ ތަހުގީގަށް ފާހަގަކުރެވިފައިވާ ކަމަށްވެސް ބުންޏެވެ.

އައްޑޫ އެކުއެޓޯރިއަލް ހޮސްޕިޓަލްގެ ހަތަރު މުވައްޒަފުންގެ މައްޗަށް އޭސީސީއިން އެދިފައިވަނީ ރަސްމީ ހައިސިއްޔަތު ނަހަމަ ގޮތުގައި ބޭނުންކުރުމުގެ ކުށުގެ ދައުވާ ކުރުމަށެވެ. މީގެއިތުރުން ދައުލަތަށް ފައިދާއެއް ލިބެން އޮތް ކަމެއްގައި އެނޫން ގޮތަކަށް އަމަލުކުރުމުގެ ކުށުގެ ދައުވާވެސް އެ މީހުންގެ މައްޗަށް ކޮށްދިނުމަށް އޭސީސީން އެދިފައިވެ އެވެ.

އޭސީސީން ބުނީ ދައުލަތަށް ގެއްލުންވާ ފައިސާގެ އަދަދު ހިސާބުކުރުމަށާއި މި މައްސަލައިގައި ދައުލަތަށް ފައިދާވާން އޮތް ޗކަމެއްގައި އެނޫން ގޮތަކަށް އަމަލުކުރި އައްޑޫ އެކުއެޓޯރިއަލް ހޮސްޕިޓަލްގެ މުވައްޒަފުންގެ އިދާރީ މައްސަލަ ބަލައި، އެ ފަރާތްތަކުން އަނބުރާ ހޯދަންޖެހޭ އަދަދުތައް ކަނޑައަޅައި އެ ފައިސާ ދައުލަތަށް އަނބުރާ ހޯދުމަށް އެންގުމަށްވެސް ނިންމާފައިވާ ކަމަށެވެ.

Ad by Hajj Corporation

Ad by Hajj Corporation

ކޮމެންޓް

ގުޅުންހުރި ލިޔުންތައް

އައްޑޫ ހޮސްޕިޓަލަށް އަގު ބޮޑުކޮށް ތަކެތި ގަތުމުން މުވައްޒަފުންތަކަކަށް ދައުވާކުރަނީޚަބަރު | 35 މިނިޓު ކުރިންއޭސީސީގެ އިންވެސްޓިގޭޓަރުން މަދުވުމުގެ މައްސަލަ ޙައްލުކުރަން ޑިޕްލޮމާ ކޯހެއް ފަށަނީޚަބަރު | 5 ދުވަސް ކުރިންއެމްއެމްޕީއާރުސީ މައްސަލަ: މޮންޓިލިއަން އިންޓަރނޭޝަނަލްއަށް ދައުވާކުރަނީޚަބަރު | މަހެއް ކުރިންތިނަދޫ މޭޔަަރާއި ކުރީގެ ބައެއް ކައުންސިލަރުންނަށް ދައުވާކުރަނީޚަބަރު | 2 މަސް ކުރިން