logo
ސަފާރީއެއްގައި އަލިފާން ރޯވެގެން ސިފައިން ހަރަކާތްތެރިވަނީBank of Maldives

Bank of Maldives

ޚަބަރު

ޕީޖީ އާއި ޗައިނާގެ ޕްރޮސެކިއުޓޯރަލް ވަފުދާ ދެމެދު މުހިންމު މަޝްވަރާތަކެއް

އިސްމާޢިލް ރާތިޢު
30 އޮކްޓޯބަރު 2025 - 06:04
ޕީޖީ އޮފީހާއި ޗައިނާ  ޕްރޮސިކިއުޓޯރަލް ވަފުދާމެދު ކުރިއަށް ގެންދިޔަ ބައްދަލުވުމުގެ ތެރެއިން- ފޮޓޯ: ޕީޖީ އޮފީސް މީޑިއާ
ޕީޖީ އޮފީހާއި ޗައިނާ ޕްރޮސިކިއުޓޯރަލް ވަފުދާމެދު ކުރިއަށް ގެންދިޔަ ބައްދަލުވުމުގެ ތެރެއިން- ފޮޓޯ: ޕީޖީ އޮފީސް މީޑިއާ

ޕްރޮސެކިއުޓަރ ޖެނެރަލް އަލްއުސްތާޛް ޢައްބާސް ޝަރީފްގެ ދަޢުވަތަކަށް ރާއްޖެ ވަޑައިގެން އުޅުއްވާ ޗައިނާގެ ޕްރޮސެކިއުޓޯރިއަލް ވަފުދާއި، ޕީޖީ އޮފީހުގެ ވަފުދަކާ ދެމެދު، މުހިންމު މަޝްވަރާތަކެއް ކުރިއަށް ގެންގޮއްސިއެވެ.

ޗައިނާގެ ވަފުދުގައި އިސްކޮށް ބައިވެރިވެވަޑައިގަންނެވީ ޗައިނާގެ ސުޕްރީމް ޕީޕަލްސް ޕްރޮސެކިއުޓޮރޭޓްގެ ދާއިމީ ޕްރޮސެކިއުރަޓޯރިއަލް ކޮމިޓީގެ މެންބަރު ޝީ ވެއިޖޮންގް ކަމަށާއި، އެއީ ޗައިނާގެ ވައިސް މިނިސްޓަރ ފެންވަރުގެ ބޭފުޅެއް ކަމަށް ޕީޖީ އޮފީހުން މައުލޫމާތުދީފައި ވެއެވެ. އެމަނިކުފާނުގެ އިތުރުން މި ވަފުދުގައި ޗައިނާގެ އެކި ސްޓޭޓްތަކުގެ ޑެޕިއުޓީ ޗީފް ޕްރޮސެކިއުޓަރުންނާއި، އިސް ވެރިން ބައިވެރިވެޑައިގެންފައިވެއެވެ. އަދި ޗައިނާ ސަރުކާރުން ރާއްޖެއަށް ކަނޑައަޅުއްވާފައިވާ ސަފީރު ކޮންގް ޝިއަންހުއާވެސް މިވަފުދުގައި ބައިވެރިވެވަޑައިގެންފައިވެއެވެ. 

Ad by Hajj Corporation

Ad by Hajj Corporation

ހޮޓެލް ޖެންގެ ބޯލް ރޫމްގައި ކުރިއަށްގެންދިޔަ މި މަޝްވަރާގައި ޕްރޮސިކިއުޓަރ ޖެނެރަލް ވަނީ ޗައިނާގެ ވަފުދަށް ވަރަށް ހޫނު މަރުޙަބާއެއް ދަންނަވާ، އެމަނިކުފާނުގެ ދަޢުވަތު ޤަބޫލުކުރައްވާ ރާއްޖެ ވަޑައިގެންނެވިކަމަށްޓަކައި ދިވެހި ދައުލަތުގެ ފަރާތުން ޝުކުރު އަދާކުރައްވާފައެވެ. އަދި ދިވެހިރާއްޖެއާއި ޗައިނާއާ ދެމެދު އޮތް ޒަމާންވީ އެކުވެރި ގުޅުން، ދެ ޤައުމުގެ ޕްރޮސިކިއުޝަން އިދާރާތަކުގެ މެދުގައިވެސް ޤާއިމުކުރުމުގެ މުހިންމުކަން އެމަނިކުފާނު ފާހަގަކުރައްވާފައިވެއެވެ.

މި ބައްދަލުވުމުގައި ރާއްޖޭގެ ޕްރޮސްކިއުޓަރުން އިތުރަށް ތަމްރީނުކުރުމާއި، ޕީޖީ އޮފީހުގެ އުމްރާނީ ވަސީލަތްތައް ތަރައްގީކުރުމާ ގުޅޭގޮތުން ދެގައުމުގެ ވަފުދުގެމެދުގައި މަޝްވަރާކޮށްފައިވެއެވެ.

ދިވެހިރާއްޖޭގެ އުއްތަމަ ފަނޑިޔާރު އޮނަރަބަލް އަލްއުސްތާޛް ޢަބްދުލްޣަނީ މުޙައްމަދާއި، މިނިސްޓަރ އޮފް ހޯމްލޭންޑް ސެކިއުރިޓީ އެންޑް ޓެކްނޮލިޖީ ޢަލީ އިޙްސާންއާއި، ކޮމިޝަނަރ އޮފް ޕޮލިސް އިސްމާޢީލް ނަވީންއާވެސް ޗައިނާ ވަފުދުގެ ބޭފުޅުން ބައްދަލުކުރައްވާފައިވެއެވެ.

މި ދަތުރުފުޅަކީ ޗައިނާގެ ޕަބްލިކް ޕްރޮސިކިއުޝަން މަސައްކަތްކުރައްވާ އިދާރާގެ ވެރިން ރާއްޖެއަށް ކުރެއްވި ރަސްމީ ފުރަތަމަ ދަތުރުފުޅުކަމުން، މިއީ ތާރީޚީ ދަތުރުފުޅެއްކަން ޕީޖީ އޮފީހުން ފާހަގަކުރެއެވެ.

Bank of Maldives

Bank of Maldives

ކޮމެންޓް

ގުޅުންހުރި ލިޔުންތައް

ލަގެޖު ފޮއްޓެއްގެ ތެރެއިން ކުއްޖެއްގެ ހަށިގަނޑު ފެނުނު މައްސަލައިގައި ދައުވާކުރި ކުއްޖާއަށް ހުކުމްކޮށްފިޚަބަރު | 4 ގަޑިއިރު ކުރިންއަލިފާނުގެ ހާދިސާއިން ލިބުނު ގެއްލުން ފޫބައްދަން ޗައިނާއިން 2.8 މިލިއަން އެމެރިކާ ޑޮލަރުގެ އެހީޚަބަރު | 14 ދުވަސް ކުރިންކުށް ސާބިތުކުރެވޭ މިންވަރަށް ހެކި ނުލިބޭ، ފަޒުލްއާ ދެކޮޅަށް ދައުވާނުކުރަން ޕީޖީން ނިންމައިފިޚަބަރު | 17 ދުވަސް ކުރިން ސަނީ އުމަރު ޝަރީޢަތް ނިމެންދެން ބަންދުކުރުމުގެ އަމުރަކަށް އެދެނީ ޚަބަރު | 22 ދުވަސް ކުރިން