logo
News

ރާއްޖޭގެ ރައީސަކު ފުރަތަމަ ފަހަރަށް އދ.ގެ ސަލާމަތީ މަޖިލީހުގައި ތަގުރީރު ކުރައްވަނީ

މަރްޔަމް މިލްޒަމް މަސްއޫދްމަރްޔަމް މިލްޒަމް މަސްއޫދް
19 ސެޕްޓެމްބަރު 2024 - 09:53
ރާއްޖޭގެ ރައީސަކު ފުރަތަމަ ފަހަރަށް އދ.ގެ ސަލާމަތީ މަޖިލީހުގައި ތަގުރީރު ކުރައްވަނީ

ރާއްޖޭގެ ރައީސްއެއްގެ ހައިސިއްޔަތުން ފުރަތަމަ ފަހަރަށް އދ.ގެ ސަލާމަތީ މަޖިލީހުގެ ބަހުސްގައި ތަގުރީރު ކުރެއްވުމަށް ރައީސް ޑރ.މުހައްމަދު މުއިއްޒު މިމަހުގެ ތެރޭގައި ނިއުޔޯކަށް ވަޑައިގަންނަވާނެ ކަމަށް ރައީސް އޮފީހުން މިއަދު އިއުލާނު ކޮށްފިއެވެ.

ނަމަވެސް ފުރާނެ ސީދާ ތާރީހެއް އަދި ހާމަކޮށްފައެއް ނުވެއެވެ.

Ad by Hajj Corporation

Ad by Hajj Corporation

ރައީސް އޮފީހުަގއި މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ހީނާ ވިދާޅުވީ، އދ.ގެ އާންމު މަޖިލީހުގެ 79 ވަނަ ސެޝަނުގައި ބައިވެރިވެވަޑައިގަތުމަށް ރައީސުލްޖުމްހޫރިއްޔާ ނިންމަވާފައިވާ ކަމަށާއި، މި ސެޝަނުގައި އެމަނިކުފާނު ތަޤުރީރު ކުރެއްވުމަށް ހަމަޖެހިފައިވާކަމަށެވެ.

މި ދަތުރުފުޅަކީ މިދިޔަ އަހަރުގެ ނޮވެމްބަރު މަހުގެ 17 ވަނަ ދުވަހު ރައީސް ކަމުގެ މަގާމާ ހަވާލުވެވަޑައިގަތުމަށްފަހު ރައީސް މުއިއްޒު އދ.ގައި ބައިވެރިވެވަޑައިގެންނެވި ފުރަތަމަ ދަތުރުފުޅެވެ. މި ތަގުރީރުގެ އިތުރުން ސަމިޓް އޮފް ދަ ފިއުޗާގެ ތެރެއިން "އަ ވިޝަން ފޯ އަ އިންޓެލިޖެންސް ޑްރިވެން ފިއުޗާ ފޯ މޯލްޑިވްސް" ގެ ނަމުގައި ބާއްވާ ސައިޑް އިވެންޓެއްގައި ބައިވެރިވެވަޑައިގަތުމަށްވެސް ވަނީ ހަމަޖެހިފަ އެވެ.

ހީނާ ވިދާޅުވީ ރައީސްގެ މި ދަތުރުފުޅުގައި އެމެރިކާގެ ޕްރިންސްޓަން ޔުނިވާސިޓީގެ ދަރިވަރުންނާ މުހާތަބު ކުރައްވާ ތަގުރީރު ކުރައްވާ ގޮތަށް ވެސް ހަމަޖައްސަވާފައިވާ ކަމަށެވެ.

Ad by Regional Airports

Ad by Regional Airports

ކޮމެންޓް

ގުޅުންހުރި ލިޔުންތައް

ރާއްޖޭގެ ރައީސަކު ފުރަތަމަ ފަހަރަށް އދ.ގެ ސަލާމަތީ މަޖިލީހުގައި ތަގުރީރު ކުރައްވަނީNews | އަހަރެއް ކުރިންގައުމިއްޔަތަށް ޚިދުމަތްކުރުމުގެ އެންމެ މަތީ ޝަރަފު، ހުސައިން ޞަލާޙުއްދީންގެ ހަނދާނަށް އަރުވައިފިޚަބަރު | އަހަރެއް ކުރިން