logo
E-Platinum
ޚަބަރު

މާލޭގެ ގެއަކުން ލައްކައަކަށްވުރެ ގިނަ ރުފިޔާ ވަގަށް ނެގި މީހަކު ހައްޔަރުކޮށްފި

އަޙްމަދު ޒަލީފް
1 ޖުލައި 2025 - 12:13
މާލޭގެ ގެއަކުން ލައްކައަކަށްވުރެ ގިނަ ރުފިޔާ ވަގަށް ނެގި މީހަކު ހައްޔަރުކޮށްފި

މާލޭ ގެއަކުން ވަގަށް ނެގި އެއްލައްކަ އަށްވުރެ ގިނަ ރުފިޔާ ހޯދައި މީހަކު ހައްޔަރުކޮށްފިއެވެ.

މި މައްސަލައާ ގުޅިގެން ހައްޔަރުކޮށްފައިވަނީ ރ. އަލިފުށި / ހަބީބީހެޕް، އިސްމާއީލް ސާއިފް (39އ) އެވެ.

ފުލުހުން ބުނީ އޭނާ ހައްޔަރުކުރީ މި މައްސަލައިގެ ތަހުގީގުގެ ތެރެއިން ސީސީޓީވީ ފުޓޭޖު ބަލައި ދެނެގަނެގެން ކަމަށާއި، ތިޖޫރި ވަގަށް ނެގި ކަމަށް ތުހުމަތުކުރެވޭ އެ މީހާ ހައްޔަރުކުރީ މިއަދު ހެނދުނު 11:05 ހާއިރު މާވެޔޮ މަގުން ކަމަށެވެ.

419988_3_d18df5955a27d9c0d269246291069e892191ceab_large.jpg

ވައްކަން ކުރި މީހާ

އޭނާ ހައްޔަރުކޮށް ބަލައިފާސްކުރިއިރު، ތިޖޫރީން އޭނާ ވަގަށް ނެގިކަމަށް ތުހުމަތުކުރެވޭ ފައިސާތަކާއި އޭގެ ތެރެއިން ބައެއް ފައިސާއިން އޭނާ ގަނެފައިވާކަމަށް ބެލެވޭ މޯބައިލް ފޯނެއް ފެނިފައިވާކަމަށްވެސް ފުލުހުން ވަނީ ބުނެފައެވެ.

މި މައްސަލަ ފުލުހުން ގެންދާނީ ތަހުގީގުކުރަމުންނެވެ.

Regional Airports
ކޮމެންޓް

ގުޅުންހުރި ލިޔުންތައް

ރިސްކް އެލްމިނިއަމްގެ އޮފީސް ފަޅާލައިފި ޚަބަރު | 4 ދުވަސް ކުރިންމާލޭގެ ގެއަކުން ލައްކައަކަށްވުރެ ގިނަ ރުފިޔާ ވަގަށް ނެގި މީހަކު ހައްޔަރުކޮށްފި ޚަބަރު | 16 ދުވަސް ކުރިންއިމިގްރޭޝަންގެ ގުދަނުން ވައްކަން ކުރި މީހަކު އަތުލައިގެންފި ޚަބަރު | 18 ދުވަސް ކުރިންޕާކުކޮށްފައި އޮތް 9 ކާރެއް ހުޅުވައި، ވައްކަން ކުރި މީހަކު ހައްޔަރުކޮށްފި ޚަބަރު | މަހެއް ކުރިން