ރިސްކް އެލްމިނިއަމްގެ އޮފީސް ފަޅާލައިފި
އަޙްމަދު ޒަލީފް
12 ޖުލައި 2025 - 17:11

މާލޭގައި ހިންގަމުން އަންނަ ރިސްކް އެލްމިނިއަމްގެ އޮފީސް ރޭ ފަޅާލައިފިއެވެ.
މި ހާދިސާއާ ގުޅޭގޮތުން މި ނޫހަށް މައުލޫމާތު ދެމުން އެ އޮފީހުގެ ވެރިފަރާތުން ބުނީ، މި ކަމެއް ހިނގާފައިވަނީ ރޭ ދަންވަރު 3:30 ގައި ކަމަށާއި، އޮފީސް ފަޅާލިތާ ތިން މިނެޓެއްހާއިރު ފަހުން އެ މީހާ އެ ސަރަހައްދުން ގޮސްފައިވާ ކަމަށެވެ.
—-
"ސީސީޓީވީ ފުޓޭޖުން ފެންނަ ގޮތުގައި ދަގަނޑު ބުރިއެއް ހިފައިގެން އައިސް އޮފީހުގެ ދޮރު މަތާލަން މަސައްކަތް ކުރަނިކޮށް ދޮރުގެ ބިއްލޫރި ގަނޑު ތަޅައިގެން ދަނީ. ދެން އިރުކޮޅެއްފަހުން އެ ސަރަހައްދަށް އެހެން މީހަކު އާދޭ. އެ މީހާ އައީމަ ވައްކަން ކުރަން ވަތް މީހާ މާ ލަސްނުކޮށް ނިކުމެގެން ހިނގައްޖެ" - އޮފީހުގެ ވެރިފަރާތުން ބުންޏެވެ.
މި ހާދިސާ ހިނގި ސަރަހައްދަށް އެ ވަގުތު ފުލުހުން އައިސް މި ކަމުގެ ފޮރެންސިކް މައުލޫމާތުތައް ވަނީ ނަގާފައެވެ.