logo
ޚަބަރު

ޓްރީޓޮޕާއި އޭޑީކޭއިން ފަރުވާ ހޯދި މީހުންނަށް މެއި މަހު އެންސްޕާ އިން 7.4 މިލިއަން ރުފިޔާގެ އެހީ

މުހައްމަދު މޫސާމުހައްމަދު މޫސާ
2 ޖުލައި 2025 - 04:58
ޓްރީޓޮޕާއި އޭޑީކޭއިން ފަރުވާ ހޯދި މީހުންނަށް މެއި މަހު އެންސްޕާ އިން 7.4 މިލިއަން ރުފިޔާގެ އެހީ

ނެޝަނަލް ސޯޝަލް ޕްރޮޓެކްޝަން އެޖެންސީ (އެންސްޕާ) އިން މިދިޔަ މެއި މަހު، ރާއްޖޭގެ އެންމެ ބޮޑު ދެ ޕްރައިވެޓް ހޮސްޕިޓަލް ކަމަށްވާ އޭޑީކޭ ހޮސްޕިޓަލާއި ޓްރީ ޓޮޕް ހޮސްޕިޓަލުގައި އެޑްމިޓްކޮށްގެން ފަރުވާ ހޯދި މީހުންނަށް، ޖުމްލަ 7.4 މިލިއަން ރުފިޔާގެ އެހީތެރިކަން ފޯރުކޮށްދީފައިވާ ކަމަށް އެންސްޕާ އިން ހާމަކޮށްފިއެވެ.

މި އެހީތެރިކަން ފޯރުކޮށްދީފައިވަނީ އެންސްޕާ މެދުވެރިކޮށް އާސަންދަ ސްކީމްގެ ދަށުންނެވެ.

Ad by Hajj Corporation

Ad by Hajj Corporation

އެގޮތުން، އޭޑީކޭ ހޮސްޕިޓަލްގައި ފަރުވާ ހޯދި 190 މީހަކަށް ޖުމްލަ 3.2 މިލިއަން ރުފިޔާ ހަރަދުކޮށްފައިވެއެވެ. އޭޑީކޭގައި އެންމެ ގިނައިން ހަރަދުކުރެވިފައިވަނީ ހިތުގެ ބަލިތަކަށް ފަރުވާ ހޯދި 14 މީހަކަށް، 994،871 ރުފިޔާގެ ހޭދައެއް ކޮށްގެންނެވެ. މީގެ އިތުރުން، އެ ހޮސްޕިޓަލުން އެންމެ ގިނަ ކޭސްތަކަކީ ކަށީގެ ބަލިތަކާއި ވިހެއުމާ ގުޅޭ ކޭސްތަކެވެ. މި ދެ ބާވަތުގެ ބައްޔަށްވެސް 27 ކޭސް ވަނީ ބަލާފައެވެ.

ޓްރީ ޓޮޕް ހޮސްޕިޓަލުން ފަރުވާ ހޯދި 334 މީހަކަށް އާސަންދައިން 4.1 މިލިއަން ރުފިޔާ ހަރަދުކޮށްފައިވެއެވެ. ޓްރީ ޓޮޕްގައި އެންމެ ބޮޑު ހޭދައެއް ކޮށްފައިވަނީ ކަށީގެ ބަލިތަކަށް ފަރުވާ ހޯދި މީހުންނަށެވެ. އެގޮތުން، 53 މީހަކަށް 1،221،484 ރުފިޔާ ވަނީ ހަރަދުކޮށްފައެވެ. އެންމެ ގިނަ ކޭސްތަކަކީ ވިހެއުމާ ގުޅޭ ކޭސްތަކެވެ. މިއީ 64 ކޭސްއެވެ.

މި އަހަރުގެ ފުރަތަމަ ފަސް މަސް ދުވަހުގެ ތެރޭގައި އާސަންދައިން 950 މިލިއަނަށް ވުރެ ގިނަ ރުފިޔާ ވަނީ ހަރަދުކޮށްފައެވެ. އާސަންދައަށް މި އަހަރަށް ބަޖެޓުކޮށްފައިވަނީ ޖުމްލަ 1.8 ބިލިއަން ރުފިޔާއެވެ.

 

Ad by Regional Airports

Ad by Regional Airports

ކޮމެންޓް

ގުޅުންހުރި ލިޔުންތައް

އެންސްޕާގެ ކައުންޓަރުގެ ހިދުމަތް އެހެން އިމާރާތަކަށް ބަދަލުކުރަން ނިންމައިފިޚަބަރު | 17 ގަޑިއިރު ކުރިންއެެމްސީޖީއެޗް އޮޕްޓިކަލްސް ހުޅުމާލެ އައިނު ފިހާރަ ހުޅުވައިފިޚަބަރު | 8 ދުވަސް ކުރިންއެންސްޕާ ޕޭޝަންޓުންނަށް ބޭންކުތަކުން 2000 ޑޮލަރު ލިބޭނެ ގޮތް ހަމަޖައްސަނީޚަބަރު | މަހެއް ކުރިންނުކުޅެދުންތެރިކަން ހުންނަ މީހުންނަށް ބޭނުންވާ އާލާތްތައް ހޯދުމާ ގުޅޭ މަސައްކަތު ބައްދަލުވުމެއްޚަބަރު | 2 މަސް ކުރިން