logo
ޚަބަރު

ޣައްޒާގައި ހިންގާ ޤަތުލް އާންމު މެދުކަނޑާލަން ޓްރަމްޕް ބުނެފި

އަޙްމަދު ޒަލީފް
2 ޖުލައި 2025 - 12:46
ޣައްޒާގައި ހިންގާ ޤަތުލް އާންމު މެދުކަނޑާލަން ޓްރަމްޕް ބުނެފި

ނިރުބަވެރި ޔަހޫދީން ޣައްޒާގައި ހިންގާ ޤަތުލް ޢާންމު 60 ދުވަހުގެ މުއްދަތަށް މެދުކަނޑާލުމަށް އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް ގޮވާލައިފިއެވެ.

 ޣައްޒާގައި ވެރިކަން ކުރާ ޙަމާސް ޖަމާޢަތް ނައްތައިލުމުގެ ނަމުގައި ޔަހޫދީ ފަައުޖުން ލާއިންސާނީ ޢުދުވާނެއް ހިންގަން ފަށާފައި ވަނީ 2023ވަނަ އަހަރުގެ އޮކްޓޫބަރު މަހުގެ 7 ވަނަ ދުވަހުއެވެ.

Ad by Hajj Corporation

Ad by Hajj Corporation

ޓްރަމްޕް ބުނީ، އޭނާގެ ހުށަހެޅުއްވުމަކީ މި ކަމާ ގުޅޭ ގޮތުން ހުށަހަޅުއްވާނެ އެންމެ ފަހުގެ ހުށަހެޅުން ކަމަށާއި، މިއީ ސުލްހައިގެ އެއްބަސްވުމެއް އެކުލަވައިލުމަށް ޙަމާސަށް އޮތް އެންމެ ފަހު ފުރުޞަތު ކަމުގައެވެ. އެމެރިކާގެ ހުށަހެޅުން ޙަމާސަށް ރައްދު ކުރާނީ، އެ ޖަމާޢަތާއި ޔަހޫދީންނާ ދެމެދު ބާއްވަމުންދާ ނުރަސްމީ މަޝްވަރާތަކުގައި މެދުވެރިންގެ ދައުރު އަދާ ކުރަމުންދާ ޤަޠަރާއި މިޞްރުން ކަމުގައި ވެސް ޓްރަމްޕް ވަނީ ބުނެފައެވެ.

ޓްރަމްޕް ބުނީ 60 ދުވަހަށް ޔަހޫދީންގެ ޢުދުވާން މެދުކަނޑައިލުމަށް ފަހު، ހަނގުރާމަ ދާއިމީ ގޮތުން ހުއްޓައިލުމާ ގުޅޭ ގޮތުން ޙަމާސާއި ޔަހޫދީންނާ ދެމެދު މަޝްވަރާ ކުރުމަށް ހުށަހަޅާފައިވާ ކަމުގައެވެ. "މުޅި މެދުއިރުމައްޗަށް ރަނގަޅަކަށް އަޅުގަނޑު އުންމީދު ކުރަނީ ޙަމާސުން އެއްބަސްވުމަށް އާނބަސް ބުނާނެ ކަމަށް، ސަބަބަކީ މިއަށްވުރެ ރަނގަޅު ޑީލެއް ދެން ނާންނާނެ، ދެން ކަންތައް ވާނީ އިތުރަށް ގޯސް. ތިޔަ ބޭފުޅުން މި ކަމަށް ދެއްވާ އަހަންމިއްޔަތަށް ޝުކުރު އަދާކުރަން،" ޓްރަމްޕް ބުނެފައިވެއެވެ.

ޔަހޫދީންގެ ޢުދުވާން ހުއްޓައިލުމަށް އެއްބަސްވުމުން ޙަމާސްގެ ޖަމާޢަތުގެ ބެލުމުގެ ދަށުގައި ތިބި އަސީރުން މިނިވަން ކުރުމަށް ތައްޔާރަށް އޮތް ކަން އެ ޖަމާޢަތުން ވަނީ ހާމަކޮށްފައެވެ. ނަމަވެސް، ޝަރުޠަކީ، ދާއިމަށް ޢުދުވާނީ ޙަމަލާތައް ހުއްޓައިލުމެވެ. ޔަހޫދީންގެ ޝަރުޠަކީ، ޙަމާސުން ހަތިޔާރު ބެހެއްޓުމެވެ. ނަމަވެސް، އެ ޖަމާޢަތުން ދަނީ އެ ޝަރުޠަށް އިންކާރު ކުރަމުންނެވެ.

ޓްރަމްޕްގެ އައު ހުށަހެޅުމުގައި އޮތީ، 60 ދުވަހަށް ޔަހޫދީންގެ ޢުދުވާނީ ޙަމަލާތައް މެދުކަނޑައިލުމާއި، ޙަމާސްގެ ބެލުމުގެ ދަށުގައި ތިބި އަސީރުންގެ ތެރެެއިން ދެބައިކުޅަ އެއްބައި މީހުން މިނިވަން ކުރުމެވެ.

Hajj Corpooration

Hajj Corpooration

ކޮމެންޓް

ގުޅުންހުރި ލިޔުންތައް

ޔަހޫދީންނާމެދު ފިޔަވަޅު އަޅަން ވިލާތުގެ ޤައުމުތަކުން ފަސްޖެހެނީދުނިޔެ | 11 ގަޑިއިރު ކުރިންޣައްޒާގައި ނުރައްކާތެރި ވައިރަހެެއް ފެތުރެނީދުނިޔެ | 12 ގަޑިއިރު ކުރިންފަލަސްތީނުގައި މިނިވަން ދައުލަތެއް ޤާއިމުވިޔަކަ ނުދޭނަން - ޔަހޫދީން ދުނިޔެ | 4 ދުވަސް ކުރިންޣައްޒާ ފަހުނޭވާގައި: "ފަހަރުގައި ދެން ނުފެނިދާނެ"ދުނިޔެ | 5 ދުވަސް ކުރިން