logoEN
ޚަބަރު

ކީ ސްޓޭޖް 3 އިން ދަށުގެ ޓެކްސްޓް ފޮތްތައް ޕްރިންޓްކުރާނެ ބަޔަކު ހޯދަނީ

އާމިނަތު ސަފާއާމިނަތު ސަފާ

04 ޖުލައި 2025 - 04:44

ކީ ސްޓޭޖް 3ން ދަށުގެ ޓެކްސްޓް ފޮތްތައް ޕްރިންޓްކުރާނެ ބަޔަކު ހޯދަން ފިނޭންސް މިނިސްޓްރީން އިއުލާން ކޮށްފިއެވެ.

ފިނޭންސް މިނިސްޓްރީން މިއަދު އިއުލާން ކުރީ، މިނިސްޓްރީ އޮފް އެޑިޔުކޭޝަންގެ އެދުމުގެ މަތިން، ކީ ސްޓޭޖް 1، 2 އަދި 3 ގެ ޓެކްސްޓް ފޮތްތައް ޕްރިންޓް ކުރުމުގެ މަސައްކަތް ކޮށްދޭނެ ފަރާތެއް ހޯދުމަށް ޖޫން މަހުގެ 29 ވަނަ ދުވަހު ކުރި އިއުލާން އިސްލާހުކޮށްފައެވެ.

ފިނޭންސް މިނިސްޓްރީން ބުނީ، މި ބީލަން ކުރިއަށްގެންދެވޭނީ މިނިސްޓްރީ އޮފް އިކޮނޮމިކް އެންޑް ޑިވެލޮޕްމަންޓް އެންޑް ޓްރޭޑްގެ " ފޮރިން ޑައިރެކްޓް އިންވެސްޓްމަންޓް ޕޮލިސީ" އާއި އެއްގޮތަށެވެ.

މި ބީލަމުގައި ބައިވެރިވުމަށް 500 ރުފިޔާ ގެ ނޮން-ރިފަންޑަބަލް ރަޖިސްޓްރޭޝަން ފީއެއް، މި މަހުގެ 13 ކުރިން ދައްކަންޖެހެއެވެ.

މި މަސައްކަތާއި ބެހޭ އެންމެހައި ލިޔެކިޔުންތައް ސޮފްޓްކޮޕީ ފޯރމެޓުގައި މި މިނިސްޓްރީގެ ވެބްސައިޓުން ލިބެން ހުންނާނެ ކަމަށާއި، މި ބީލަމާ ގުޅިގެން ދޫކުރެވޭ އެންމެފަހުގެ މަޢުލޫމާތުތަށް ވެބްސައިޓް މެދުވެރިކޮށް ހޯދުމަކީ ބީލަމަށް ކުރިމަތިލާ ފަރާތުގެ ޒިންމާއެއް ކަމަށް ފިނޭންސްގެ އިއުލާނުގައި ބުނެފައިވެއެވެ.

ބީލަމުގެ ބިޑް ސެކިއުރިޓީއަކީ 132،000 ރުފިޔާއެވެ.

ބިޓް ހުށައަޅަން ޖެހެނީ ބީލަން ޕޯޓަލް މެދުވެރިކޮށް ޖުލައި 15 ވަނަ ދުވަހުގެ 13:00 ގެ ކުރިންނެވެ. ބީލަން ހުޅުވުން އޮންނާނީ ޖުލައި 16 ވަނަ ދުވަހުގެ 10:00 ގައެވެ.

ކޮމެންޓް

871x217_placeholder