logo
Bank of Maldives

Bank of Maldives

ޚަބަރު

ސްޕޯޓްސް ފިޝިންއަށް އަމާޒުކޮށްގެން ބާއްވާ މަސައްކަތު ބައްދަލުވުން މާދަމާ ފަށަނީ

އާމިނަތު ޝަފާ
6 ޖުލައި 2025 - 09:40
ސްޕޯޓްސް ފިޝިންއަށް އަމާޒުކޮށްގެން ބާއްވާ މަސައްކަތު ބައްދަލުވުން މާދަމާ ފަށަނީ

މުނިފޫހިފިލުވުމުގެ ގޮތުން މަސްވެރިކަންކުރާ ފަރާތްތަކަށް އަމާޒުކޮށްގެން ބާއްވާ މަސައްކަތު ބައްދަލުވުން މާދަމާ ބޭއްވުމަށް ނިންމައިފި އެވެ.

މި މަސައްކަތު ބައްދަލުވުން ބޭއްވުމަށް ހަމަޖެހިފައިވަނީ މާދަމާ ހެނދުނު 9:00 ހަވީރު 5:00އަށް މީރުމާގަ އެވެ.

Ad by Hajj Corporation

Ad by Hajj Corporation

މި މަސައްކަތު ބައްދަލުވުން ފައްޓަވައިދެއްވާނީ މަސްވެރިކަމާ ކަނޑުގެ ވަސީލަތްތަކާ ބެހޭ ވަޒީރު އަހުމަދު ޝިޔާމް އެވެ.

މި މަސައްކަތު ބައްދަލުވުމުގެ މަގްސަދަކީ މުނިފޫހިފިލުވުމުގެގޮތުން ކުރާ މަސްވެރިކަން ދެމެހެއްޓެނިވި ގޮތެއްގައި ކުރިއެރުވޭނެ ގޮތްތަކާ މެދު މަޝްވަރާ ކުރުމެވެ.

މި މަސައްކަތު ބައްދަލުވުން ކުރިއަށްދާނީ ދެ ސެޝަންއަކަށް ބަހަލައިގެންނެވެ. ފުރަތަމަ ސެޝަންގައި ކުރިއަށްދާނީ ވޯކްޝޮޕްގެ މަޤްޞަދާއި، މުނިފޫހިފިލުވުމުގެ މަސްވެރިކަމާ ބެހޭގޮތުން މިހާރު ގެންގުޅޭ ވިސްނުމާއި، ޑޭޓާ ޑްރައިވަން މެނޭޖްމަންޓްގެ ބޭނުންތެރިކަމުގެ އޯވަރވިއުއެއް ފޯރުކޮށްދިނުމެވެ.

ދެވަނަ ސެޝަންގައި ކުރިއަށްދާނީ ސްޓޭކްހޯލްޑަރުންގެ ކަންބޮޑުވުންތަކާއި މުނިފޫހިފިލުމުގެ ގޮތުން މަސްވެރިކަން ކުރާ ފަރާތްތަކަށް ހުރި ގޮންޖެހުންތަކާ ގުޅޭގޮތުން މަޝްވަރާ ކުރުމެވެ.

Bank of Maldives

Bank of Maldives

ކޮމެންޓް

ގުޅުންހުރި ލިޔުންތައް

ބެޗްލަރސް ޑިގްރީ އިން ފިޝަރީޒް އެންޑް އެކުއާކަލްޗާ ކޯހުގެ މަންހަޖު އެކުލަވާލުމުގެ މަސައްކަތް ފަށައިފިޚަބަރު | މަހެއް ކުރިންމަސްވެރި އުޅަނދުތައް އަޕްގްރޭޑް ކުރުމަށް ޗައިނާގެ ކުންފުންޏަކާއެކު މަޝްވަރާކޮށްފިޚަބަރު | މަހެއް ކުރިންއެކުއަކަލްޗަރ ދާއިރާ ކުރިއެރުވުމަށް ޗައިނާ ކުންފުންޏަކާއެކު ސޮއިކޮށްފިޚަބަރު | މަހެއް ކުރިންޒުވާން މަސްވެރިން އުފައްދަން ހިންގާ ޕްރޮގްރާމުގައި ބައިވެރިވުމުގެ މުއްދަތު އިތުރުކޮށްފިޚަބަރު | މަހެއް ކުރިން