logo
ޚަބަރު

މިނިވަން 60 ގެ ލޯގޯ ސަރުކާރުގެ އިދާރާތަކުން ފޮނުއްވާ ލިޔުންތަކުގައި ޖެއްސެވުމަށް ނިންމަވައިފި

އާމިނަތު ޝަފާ
6 ޖުލައި 2025 - 11:10
މިނިވަން 60 ގެ ލޯގޯ ސަރުކާރުގެ އިދާރާތަކުން ފޮނުއްވާ ލިޔުންތަކުގައި ޖެއްސެވުމަށް ނިންމަވައިފި

މިއަހަރުގެ މިނިވަން ދުވަހާ ގުޅިގެން ތައްޔާރުކޮށްފައިވާ ލޯގޯ ސަރުކާރުގެ އިދާރާތަކުން ފޮނުއްވާ ސިޓީތަކާއި ލިޔުންތަކުގައި ޖެއްސެވުމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ހަމަޖައްސަވައިފިއެވެ.

ރައީސް އޮފީހުން ބުނީ މި އަހަރަކީ، ރާއްޖޭގެ މިނިވަންކަމަށް 60 އަހަރު ފުރޭ އަހަރު ކަމަށް ވުމާއެކު، މި އަހަރުގެ މިނިވަން ދުވަހާ ގުޅިގެން ބޭނުންކުރައްވާނެ ލޯގޯއެއް ކަނޑައަޅުއްވައި، އެ ލޯގޯ މި އަހަރުގެ ޖުލައި 26 ން ފެށިގެން 2026 ޖުލައި 25ވަނަ ދުވަހުގެ ނިޔަލަށް، ސަރުކާރުގެ އިދާރާތަކުން ފޮނުއްވާ ސިޓީތަކާއި ލިޔުންތަކުގައި ޖެއްސެވުމަށް ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު ހަމަޖައްސަވާފައިވާކަމަށެވެ.

Ad by Hajj Corporation

Ad by Hajj Corporation

މިއާއެކު، ސަރުކާރުގެ އިދާރާތަކުން ފޮނުއްވާ ސިޓީތަކާއި ލިޔުންތަކުގައި މި ލޯގޯ ޖެއްސެވުމަށްޓަކައި، އެކަމާބެހޭ މައުލޫމާތު މިނިސްޓްރީ އޮފް ދިވެހި ލެންގުއޭޖް، ކަލްޗަރ އެންޑް ހެރިޓޭޖުން ސަރުކާރު އޮފީސްތަކަށް ދެއްވާނެއެވެ.

ދިވެހިރާއްޖޭގެ ފަޚުރުވެރި 60 ވަނަ މިނިވަން ދުވަހު ބޭނުން ކުރާން ފަރުމާކޮށްފައިވާ ލޯގޯ އާންމުކޮށް މިހާރު ވަނީ ދައްކާލާފައެވެ. މިނިވަން ދުވަހު ބޭނުންކުރާ ލޯގޯ ފަރުމާކޮށްފައިވަނީ ހދ. ނޭކުރެންދޫ ވާރޭ ވިލާ، ފަރުހާދު އިބްރާހީމެވެ.

Ad by Regional Airports

Ad by Regional Airports

ކޮމެންޓް

ގުޅުންހުރި ލިޔުންތައް

ވިލާއަތުން ކާޑެއްދޫ އެއާޕޯޓު ނަގަން ބަދަލުގެ ގޮތުގައި 18.5 މިލިއަން ދެނީޚަބަރު | 11 ދުވަސް ކުރިންމަތީ ދަރަޖަ ހޯދާ ފަރާތްތަކަށް ދޭ އިނާމަށް ނަން ހުށަހެޅުމުގެ ފުރުސަތު ހުޅުވާލައިފި ޚަބަރު | މަހެއް ކުރިންޓެކްސް އެޕީލް ޓްރައިބިއުނަލްގެ މެންބަރުކަމަށް ކުރިމަތިލުމުގެ ފުރުޞަތު އަލުން ހުޅުވާލައިފިޚަބަރު | މަހެއް ކުރިންރައީސް، އިނގިރޭސިވިލާތުން އެނބުރި ރާއްޖެ ވަޑައިގެންފިޚަބަރު | މަހެއް ކުރިން