logo
Bank of Maldives

Bank of Maldives

ޚަބަރު

މޯލްޑިވިއަންގެ ދަތުރުތައް ޗައިނާގެ އިތުރު ސިޓީއަކަށް މިއަދު ފަށަނީ

އާމިނަތު ޝަފާ
7 ޖުލައި 2025 - 04:42
މޯލްޑިވިއަންގެ ދަތުރުތައް ޗައިނާގެ އިތުރު ސިޓީއަކަށް މިއަދު ފަށަނީ

ގައުމީ އެއާލައިން މޯލްޑިވިއަންގެ ދަތުރުތައް ޗައިނާގެ އިތުރު ސިޓީއަކަށް މިއަދު ފަށާނެކަމަށް އެ ކުންފުނިން ބުނެފިއެވެ.

މޯލްޑިވިއަންއިން ޗައިނާގެ ޝެންޒެންއަށް ފަށާ މި ދަތުރުތައް ފެށުމަށް ހަމަޖެހިފައިވަނީ މިރެއެވެ.

Ad by Hajj Corporation

Ad by Hajj Corporation

ކުންފުނީގެ ބައިނަލްއަޤްވާމީ ދަތުރުތައް ފުޅާކުރުމުގެ މަސައްކަތް މޯލްޑިވިއަންއިން ކުރަމުން އަންނައިރު މިއަހަރުގެ ޖަނަވަރީ މަހުގެ ތެރޭގައި މޯލްޑިވިއަނުން ވަނީ ޗައިނާގެ 3 މަންޒިލަކަށް ދަތުރުތައް ފަށާފައެވެ. އެއީ ޗެންޑޫ، ބެއިޖިން އަދި ޝެންހާއީއަށެވެ.

ޝެންޒެންއަށް މޯލްޑިވިއަނުން ފަށާ ސީޒަނަލް ދަތުރުތަކުގެ ތެރެއިން އަންނަ އޮގަސްޓުމަހުގެ 21 ވަނަ ދުވަހާ ހަމައަށް ހަފްތާއަކު އެއް ދަތުރުކުރުމަށް ވަނީ ހަމަޖެހިފައެވެ.

މޯލްޑިވިއަންގެ ދަތުރުތައް ޗައިނާގެ މަންޒިލްތަކަށް ފަށާފައިމިވަނީ ޖަނަވަރީ މަހު އެ ކުންފުނީގެ ފްލީޓަށް ގެނައި ވައިޑް-ބޮޑީ މަތިންދާ ބޯޓާ އެކުގައެވެ.

ޗައިނާއަކީ މިހާރުވެސް ރާއްޖެއަށް އެންމެ ގިނަ އަދަަދަކަށް ފަތުރުވެރިން ޒިޔާރަތްކުރާ ގައުމުތަކުގެ ތެރޭގައި ހިމެނޭ ގައުމެކެވެ. އެގޮތުން މިމަހުގެ 5 ވަނަ ދުވަހުގެ ނިޔަލަށް ޗައިނާއިން ރާއްޖެއަށް 148،951 ފަތުރުވެރިން ވަނީ ޒިޔާރަތްކޮށްފައެވެ.

ސަރުކާރިުގެ އަމާޒަކީ މި އަހަރުގެ ތެރޭގައި ރާއްޖެއަށް 2.3 މިލިއަން ފަތުރުވެރިން ގެނައުމެވެ.

Bank of Maldives

Bank of Maldives

ކޮމެންޓް

ގުޅުންހުރި ލިޔުންތައް

އިންޑިއާގެ ދެ މަންޒިލަކަށް މޯލްޑިވިއަންގެ ހާއްސަ ފެއާއެއްގެ ދަށުން އަގުހެޔޮ ދަތުރުތަކެއްޚަބަރު | 21 ދުވަސް ކުރިންއަޒަރުބައިޖާން އެއަރލައިނުން އަންނަ ފަތުރުވެރިންނަށް މޯލްޑިވިއަންއިން ދަތުރުކުރާ ރާއްޖޭގެ 17 މަންޒިލަކަށް ދަތުރުކުރެވޭ އެއްބަސްވުމެއްވިޔަފާރި | މަހެއް ކުރިންބޮޑު ޗުއްޓީގައި މޯލްޑިވިއަންގެ ޚާއްސަ ދަތުރުތަކެއް މެލޭޝިއާ އަދި ބެންކޮކަށްޚަބަރު | 2 މަސް ކުރިންޕްރޮމޯޝަނަލް ފެއާއެއްގެ ދަށުން މޯލްޑިވިއަންއިން ޗައިނާއަށް ކުރާ ދަތުރުތަކުގެ އަގު ހެޔޮވެއްޖެޚަބަރު | 2 މަސް ކުރިން