އދ. ގައި ބައިވެރިވެވަޑައިގަތުމަށް ރައީސް އެމެރިކާއަށް ފުރާވަޑައިގަންނަވައިފި
ރައީސް ޑރ. މުޙައްމަދު މުޢިއްޒު އދ. އަށް ފުރާވަޑައިގަތުމަށް އެއާޕޯޓުގައި -- ފޮޓޯ/ ރައީސް އޮފީސް
20 ސެޕްޓެމްބަރު 2024 - 14:37
އދ. ގެ އާންމު މަޖިލީހުގެ 79 ސެޝަނުގައި ބައިވެރިވެވަޑައިގަތުމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު އެމެރިކާއަށް ފުރާވަޑައިގަންނަވައިފިއެވެ.
ރައީސް އެމެރިކާއަށް ފުރާ ވަޑައިގެންނެވީ މިރޭގެ ވަގުތެއްގައެވެ. އެ ދަތުރުފުޅުގައި، އާންމު މަޖިލީހުގެ 79 ވަނަ ސެޝަންގައި ރައީސް ތަގުރީރުކުރައްވާނެއެވެ. އެ ތަގުރީރު ރައީސް ދެއްވާނީ މި މަހުގެ 24 ވާ އާދިއްތަ ދުވަހުއެވެ. މިއީ ރައީސް އެ މަޖިލީހުގައި ބައިވެރިވެވަޑައިގަންނަވާ ފުރަތަމަ ފަހަރެވެ.
އެ ދަތުރުފުޅުގައި ސަމިޓް އޮފް ދަ ފިއުޗާގައި ބައިވެރިވެވަޑައިގަންނަވައި، މުހިއްމު މަޝްވަރާތަކުގެ ރިޔާސަތު ބެލެހެއްޓެވުމުގެ އިތުރުން ހަވާސާގައި ކުރިއަށްދާ ހަރަކާތްތަކުގައިވެސް އެމަނިކުފާނު ބައިވެރިވެވަޑައިގަންނަވާނެއެވެ. އަދި ހަވާސާގައި އެކި ގައުމުތަކުގެ ވެރިންނާ ވެސް އެމަނިކުފާނު ބައްދަލުކުރައްވާނެއެވެ.
އެ ދަތުރުފުޅު ނިންމަވާލެއްވުމަށްފަހު، ރައީސް އެނބުރި ވަޑައިގަންނަވާނީ މި މަހުގެ 29 ދުވަހުއެވެ.