logo
E-Platinum
ޚަބަރު

ފުލުހުން މިދިޔަ މަހު އެކަނި 69 ސައިކަލާާއި، ހަތަރުލައްކައަށް ވުރެ ގިނަ ރުފިޔާ ހޯދައިދިން

ޝަހްޒާ މުހައްމަދު
7 ޖުލައި 2025 - 09:54
ފުލުހުން  މިދިޔަ މަހު އެކަނި  69 ސައިކަލާާއި، ހަތަރުލައްކައަށް ވުރެ ގިނަ ރުފިޔާ  ހޯދައިދިން

ނިމިދިޔަ ޖޫން މަހު ފުލުހުން ކުރި މަސައްކަތުގެ ތެރެއިން ، މާލެ ސަރަހައްދުން، 69 ސައިކަލާއި 406،098 ރުފިޔާ ގެ އިތުރުން ، ފޯނާއި އިލެކްޓްރޯނިކްސްގެ ގިނަ އަދަދެއް އެ މަހުގެ ތެރޭގައި ފުލުހުން ވަނީ ހޯދާފައެވެ.

ފުލުހުން މިއަދު އާންމުކުރި މާލެ ފްރަންޓްލައިން ޕޮލިސިންގެ ޑިޕާރޓްމަންޓުތަކުން ކުރަމުންދާ މަސައްކަތްތަކުގެ ތަފާސް ހިސާބުތަކުން ދައްކާގޮތުން، މިދިޔަ މަހު 69 ސައިކަލު ހޯދާފައިވާ އިރު އެ ތަކަތީގެ އަގު ޖުމުލަ 3،303،429 ރުފިޔާއަށް އަރައެވެ. އަދި އެކި ގޮތްގޮތުން ގެއްލިފައި ހުރި ފައިސާގެ ތެރެއިން، ޖުމުލަ 406،098 ރުފިޔާ މިދިޔަ މަހުގެ ތެރޭގައި ފުލުހުން ވަނީ ހޯދާފައެވެ.

އިތުރަށް ފުލުހުން ހޯދި ތަކެތީގެތެރޭގައި ، 29 މޮބައިލް ފޯނު ހޯދި އިރު އެ ފޯނުތަކުގެ އަގަށް 202،375 ރުފިޔާއަށް އަރައެވެ. އަދި 8 އިލެކްޓްރޯނިކް ތަކެތި ހޯދާފައިވާ އިރު އެއީ 80،400 ރުފިޔާގެ މުދަލެވެ. މީގެ އިތުރުން އެހެނިހެން 61 ތަކެތި ހިމެނޭ އިރު އެތަކެތީގެ އަގު 110،263 ރުފިޔާއަށް އަރައެވެ.

މީގެ އިތުރުން ފުލުހުން ބުނީ ، މާލޭގެ މަގުތަކަކީ އަމާން ރައްކާތެރި މަގުތަކަކަށް ހެދުމަށާއި ރައްޔިތުންގެ ސަލާމަތާއި ރައްކާތެރިކަމަށް މާލެ ފްރަންޓްލައިން ޕޮލިސިންގެ ޑިޕާރޓްމަންޓުތަކުން ކުރަމުންދާ މަސައްކަތުގެ ތެރެއިން، މިދިޔަ މަހު 5015 އުޅަނދެއް ހުއްޓުވައި ސުވާލުކުރެވުނު އިރު އޭގެތެރެއިން، 4833 މީހުނގެ ކުށުގެ ރިކޯޑް އޮތްކަމަށެވެ.

ވައްކަމާއި ފޭރުމުގެ މައްސަލަތައް ގިނަ މާލޭގައި ތަފާތު ގޮތްގޮތަށް އަގުބޮޑެތި ސާމާނާއި ފައިސާ ވަގަށް ނަގައެވެ. އެގޮތަށް ގެއްލޭ ތަކެތި ހޯދުމަށް ފުލުހުން ބުރަ މަސައްކަތްތަކެއް ކުރެއެވެ.

Regional Airports
ކޮމެންޓް

ގުޅުންހުރި ލިޔުންތައް

ވިނަރެސް ޓަވަރުން ވެއްޓުނު ޒުވާނާ މަރުވެއްޖެޚަބަރު | 10 ގަޑިއިރު ކުރިން"ލަސްވުމަށްވުރެ ފުރާނަ މުޙިއްމު": އާއްމުން ހޭލުންތެރިކުރުވަން ފުލުހުން މަގުމައްޗަށް ޚަބަރު | 11 ގަޑިއިރު ކުރިންގޫގުލް އެކައުންޓްތައް ހެކްކުރާތީ އެކަމަށް ސަމާލުވުމަށް ފުލުހުން އެދިއްޖެޚަބަރު | 15 ގަޑިއިރު ކުރިންޔާމީން އަދިވެސް ނުފެނޭ!ޚަބަރު | ދުވަހެއް ކުރިން