logo
Bank of Maldives

Bank of Maldives

ޚަބަރު

"ލަސްވުމަށްވުރެ ފުރާނަ މުޙިއްމު": އާއްމުން ހޭލުންތެރިކުރުވަން ފުލުހުން މަގުމައްޗަށް

އަޙްމަދު ޒަލީފް
17 ޖުލައި 2025 - 10:40
"ލަސްވުމަށްވުރެ ފުރާނަ މުޙިއްމު": އާއްމުން ހޭލުންތެރިކުރުވަން ފުލުހުން މަގުމައްޗަށް

"ލަސްވުމަށްވުރެ ފުރާނަ މުޙިއްމު" ކަމަށް ބުނަމުން، މަގުމަތީގެ ސަލާމަތާއި ރައްކާތެރިކަމަށް ރައްޔިތުން ހޭލުންތެރިކުރުވުމުގެ ގޮތުން ހާއްސަ ހަރަކާތްތަކެއް ހުޅުމާލޭގައި ފުލުހުން ފަށައިފިއެވެ.

ސިލްސިލާކޮށް ކުރިއަށް ގެންދިއުމަށް ހަމަޖެހިފައިވާ މި ހަރަކާތް، މި މަހު 16 ވަނަ ދުވަހު ފަށާފައިވަނީ ހުޅުމާލެ ފޭސް 1 ގައެވެ. މި ހަރަކާތް ހުޅުމާލެ ފޭސް 2 ގައި މިއަދު ކުރިއަށް ގެންގޮސްފައިވެއެވެ.

Ad by Hajj Corporation

Ad by Hajj Corporation

ސިލްސިލާކޮށް ކުރިއަށް ގެންދިއުމަށް ހަމަޖެހިފައިވާ މި ހަރަކާތް، މި މަހު 16 ވަނަ ދުވަހު ފަށާފައިވަނީ ހުޅުމާލެ ފޭސް 1 ގައެވެ. މި ހަރަކާތް ހުޅުމާލެ ފޭސް 2 ގައި މިއަދު ކުރިއަށް ގެންގޮސްފައިވެއެވެ.

އެކްސިޑެންޓްތައް މަދު ކުރުމަށް ހުޅުމާލޭގެ މަގުތަކަށް މި ފަހުން ވަނީ ގިނަ ބަދަލުތަކެއް ވެސް ގެނެސްފައެވެ. އޭގެ ތެރޭގައި ދުނިޔޭގެ ގިނަ ގައުމުތަކެއްގައި ތަޖުރިބާކޮށް އެކަމުގެ ރަނގަޅު ނަތީޖާ ފެނިފައިވާ, ރައުންޑްއެބައުޓްތައް ހެދުން ހިމެނެއެވެ. އަދި ފުލުހުން މަގުތަކުގައި ފޯރިމަރާވަރު ވަނީ އިތުރު ކޮށްފައެވެ.

ފަހަކަށްއައިސް ރާއްޖޭގައި ނުރައްކާތެރި އެކްސިޑެންޓްތައް ހިނގާ މިންވަރު އިތުރުވެފައިވާއިރު، މީގެ ތެރެއިން ބައެއް އެކްސިޑެންޓަކުގައި މީހުންގެ ފުރާނަވެސް ގެއްލިފައިވެއެވެ. އެހެންކަމުން ޓްރެފިކް ގަވާއިދުތަކަށް ހުރުމަތްތެރިކޮށް ހިތައި، އެކުގައި މަސައްކަތްކޮށްގެން މަގުތައް ރައްކާތެރިކުރުމަށް މަސައްކަތް ކުރުމަށް ފުލުހުން ވަނީ އިލްތިމާސްކުރައްވާފައެވެ.

މީގެ ކުރިން ފުލުހުން މިފަދަ ޑެމޯ އެކްސިޑެންޓްތައް ދައްކާލަމުން ދިޔައީ އެކިއެކި ރޯޑްޝޯތަކާއި އިވެންޓްތަކުގައެވެ. ނަމަވެސް އެންމެ ފަހުން މިވަނީ މަގުތަކަށް ނުކުމެފައެވެ. އެކްސިޑެންޓްތައް ދުވަހަކަށް ވުރެން ދުވަހެއް ދަނީ އިތުރުވަމުންނެވެ.

Bank of Maldives

Bank of Maldives

ކޮމެންޓް

ގުޅުންހުރި ލިޔުންތައް

ސިނގިރޭޓު ވައްކަން: ދިގަލި ޝަރީޢަތް ނިމެންދެން ބަންދަށް، އިތުރު 3 މީހަކު ހައްޔަރުކޮށްފިޚަބަރު | 13 ގަޑިއިރު ކުރިންކޮލަމާފުއްޓަށް މަސްތުވާތަކެތި އެތެރެކުރަން އުޅުނުކަމަށް ބުނެ 4 މީހަކު ހައްޔަރުކޮށްފިޚަބަރު | ދުވަހެއް ކުރިންމާލެއިން ނޭޕާލް އަންހެނަކު ގެއްލިގެން ހޯދަނީޚަބަރު | ދުވަހެއް ކުރިންސިނގިރޭޓް ބޮޑު ވައްކަން: އިތުރު މީހަކު ހައްޔަރުކޮށްފިޚަބަރު | 2 ދުވަސް ކުރިން