logo
ޚަބަރު

ގޫގުލް އެކައުންޓްތައް ހެކްކުރާތީ އެކަމަށް ސަމާލުވުމަށް ފުލުހުން އެދިއްޖެ

ހުސައިން ވަސީމް
17 ޖުލައި 2025 - 06:10
ގޫގުލް އެކައުންޓްތައް ހެކްކުރާތީ އެކަމަށް ސަމާލުވުމަށް ފުލުހުން އެދިއްޖެ

ސްކޭމް ލިންކެއް މެދުވެރިކޮށް ގޫގުލް އެކައުންޓްތައް ހެކް ކުރުމުގެ މައްސަލަތައް އިތުރުވާތީ އެކަމަށް ސަމާލުވުމަށް ފުލުހުންގެ ސައިބަރ ކްރައިމް ސެންޓަރުން އެދިއްޖެއެވެ.

ފުލުހުންގެ ސައިބަރ ކްރައިމް ސެންޓަރުން އާންމުކޮށްފައިވާ މައުލޫމާތުގައިވާ ގޮތުން ގެދޮރުވެރިޔާ ޕޯޓަލްއަށް ލޮގިން ކުރުމަށް ކަމަށް ބުނެ ފޮނުވާ މި ސްކޭމް ލިންކަށް ފިތުމުން ގޫގުލް އެކައުންޓަށް ލޮގިންވާން ބުނެއެވެ. ލޮގިންކޮށްފިނަމަ ލޮގިންވާ މީހާގެ ޕާސްވޯޑް ސްކޭމް ކުރާ ފަރާތަަށް ލިބޭނެ ކަމަށް ސައިބަރ ކްރައިމް ސެންޓަރުން ބުނެއެވެ. އެހެންވީމާ މިފަދަ ސްކޭމްތަކުން ސަލާމަތްވުމަށް ގޫގުލް އެކައުންޓުގެ ޓޫ ފެކްޓަރ އޮތެންޓިކޭޝަން ހެއްދެވުމަށްވެސް އެ ސެންޓަރުން ވަނީ އެދިފައެވެ.

Ad by Hajj Corporation

Ad by Hajj Corporation

ގެދޮރުވެރިޔާ ޕޯޓަލް އިން ލިންކެއް ނުފޮނުވާނެ ކަމަށާއި އެއީ އީފާސް މެދުވެރިކޮށް ލޮގިންވާ ގތަށް ފަރުމާކޮށްފައިވާ ޕޯޓަލްއެއް ކަމަށް ފުލުހުން ވަނީ ބުނެފައެވެ. އަދި އެފަދަ ލިންކެއް ލިބިއްޖެނަމަ ސައިބަރ ކްރައިމް ސެންޓަރުގެ ނަންބަރު 911 ގުޅުއްވާ އެ މައްސަލަ ރިޕޯޓު ކުރުމަށްވެސް ސައިބަރ ކްރައިމް ސެންޓަރުން އިލްތިމާސްކުރެއެވެ.

މީގެ އިތުރުން ފޮޓޯތަކެއް ހުރި ކަމަށް ބުނެ ޓެލެގްރާމުން ފޮނުވާ ޕިޝިންގ ލިންކު މެދުވެރިކޮށް ޓެލެގްރާމް ހެކްކުރުމުގެ މައްސަލަތައް އިތުރުވަމުންދާކަން ފުލުހުންގެ ޚިދުމަތަށް ވަނީ ފާހަގަކޮށްފައެވެ.

ފިޝިންގ ލިންކުން ވަނީ ކިހިނެއް؟

މި ލިންކުތައް އަންނަނީ އިތުބާރުކުރެވޭ ފަރާތަކުން ފޮނުވާ މެސެޖަކާއެކުއެވެ. މެސެޖުގައިވާ ލިންކަށް ފިތައިލުމުން ފޯނު ނަންބަރު ޖެހުމަށް ބުނެއެވެ. އަދި ފޯނަށް އަންނަ އޯޓީޕީއެއް ހިއްސާކުރުމަށް ބުނެއެވެ.

އޯޓީޕީ ހިއްސާކޮށްފިނަމަ ޓެލެގްރާމް އެކައުންޓުގެ ކޮންޓްރޯލް، ސްކޭމްކުރާ ފަރާތަށް ލިބިގެންދާނެއެވެ. އަދި ތިމާގެ ޓެލެގްރާމް އެކައުންޓުން ތިމާގެ ނަމުގައި އެހެން މީހުންނަށް ސްކޭމް ފިޝިންގގ ލިންކު ފޮނުވަމުންދެއެވެ.

ޓެލެގްރާމް އެކައުންޓު ރައްކާތެރިކުރުމަށްޓަކައި، ޓެލެގްރާމްގައި ޓޫ-ސްޓެޕް ވެރިފިކޭޝަން އެކްޓިވޭޓްކުރުމަކީ ރައްކާތެރިވުމަށް އެޅޭނެ އެންމެ މުހިންމު އެއް ފިޔަވަޅެވެ.

އިތުބާރުކުރެވޭ ނުވަތަ ގާތް މީހެއްގެ ނަމުގައި މިފަދަ ލިންކު ފޮނުވިކަމުގައިވިޔަސް އެއަށް ސަމާލުކަން ނުދިނުމަށް ފުލުހުން އިލްތިމާސްކުރެއެވެ. އެއީ ޓެލެގްރާމް އެކައުންޓް ސްކޭމަރުންގެ އަތްދަށުލުމަށް ފަރުމާކޮށްފައިވާ ފިޝިންގ ލިންކެކެވެ. އެހެންވީމާ މިފަދަ ލިންކުތަކަށް ނުފިތުމަށް ފުލުހުންގެ ޚިދުމަތުން އިލްތިމާސްކުރެއެވެ.

Ad by Regional Airports

Ad by Regional Airports

ކޮމެންޓް

ގުޅުންހުރި ލިޔުންތައް

ގޭންގް ކުށްތައް ހުއްޓުވުމުގެ ޤާނޫނަށް އާންމުން ހޭލުންތެރި ކުރުވަނީ ޚަބަރު | ދުވަހެއް ކުރިންޑްރަގް ވިޔަފާރީގައި އުޅޭ ދެ މީހަކު ޑްރަގާއި ފައިސާއާއިއެކު ހައްޔަރުކޮށްފިޚަބަރު | ދުވަހެއް ކުރިންބިލެތްދޫއަށް މަސްތުވާތަކެތި އެތެރެކުރަން އުޅުނު މީހަކު ހައްޔަރުކޮށްފިޚަބަރު | 2 ދުވަސް ކުރިންބަންދުގައި ބަހައްޓައިގެން ކޯޓަށް ހާޟިރުކުރުމަށް 3 މީހަކު ހޯދަނީ ޚަބަރު | 2 ދުވަސް ކުރިން