logo
Bank of Maldives

Bank of Maldives

ޚަބަރު

ސްޕޯޓްސް ފިޝިންއަށް ހާއްސަ ބަނދަރުތައް ގާއިމް ކުރުމަށް ސަރަހައްދުތަކެއް ކެބިނެޓުން ކަނޑައަޅައިފި

އާމިނަތު ޝަފާ
7 ޖުލައި 2025 - 10:25
ސްޕޯޓްސް ފިޝިންއަށް ހާއްސަ ބަނދަރުތައް ގާއިމް ކުރުމަށް ސަރަހައްދުތަކެއް ކެބިނެޓުން ކަނޑައަޅައިފި

ސްޕޯޓްސް ފިޝިންއަށް ހާއްސަ ބަނދަރުތައް ގާއިމް ކުރުމަށް ވަކި ސަރަހައްދުތަކެއް މިހާރު ކެބިނެޓުން ކަނޑައަޅާފައިވާ ކަމަށާ އެސަރަހައްދުތައް ހުޅުވާލުމަށްޓަކާ ބިޑު ތައްޔާރުކުރުމުގެ މަސައްކަތް ކުރަމުން އަންނަ ކަމަށް މަސްވެރިކަމާ ކަނޑުގެ ވަސީލަތްތަކާ ބެހޭ ވަޒީރު އަހުމަދު ޝިޔާމް ވިދާޅުވެއްޖެ އެވެ.

މުނިފޫހިފިލުވުމުގެ ގޮތުން މަސްވެރިކަންކުރާ ފަރާތްތަކަށް އަމާޒުކޮށްގެން މިއަދު ފެށި މަސައްކަތު ބައްދަލުވުމުގެ ހުޅުވުމުގެ ރަސްމިއްޔާތުގެ ތެރެއިން މެންދުރަށް މައުލޫމާތު ދެއްވަމުން ވަޒީރު ވިދާޅުވީ މުނިފޫހިފިލުމުގެ ގޮތުން ކުރާ މަސްވެރިކަން ނުވަރަ ސްޕޯޓްސް ފިޝިންގ އަކީ ސަރުކާރުން އަދި ވަކީން ހާއްސަކޮށް ރައީސް ޑރ.މުހައްމަދު މުއިއްޒު ވަރަށް ބޮޑު އަހައްމިޔަތު ކަމެއް ދެއްވާ އަދި ސިނާއަތެއްގެ ގޮތުގައި ދެކެން ބޭނުންވާ ކަމެއް ކަމަށެވެ. ވަޒީރު ވިދާޅުވީ ސިނާއަތެއްގެ ގޮތުގައި ސްޕޯޓްސް ފިޝިން ތަރައްގީ ކުރަން ޖެހޭ ކަމަށެވެ.

Ad by Hajj Corporation

Ad by Hajj Corporation

"ސްޕޯޓްސް ފިޝިން ހާބަރުތަކެއް ގާއިމުކުރުމަށް މެނިފެސްޓޯގައި ހިމެނިފައިވަނީ. އެ ސަރަހައްދުތައް އެވަނީ މިހާރު ކެބިނެޓުންވެސް ކަނޑައަޅާފައި. ވާހަކަތައް އަޑުއަހާލީމަ އިނގޭ ގޮންޖެހުންތަކެއް އެބަހުރިކަން".

މި ގޮންޖެހުންތަކަށް ހައްލު ގެނެސްދިނުމަށް މަސައްކަތް ކުރައްވާނެކަމުގެ ޔަގީންކަން ވަޒީރު ވަނީ ދެއްވާފައެވެ.

ވަޒީރު ވިދާޅުވީ ސްޕޯޓްސް ފިޝިން ކޮމިއުނިޓީގައި ހުރި ގޮންޖެހުންތައް ހައްލު ކުރުމަށް ރައީސް މުއިއްޒުގެ މެނިފެސްޓޯގައި ހިމަނަފައި ހުރި ކަންކަން ކުރުމުގެ މަސައްކަތް ކުރަމުން އަންނަ ކަމަށެވެ. އެގޮތުން ސްޕޯޓްސް ފިޝިން އަށް ހާއްސަ ބަނދަރު ތަކެއް ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ތަރައްގީކުރުމަށް މެނިފެސްޓޯގައި ހިމަނާފައިވާނެ ކަމަށާ އެގޮތުން މިހާރު އެ ސަރަހައްދުތައް ކެބިނެޓުންވެސް ކަނޑައަޅާފައިވާ ކަމަށް ވަޒީރު ވިދާޅުވި އެވެ. ވަޒީރު ވިދާޅުވީ އެސަރަހައްދުތައް ހުޅުވާލުމަށްޓަކާ ބިޑް ތައްޔާރު ކުރުމުގެ މަސައްކަތް މިހާރު ކުރަމުން އަންނަ ކަމަށެވެ.

ސްޕޯޓްސް ފިޝިން ކޮމިއުނިޓީގައި ބޮޑެތި ގޮންޖެހުން އެބަހުރިކަމަށާ އެކަންކަން ހައްލު ކުރުމަށް ރާއްޖޭގެ އެކިސަރަހައްދުތަކުގައި ކަނދުފަތި ގާއިމް ކޮށްފައިވާ ކަމަށާ ސްޕޯޓްސް ފިޝިންގައި ހަރަކާތްތެރިވާ މީހުން ގެންގުޅޭ ވަސީލަތްތައް ތަރައްގީ ކުރުމަށް ލޯނުވެސް ދޫކުރަމުން އަންނަ ކަމަށް ވަޒީރު ވިދާޅުވި އެވެ.

ސްޕޯޓްސް ފިޝިން އަކީ ދުނިޔޭގައި ވަރަށް ބޮޑު އާމްދަނީ އެއް ދައުރުވާ ސިނާއަތެއް ކަމަށާ ސްޕޯޓްސް ފިޝިންގއަކީ މަންފާ ލިބޭ ސިނާއަތެއްގެ ގޮތުގައި ރާއްޖޭގައިވެސް ތަރައްގީ ކުރެވިދާނެ ކަމެއް ކަމަށް ވަޒީރު ވިދާޅުވިއެވެ. ރާއްޖެއަށް އަންނަ ފަތުރުވެރިންވެސް މުނިފޫހިފިލުވުމުގެގޮތުން މަސްވެރިކަން ކުރުމަށް ރާއްޖެއަށް ޒިޔާރަތް ކުރާ ކަމަށް ވަޒީރު ވިދާޅުވި އެވެ. ސްޕޯޓްސް ފިޝިން ޕްރޮމޯޓްކޮށްގެން ރާއްޖޭގެ ބައެއް ސަރަހައްދުތަކަށް ލޯކަލް ޓުއަރިޒަމްވެސް ތައާރަފްވެފައި އެބަހުރި ކަމަށް ވަޒީރު ވިދާޅުވި އެވެ.

އަދި މީގެ އިތުރުން ސިންގަޕޫރުގައި ބޭއްވުނު ބިޒްނަސް ފޯރަމުގައިވެސް ސްޕޯޓްސް ފިޝިންއާ ގުޅޭގޮތުން މަޝްވަރާތައް ބޭއްވިފައިވާކަން ވަޒީރު ފާހަގަކުރެއްވިއެވެ.

" ސްޕޯޓްސް ފިޝިން ޑެސްޓިނޭޝަންއެއްގެ ގޮތުގައި މިކަން ޕްރޮމޯޓުކުރަން ވަރަށް ގިނަ މަސައްކަތްތަކެއް ކުރަމުން މިއަންނަނީ. ސިންގަޕޫރުގައި ބޭއްވުނު ބިޒްނަސް ފޯރަމުގައިވެސް އިންވެސްޓްމަންޓް ހޯދުމަށް މަޝްވަރާތައް ކުރެވުނު . ދެމެހެއްޓެނިވި ގޮތެއްގައި މިކަން ޕްރޮމޯޓުކުރުމަށް ވަރަށް ބޮޑު އިސްކަމެއްދެން".

މުނިފޫހިފިލުވުމުގެ ގޮތުން މަސްވެރިކަންކުރާ ފަރާތްތަކަށް އަމާޒުކޮށްގެން ބާއްވާ މަސައްކަތު ބައްދަލުވުމުގެ މަގުސަދަކީ މުނިފޫހިފިލުވުމުގެގޮތުން ކުރާ މަސްވެރިކަން ދެމެހެއްޓެނިވި ގޮތެއްގައި ކުރިއެރުވޭނެ ގޮތްތަކާ މެދު މަޝްވަރާ ކުރުމެވެ.

Bank of Maldives

Bank of Maldives

ކޮމެންޓް

ގުޅުންހުރި ލިޔުންތައް

ޗައިނާގެ އެހީގައި އައްޑޫ ސިޓީގައި ލޮޖިސްޓިކް ހަބެއް ގާއިމުކުރަނީ ޚަބަރު | 15 ދުވަސް ކުރިންސަރަޙައްދީ މަސްވެރިކަން މެނޭޖްކުރުމުގައި ލަންކާއަކީ އިތުބާރު ހިފޭ ގައުމެއް: ވަޒީރު ޝިޔާމް ޚަބަރު | 2 މަސް ކުރިންއައު ބްރޭންޑުގެ ސަބަބުން ރާއްޖޭގެ މަހުގެ އުފެއްދުންތައް މާކެޓުކުރުމަށް ހުރި ދަތިތަކަށް ޙައްލު ލިބޭނެ: ވަޒީރުޚަބަރު | 2 މަސް ކުރިންމިފްކޯ ބްލެކްލިސްޓުކޮށްފައިވާ ކަމަށް ޗެނަލް-13 އިން ފެތުރި ޚަބަރަކީ ދޮގެއް: ޝިޔާމްޚަބަރު | 2 މަސް ކުރިން