logo
E-Platinum
World

އީރާންގެ ނިއުކްލިއަރ މަރުކަޒުތައް މަރާމާތު ކުރުމުގެ މަސައްކަތް ފަށައިފި

އަޙްމަދު ޒަލީފް
7 ޖުލައި 2025 - 16:14
އީރާންގެ ނިއުކްލިއަރ މަރުކަޒުތައް މަރާމާތު ކުރުމުގެ މަސައްކަތް ފަށައިފި

އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕްގެ އަމުރަށް އެމެރިކާގެ އަސްކަރިއްޔާއިން ޖޫން 22 ވަނަ ދުވަހު އީރާނަށްދިން ނިރުބަވެރި ޙަމަލާތަކެއްގައި ގެއްލުން ލިބުނު އީރާނުގެ ނިއުކްލިއަރ މަރުކަޒުތައް މަރާމާތު ކުރުމުގެ މަސައްކަތް ފަށައިފިއެވެ.

މި ކަން ހާމަވެފައި ވަނީ މަކްސާ ޓެކްނޮލޮޖީޒުން ސެޓެލައިޓް ބޭނުން ކޮށްގެން ނަގާފައިވާ ފޮޓޯތަކަކުންނެވެ. އެ ފޮޓޯތަކުން ފެންނަނީ، ފޫރްދޫ މަރުކަޒުގެ އުތުރުގައި ހުރި ވެންޓިލޭޝަން ޝާފްޓުތައް ނުވަތަ ވައި ދައުރު ކުރުމަށް ބިނާ ކޮށްފައިވާ ހޮޅިތައް ހުރި ސަރަޙައްދުގައި ބަޔަކު ހަރަކާތްތެރިވަމުންދާ އަދި މަސައްކަތްތަކެއް ކުރަމުންދާ މަންޒަރެވެ. އަދި، އެކްސްކަވޭޓަރެއް ފަދަ ފަސްގަނޑު ކޮނުމަށް ބޭނުން ކުރާ އުޅަނދެއް ބޭނުން ކުރަމުންދާ މަންޒަރެވެ. އެ ސަރަޙައްދުގައި އިތުރު އުޅަނދުތަކެއް ހަރަކާތްތެރިވަމުންދާ މަންޒަރު ފެންނަ ކަމުގައި ވެސް މަކްސާއިން ބުންޏެވެ.

 އެމެރިކާގެ ބީ-2 މަރުކާގެ އަސްކަރީ މަތިންދާބޯޓުތަކުން ބޮން އަޅާފައި ވަނީ ފޫރްދޫ މަރުކަޒުގެ ވެންޓިލޭޝަން ޝާފްޓުތައް ހުރި ތަނަށެވެ. އެ ޙަމަަލާތަކުގައި އެ ތަނުގެ ބިމު އަޑީގައި ޤާއިމު ކޮށްފައިވާ ވަސީލަތްތައް ސުންނާފަތި ކޮށްލާފައިވާނެ ކަމުގައި އެމެރިކާއިން ބުނެއެވެ.

މަކްސާއިން ޢާންމު ކޮށްފައިވާ ސެޓެލައިޓް ފޮޓޯތަކާ ގުޅޭ ގޮތުން ވާހަކަފުޅު ދައްކަވަމުން، އިންސްޓިޓިއުޓް ފޯ ސައިންސް އެންޑް އިންޓަރނޭޝަނަލް ސެކިޔުރިޓީގައި މަސްރަޙު ދިރާސާ ކުރައްވާ ޑޭވިޑް އޮލްބްރައިޓް ވިދާޅުވީ، ފޫރްދޫ މަރުކަޒުގެ ވެންޓިލޭޝަން ޝާފްޓުތައް ކައިރީގައި އީރާންގެ އޮފިޝަލުން މަސައްކަތް ކުރަމުންދާ މަންޒަރު، ސެޓެލައިޓް ފޮޓޯތަކުން ސާފުކޮށް ފެނިގެން ގޮސްފައިވާ ކަމުގައެވެ.

ޙަމަލާތަކުގައި އީރާންގެ ނިއުކްލިޔަރ މަރުކަޒުތައް ސުންނާފަތި ކޮށްލާފައިވާނެ ކަމުގައި ޓްރަމްޕް ވިދާޅުވި ނަމަވެސް، އެކުވެރި ދައުލަތްތައް (އދ)ގެ އެޓޮމިކް ހަކަތައާ ބެހޭ މައި އިދާރާ (އައިއޭއީއޭ)ގެ ވެރިޔާ ރަފަޔަލް ގްރޮއްސީ ވަނީ އެ ކަން ދޮގު ކުރައްވާފައެވެ. އޭނާ ވިދާޅުވީ، ކުރިއަށް އޮތް މަދު މަސްތަކެއްގެ ތެރޭގައި އީރާނަށް އެ ޤައުމުގެ ނިއުކްލިޔަރ ޕުރޮގުރާމު އަލުން ފަށައިގަނެވޭނެ ކަމަށް ޤަބޫލު ކުރައްވާ ކަމުގައެވެ.

Regional Airports
ކޮމެންޓް

ގުޅުންހުރި ލިޔުންތައް

އީރާންގެ ނިއުކްލިއަރ މަރުކަޒުތައް މަރާމާތު ކުރުމުގެ މަސައްކަތް ފަށައިފި World | 13 ދުވަސް ކުރިން އީރާނަށް ކުޑަ ދުވަސްކޮޅެއްތެރޭ ޔުރޭނިއަމް އަލުން ފައްކާކުރުން ފެށުމުގެ ގާބިލުކަން ވަނީ ލިބިފައިދުނިޔެ | 19 ދުވަސް ކުރިންހަނގުރާމަ މެދުކަނޑާލުމާއެކު ތެލުގެ އަގު ދަށަށް World | މަހެއް ކުރިންއިސްރާއީލުން އީރާނަށް ބޮންއެޅުމުން އީރާނުގެ މިސައިލްގެ އައު ރާޅެއް އިސްރާއީލަށްދުނިޔެ | މަހެއް ކުރިން