logo
E-Platinum
ޚަބަރު

އައްޑޫގެ ގެއަކުން ބޮޑެތި އަނިޔާތަކެއް ލިބުނު މީހަކު ފެނިއްޖެ

މަރްޔަމް މިލްޒަމް މަސްއޫދްމަރްޔަމް މިލްޒަމް މަސްއޫދް
20 ސެޕްޓެމްބަރު 2024 - 17:10
އައްޑޫ ސިޓީގެ  ހިތަދޫ -- ފޮޓޯ/ސޯޝަލް މީޑިޔާ
އައްޑޫ ސިޓީގެ ހިތަދޫ -- ފޮޓޯ/ސޯޝަލް މީޑިޔާ

އައްޑޫ ސިޓީ ހިތަދޫގެ ގެއަކުން، މީހަކަށް އަނިޔާ ކޮށްފައިވާކަމަށް ފުލުހުންނަށް ރިޕޯޓު ކޮށްފައިވެއެވެ.

މިއަދު ހެނދުނު ހިނގި އެ ހާދިސާގައި އަނިޔާވި މީހާއަށް، އެ ސިޓީގައި ހުންނަ އިކުއަޓޯރިއަލް ހޮސްޕިޓަލުގައި ފަރުވާދިނުމަށްފަހު ވަނީ ދޫކޮށްލައިފައެވެ. ސޯޝަލް މީޑީޔާގައި ދައުރުވާ ޕޯސްޓަކުން ފެންނަގޮތުގައި އަނިޔާވީ ވެމްކޯގައި މަސައްކަތްކުރާ ޢަބްދުރަހީމް ނަމަކަށްކިޔާ މީހެކެވެ.

އެ ޕޯސްޓުން ފެންނަ ގޮތުގައިިިިި އެމީހާއަށް ބޮޑެތި އަނިޔާތަކެއް ލިބިފައިވެއެވެ. އެގޮތުން މޫނާ ހަށިގަނޑުގެ އެކި ތަންތަން މަށައިގެން ގޮސްފައިވެއެވެ.

ފުލުހުން ބުނި ގޮތުގައި އެ މައްސަލައާ ގުޅިގެން އަދި މީހަކު ހައްޔަރުކޮށްފައެއް ނުވެއެވެ. އެ މައްސަލަ ފުލުހުންގެންދަނީ ތަހުގީގު ކުރަމުންނެވެ.

Regional Airports
ކޮމެންޓް

ގުޅުންހުރި ލިޔުންތައް

މާވަށުގައި މަރާލި ޒުވާނާގެ ހަށިގަނޑު އޮޓޮޕްސީ ހެދުމަށް ރާއްޖެއިން ބޭރަށް ފޮނުވަނީޚަބަރު | 3 ގަޑިއިރު ކުރިންމާވަށުގައި މީހަކު މަރާލިކަމަށް ތުހުމަތުވާ މީހާ ޝަރީއަތް ނިމެންދެން ބަންދަށްޚަބަރު | ދުވަހެއް ކުރިންމާވަށުގައި މަރާލި މޫސަގެ ހަށިގަނޑު އިތުރު ތަޙްލީލުތަކަށް މާލެ ގެނެސްފިޚަބަރު | ދުވަހެއް ކުރިންފުލުހުންގެ ފުޅަނދުން އާއްމުންނަށް ދިނީ އެއްބައިވަންތަކަމާއި ރައްކާތެރިކަމުގެ މެސެޖުތައްޚަބަރު | 2 ދުވަސް ކުރިން