logo
E-Platinum
ޚަބަރު

މިލަންދޫ ބައެއް ފުލުހުންގެ އެކައުންޓަށް ފައިސާތަކެއް ޖަމާކޮށްފައިވާ މައްސަލައެއް ފުލުހުން ތަހުގީގުކުރަނީ

މުހައްމަދު މޫސާމުހައްމަދު މޫސާ
9 ޖުލައި 2025 - 03:59
މިލަންދޫ ބައެއް ފުލުހުންގެ އެކައުންޓަށް ފައިސާތަކެއް ޖަމާކޮށްފައިވާ މައްސަލައެއް ބަލަނީ

ށ. މިލަންދޫގައި މަސައްކަތްކުރާ ބައެއް ފުލުހުންގެ އެކައުންޓުތަކަށް ގިނަ އަދަދެއްގެ ފައިސާ ޖަމާވެފައިވާ މައްސަލައެއް ބަލަމުން އަންނަކަމަށް ފުލުހުން ރޭ ބުނެފިއެވެ.

ފުލުހުން މިކަން ހާމަކުރީ އެފަދަ މައްސަލައެއް ބަލަމުންދޭތޯ ފުލުހުންގެ ވަޓްސްއަޕް މީޑިއާ ގްރޫޕްގައި ނޫސްވެރިޔަކު ކުރި ސުވާލަށް މައުލޫމާތު ދެމުންނެވެ.

ފުލުހުން ބުނީ މިލަންދޫ ޕޮލިހުގައި މަސައްކަތްކުރާ ބައެއް ފުލުހުންގެ ބޭންކް އެކައުންޓުތަކަށް ގިނަ އަދަދެއްގެ ފައިސާ ޖަމާކޮށްފައިވާ މައްސަލައެއް އެ އިދާރާގެ ޕްރޮފެޝަނަލް ސްޓެންޑާޑްސް ކޮމާންޑުން ތަހްގީގުކުރަމުން އަންނަކަމަށެވެ.

މި މައްސަލަ ތަހްގީގުކުރުމަށް މިކަމުގައި ތުހުމަތުވާ ފުލުހުން މިވަގުތު ތިބީ މާލެއަށް ގެނެސްފަައިކަމަށް ވެސް ފުލުހުން ބުންޏެވެ.

މި ފައިސާ އެ ފުލުހުންގެ އެކައުންޓަށް ޖަމާކޮށްފައި ވަނީ ފުލުހުންގެ ކެއުމުގެ ކަންކަން އިންތިޒާމުކުރާ ފަރާތުންކަމަށް އަޑުފެތުރިފައިވެއެވެ. ނަމަވެސް ފުލުހުން އަދި އެކަން ކަށަވަރުކޮށެއް ނުދެއެވެ.

Regional Airports
ކޮމެންޓް

ގުޅުންހުރި ލިޔުންތައް

ފުލުހުންގެ ފުޅަނދުން އާއްމުންނަށް ދިނީ އެއްބައިވަންތަކަމާއި ރައްކާތެރިކަމުގެ މެސެޖުތައްޚަބަރު | 8 ގަޑިއިރު ކުރިންމާޅޮހު ފަޅުތެރޭގައި އޮތް ދޯންޏެއްގައި އެއްޗެއް ގޮވައި ދެމީހަކު ޒަޚަމްވެއްޖެޚަބަރު | 2 ދުވަސް ކުރިންމިނިވަން ދުވަހާ ގުޅިގެން ވެހިކަލްތަށް ނުދުއްވޭ ގޮތަށް ނިންމި ނިންމުން ބާތިލުކޮށްފިޚަބަރު | 2 ދުވަސް ކުރިންމިނިވަން ދުވަހުގެ މުނާސަބަތުގައި، ސިފައިންނާއި ފުލުހުންނާ ރައީސް ބައްދަލުކުރައްވައިފިޚަބަރު | 3 ދުވަސް ކުރިން