logo
ޚަބަރު

ރ އަތޮޅުން ފެށިގެން އދ އަތޮޅަށް ހުދު ސަމާލު ނެރެފި

ރ އަތޮޅުން ފެށިގެން އދ އަތޮޅަށް ހުދު ސަމާލު ނެރެފި

ރ އަތޮޅުން ފެށިގެން އދ އަތޮޅަށް ހުދު ސަމާލު މޫސުމާ ބެހޭ ޤައުމީ އިދާރާ ( މެޓްް) އިން ނެރެފިއެވެ.

މޫސުމާ ބެހޭ ޤައުމީ އިދާރައިން ބުނެފައިވަނީ، ކުރިއަށް އޮތް 24 ގަޑިއިރު ރާއްޖޭގެ އެކި ހިސާބަށް ވިއްސާރަ ކުރާނެކަމަށެވެ. އަދި ބައެއް ރަށްތަކަށް ގުގުރުމާއެކު ބޯކޮށް ވާރޭވެހުން އެކަށީގެންވާކަމަށެވެ. އެގޮތުން އުތުރާއި މެދުރާއްޖެތެރޭގެ އަތޮޅުތަކަށް ވިއްސާރަކުރާނެކަމަށާއި ދެކުނުގެ އަތޮޅުތަކަށް ކެރީގެ އަސަރު ކުރާނެކަމަށްވެސް އެ އިދާރާއިން ބުނެޏެވެ.

Ad by Hajj Corporation

Ad by Hajj Corporation

އަދި ދެކުނުގެ އަތޮޅުތަކަށް ހުޅަނގުދެކުނާއި ހުޅަނގުން ގަޑިއަކު 5 މޭލާއި 15 މޭލާ ދެމެދުގެ ބާރުމިނުގައި ވައިޖެހޭނެކަމަށާއި އަދި އެހެން ހިސާބުތަކަށް ގަޑިއަކު 10 މޭލާއި 20 މޭލާ ދެމެދުގެ ބާރުމިނުގައި ވައިޖެހޭނެކަމަށް ވެސް މެޓުން ބުންޏެވެ. އަދި ވިލާގަނޑުގައި ގަދިއަކު 40 މޭލަށް ވައިގަދަވުން އެކަށީގެންވާކަމަށްވެސް މޫސުމާބެހޭ އެއިދާރާއިން ވަނީ ބުނެފައެވެ.

މެޓް އޮފީހުން ބުނީ، ދެކުނުގެ އަތޮޅުތަކުގެ ކަނޑުތައް އާދައިގެ ވަރަކަށް މަޑުވާނެކަމަށެވެ. އަދި އުތުރާއި މެދުރާއްޖެތެރޭގެ އަތޮޅުތަކަށް ކަނޑުތައް އާދައިގެވަރަކަށް ގަދަވާނެކަމަށެވެ. އަދި ރާޅުގެ އުސްމިނުގައި 3-6 ފޫޓު ހުންނާނެކަމަށް މޫސުމާބެހޭ ޤައުމީ އިދާރާއިން ބުނެޏެވެ.

 

 

Ad by Regional Airports

Ad by Regional Airports

ކޮމެންޓް

ގުޅުންހުރި ލިޔުންތައް

ދެކުނުގެ އަތޮޅުތަކަށް މިއަދު ވެސް މޫސުން ގޯސް ޚަބަރު | މަހެއް ކުރިންމިއަދު ވެސް ބޮޑު ބަޔަކަށް މޫސުން ގޯސްޚަބަރު | މަހެއް ކުރިންގަދަ ވަޔާއެކު އެއާޕޯޓު މަގުގައި ހުރި ގިޑިގެއެއް ވެއްޓިއްޖެޚަބަރު | މަހެއް ކުރިންއުތުރުގެ ބައެއް ސަރަހައްދުތަކަށް ގުގުރުމާ އެކު ވިއްސާރަ ކުރާނެޚަބަރު | މަހެއް ކުރިން