logo
E-Platinum
ޚަބަރު

އުތުރުގެ ބައެއް ސަރަހައްދުތަކަށް ގުގުރުމާ އެކު ވިއްސާރަ ކުރާނެ

ނުހާ އަޙްމަދު
25 ޖުލައި 2025 - 06:26
މި ދުވަސްވަރަކީ ރާއްޖެއަށް މޫސުން ގޯސް ދުވަސްވަރެއް// ފޮޓޯ: ނުހާ އަހްމަދު/ މެންދުރު ޓީވީ
މި ދުވަސްވަރަކީ ރާއްޖެއަށް މޫސުން ގޯސް ދުވަސްވަރެއް// ފޮޓޯ: ނުހާ އަހްމަދު/ މެންދުރު ޓީވީ

އުތުރުގެ ބައެއް ރަށްތަކަށް ގުގުރުމާއެކު ވިއްސާރަ ކުރާނެ ކަމަށް މޫސުމާ ބެހޭ ގައުމީ އިދާރާއިން ލަފާކޮށްފިއެވެ.

މިއަދުގެ މޫސުން ލަފާކުރާގޮތް ހާމަ ކުރަމުން އެ އިދާރާއިން ބުނީ، އުތުރުގެ ބައެއް ރަށްތަކަށް ގުގުރުމާއެކު ވިއްސާރަ ކުރި ނަމަ ވެސް ދެކުނާއި، މެދުރާއްޖެތެރޭގެ ބައެއް ރަށްތަކަށް ކެރީގެ އަސަރު ފޯރި ނަމަވެސް އާންމުގޮތެއްގައި މޫސުން ރަނގަޅުވާނެ ކަމަށެވެ.

ދެކުނުގެ އަތޮޅުތަކަށް އިރުދެކުނުން އަދި އެހެނެ ހިސާބުތަކަށް ދެކުނާއި ހުޅަނގުދެކުނުން، 5 މޭލާއި 15 މޭލާ ދެމެދުގެ ބާރުމިނުގައި ވައިޖެހޭނެ ކަމަށާއި، ވިލާގަނޑުގައި އުތުރުގެ އަތޮޅުތަކަށް ގަޑިއަކު 40 މޭލަށް ވައިގަދަވާނެ ކަމަށް އެކަށީގެން ވާކަމަށް މޫސުމާ ބެހޭ އިދާރާއިން ވަނީ ބުނެފައެވެ.

003e2c8c-9729-47cc-ba12-4d3bf0ad8e21.jfif

 

އަދި އުތުރުގެ ކަނޑުތަށް އާދައިގެ ވަރަކަށް މަޑުވެފައި ވިލާ ގަނޑުގައި ގަދަވި ނަމަވެސް އެހެން ހިސާބު ތަކަށް އާދައިގެ ވަރަކަށް ކަނޑުތަށް މަޑުވާނެ ކަމަށް މޫސުމާބެހޭ އިދާރާއިން ވަނީ ބުނެފައެވެ. އެގޮތުން ރާޅުގެ އުސްމިން އުތުރަށް މިއަދު ހުންނާނީ 5-3 ފޫޓުގެ އުސްމިނުގައި ނަމަވެސް، މެދުރާއްޖެ ތެރެއާއި ދެކުނަށްހުންނާނީ 4-2 ފޫޓުގެ އުސްމިނުގައި ކަމަށް ވެސް މޫސުމާބެހޭ އިދާރާއިން ލަފާކޮށްފައި ވެއެވެ.

 

498a879a-d708-40bd-9f9f-f6c3589a7dbb.jfif

މިދުވަސްވަރަކީ ވިއްސާރަދުވަސްވަރަކަށް ވުމުން ކަނޑުދަތުރުފަތުރު ކުރުމުގައި މޫސުމަށް ހާއްސަ ސަމާލުކަމެއް ދިނުމަށް މޫސުމާއި ބެހޭ ގައުމީ އިދާރާއިން ވަނީ އިލްތިމާސް ކޮށްފައެވެ.

Regional Airports
ކޮމެންޓް

ގުޅުންހުރި ލިޔުންތައް

މޫސުން ގޯސް، މުޅި ރާއްޖެ އަށް ވައިޓް އެލާޓް!ޚަބަރު | 11 ގަޑިއިރު ކުރިންބިންހެލުމަށްފަހު އައި ލޮޅުމެއްގެ އަސަރު ރާއްޖެއަށް ވެސް ކުރި: މެޓްޚަބަރު | 16 ގަޑިއިރު ކުރިންނިކޯބަރ އައިލެންޑްސް އަށް ބާރުގަދަ ބިންހެލުމެއްޚަބަރު | ދުވަހެއް ކުރިންއުތުރުގެ ބައެއް ސަރަހައްދުތަކަށް ގުގުރުމާ އެކު ވިއްސާރަ ކުރާނެޚަބަރު | 5 ދުވަސް ކުރިން