logo
Bank of Maldives

Bank of Maldives

ޚަބަރު

ހަފްތާ ބަންދުގައި މުޅި ރާއްޖެއަަށް މޫސުން ގޯސް

އާމިނަތު ޝަފާ
28 އޯގަސްޓު 2025 - 12:05
މޫސުން ގޯސްވުން
މޫސުން ގޯސްވުން

މި ހަފްތާ ބަންދުގައި، އުތުރާއި މެދުރާއްޖެތެރޭގެ ރަށްތަކަށް ވިއްސާރަވާނެ ކަމަށް ޤައުމީ މޫސުމާ ބެހޭ އިދާރާ (މެޓް) އިން ލަފާކޮށްފިއެވެ.

ހަފްތާ ބަންދުގެ މޫސުން ލަފާކޮށް އެ އިދާރާއިން ބުނީހުކުރު ދުވަހާއި ހޮނިހިރު ދުވަހު އުތުރާއި މެދު ރާއްޖެތެރޭގެ ރަށްތަކަށް ގުގުރުމާއެކު ވިއްސާރަ ކުރާނެކަމަށް ލަފާކުރެވޭ ކަމަށެވެ.

Ad by Hajj Corporation

Ad by Hajj Corporation

ހުކުރު ދުވަހު ދެކުނުގެ ބައެއް އަތޮޅުތަކަށް ކެރީގެ އަސަރު ފޯރާނެ ކަމަށް ލަފާކުރެވޭއިރު، ހޮނިހިރު ދުވަހު ބައެއް އަތޮޅުތަކަށް ވިއްސާރަކުރާނެކަމަށް މޫސުމާ ބެހޭ ގައުމީ އިދާރާއިން މައުލޫމާތުދެއެވެ.

ހުޅަނގު ދެކުނާއި ހުޅަނގުން ގަޑިއަކު 13 މޭލާއި 23 މޭލާ ދެމެދުގެ ބާރުމިނުގައި ވައިޖެހޭނެ ކަމަށާއި ވިލާގަނޑުގައި ގަޑިއަކު ގާތްގަނޑަށް 40 މޭލަށް ވައިގަދަވުން އެކަށީގެންވާކަމަށްވެސް މެޓުން ލަފާކޮށްފައިވެއެވެ. ކަނޑުތައް އާދައިގެވަރަކަށް ގަދަވެފައި ވިލާގަނޑުގައި ގަދަވާނެ ކަމަށް ލަފާކުރެވޭކަމަށާއި ވުމާއެކު ކަނޑުދަތުރުކުރާ ފަރާތްތަކުން މޫސުމަށް ސަމާލުކަން ދިނުމަށް އެ އިދާރާއިންވަނީ އިލްތިމާސްކޮށްފައެވެ.

Bank of Maldives

Bank of Maldives

ކޮމެންޓް

ގުޅުންހުރި ލިޔުންތައް

މޫސުން ގޯސްވާނެ، މުޅި ރާއްޖެއަށް ވައިޓް އެލާޓް ޚަބަރު | 22 ދުވަސް ކުރިންރާއްޖޭގެ ބޮޑު ބަޔަކަށް މޫސުން ގޯސް: ކަނޑުތައް ގަދަވާނެ، ސަމާލުވޭ!ޚަބަރު | 24 ދުވަސް ކުރިންހަފްތާ ބަންދުގައި މުޅި ރާއްޖެއަަށް މޫސުން ގޯސް ޚަބަރު | 2 މަސް ކުރިންހއ އިން ފެށިގެން ކ އަތޮޅަށް ރީނދޫ ސަމާލު ނެރެފި ޚަބަރު | 3 މަސް ކުރިން