logo
E-Platinum
ޚަބަރު

ކެނޯއެއްގައި ނުކުތް މީހަކު ގެއްލިއްޖެ

މުހައްމަދު މޫސާމުހައްމަދު މޫސާ
10 ޖުލައި 2025 - 17:31
ކެނޯއެއްގައި ނުކުތް މީހަކު ގެއްލިއްޖެ

ރ. އަތޮޅުގައި އޮންނަ ރިސޯޓަކުން ކެނޯއެއްގައި ނުކުތް މީހަކު ގެއްލިގެން ހޯދަން ފަށައިފިއެވެ.

ފުލުހުން މިރޭ ބުނީ މިއަދު ހަވީރު ރ. އަތޮޅުގައި ހިންގަމުންދާ ރިސޯޓެއްގެ ކެނޯއެއްގައި ނުކުތް އެ ރިސޯޓުގެ މުވައްޒަފެއްގެ ޚަބަރެއް ނުވެގެން މިރޭ 8:43 ހާއިރު ރިޕޯޓްކޮށްފައިވާ ކަމަށެވެ.

ގެއްލިގެން ހޯދަމުން އަންނީ އުމުރުން 35 އަހަރުގެ ދިވެހި ފިރިހެން މުވައްޒަފެއް ކަމަށްވެސް ފުލުހުން ބުންޏެވެ.

''އެމީހާ ހޯދުމަށް ފުލުހުންނާއި ކައިރި ރިސޯޓްތަކުން ދަނީ މަސައްކަތް ކުރަމުން'' ފުލުހުން ބުންޏެވެ.

ރ.އަތޮޅު ރިސޯޓަކުން ކެނޯއެއްގައި ނުކުތް ދިވެއްސަކު ގެއްލިގެން ހޯދަމުން އަންނައިރު، މިއަދު ޑިންގީއެއްގައި ގދ. ގައްދޫއިން  ގދ. ގަމަށް ދަތުރުކުރި 75 އަހަރުގެ މީހަކު ގެއްލިގެން އޭނާ ހޯދުމުގެ މަސައްކަތް ވެސް އަންނަނީ ކުރަމުންނެވެ. އެމީހާ ހޯދުމަށް ކުރެވެމުންދާ މަސައްކަތްތަކުގެ ތެރޭގައި، އެމް.އެން.ޑީ.އެފްގެ ސަދަން ރީޖަން ކޯސްޓް ގާޑުން ބޭރު ކަނޑުގެ ސަރަޙައްދު ބަލައި ފާސްކުރުމުގެ މަސައްކަތް ކުރަމުން އަންނައިރު، އަދި ގަމާއި ގަން ކައިރީ ފަޅު ރަށްތައް ބަލައި ފާސްކުރުމުގެ މަސައްކަތް ފުލުހުން ދަނީ ކުރަމުންނެވެ.

Regional Airports
ކޮމެންޓް

ގުޅުންހުރި ލިޔުންތައް

މާލެއިން މީހަކު ގެއްލިގެން ހޯދަން ފަށައިފިޚަބަރު | 10 ގަޑިއިރު ކުރިންވޭނެއް އޯވަޓޭކް ކުރަން އުޅެނިކޮށް ސައިކަލެއްގައި ޖެހި، ދެ މީހަކަށް އަނިޔާވެއްޖެޚަބަރު | ދުވަހެއް ކުރިންފޭކް ސްލިޕް ހަދައިގެން ހީލަތް ހެދި ދެމަފިރިންގެ އަތުން ބައެއް ފައިސާ އަނބުރާ ހޯދައިފިޚަބަރު | 2 ދުވަސް ކުރިންމާމިގިލި ބޭރުން ފީނަން ދިޔަ ކުއްޖާ ނިޔާވެފައި އޮއްވައި ފެނިއްޖެޚަބަރު | 2 ދުވަސް ކުރިން